އަދީބު: ވިލާއާ އެކު ހެދި ސެޓްލްމަންޓް އެއްބަސްވުންތަކާ ގުޅިގެން އަދީބަށް ދައުވާ ކުރަން ފޮނުވަން އޭސީސީން ވަނީ ނިންމާފައި ---މިހާރު ފޮޓޯ: ހުސެއިން ވަހީދު
14 ޖޫން 2018 - 12:28
ވިލާގެ އެކި ކުންފުނިތަކަށް ދައުލަތުން ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ލުއިތަަކެއް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ކުރިން ހެދި ސެޓްލްމަންޓް އެގްރިމެންޓްތައް ހަދާފައި ވަނީ ދޭން ނުޖެހޭ ބޮޑެތިި ލުއިތަކެއް ލިބޭ ގޮތަށް ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، އެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ދައުވާ ކުރަން ފޮނުވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.
ގާސިމް އިބްރާހިމްގެ ވިލާގެ އެކި ކުންފުނިތަކަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ޑިސެމްބަރު، 2013 ގައި ހެދި ސެޓްލްމަންޓް އެގްރިމެންޓްތަކަކީ އަލީ އިބްރާހިމް ކިޔާ މީހަކަށް 9.7 މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ޖެހުމުން އެކަމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމަށް ވިލާ ކުންފުންޏާއި ސަރުކާރާ ދެމެދު ހެދި އެއްބަސްވުންތަކެކެވެ. އެ އެއްބަސްވުންތައް 2015 ގައި ސަރުކާރުން ބާތިލް ކޮށްފައި ވަނިކޮށް، މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ވަނީ އެ އެއްބަސްވުންތައް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ހުކުމްކޮށްފަ އެވެ.
އެނގިފައިވާ ގޮތުގައި، އެ އެއްބަސްވުންތަކުގެ މައްސަލަ ބެލުމަށް ފަހު އެއީ ގާނޫނާ ޚިލާފަށް ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށް އޭސީސީން މިހާރު ވަނީ ނިންމައިފަ އެވެ. އަދި އެ އެއްބަސްވުންތައް ހެދުމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން އަދީބު ބައިވެރިވެވަޑައިގެންފައިވާ ކަމަށާއި އޭގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެހެން ބަޔަކަށް ނާޖާއިޒް ފައިދާ ލިބިފައިވާ ކަމަށް ކަނޑައަޅައި، އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކުރުމުގެ ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން އޭސީސީން ނިންމާފައިވާ ކަމަށް ވެސް ވަނީ އެނގިފަ އެވެ.
މީގެ އިތުރުން، އެ އެއްބަސްވުންތަކަކީ މާލިއްޔަތު ގާނޫނާއި ޓޫރިޒަމްގެ ގާނޫނާ ޚިލާފަށް، ދޭން ނުޖެހޭ ބޮޑެތި ލުއިތަކެއް ދީގެން ހަދާފައިވާ އެއްބަސްވުންތަކެއް ކަމަށާއި އެހެންވެ، އެއީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުންތަކެއް ކަމަށް އޭސީސީގެ ނިންމުމުގައިވާ ކަމަށް ވަނީ އެނގިފަ އެވެ. އަދި އެ އެއްބަސްވުންތަކާ ގުޅިގެން ބަންޑާރަ ނައިބުގެ ލަފައެއް ހޯދުމަށް ފަހު، އެއްބަސްވުންތަކާ މެދު ގޮތެއް ނިންމަން ޓޫރިޒަމް މިނިސްޓްރީ އަށް އޭސީސީން ވަނީ އަންގައިފަ އެވެ.
އެ އެއްބަސްވުންތަކުގެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގިއިރު، ދައުލަތުން ވެސް ބުނެފައިވަނީ އެ އެއްބަސްވުންތައް ހަދާފައި އޮތީ ދޭން ނުޖެހޭ ބޮޑެތި ލުއިތަކެއް ދީގެން ކަމަށާއި އެ އެއްބަސްވުންތައް ހެދުމުގައި ބަންޑާރަ ނައިބުގެ ލަފައެއް ވެސް ހޯދާފައި ނެތް ކަމަށެވެ. އެގޮތުން، އިތުރު ފީއެއް ނެގުމެއް ނެތި ރަށްތަކާއި ފަޅުތަކުގެ މުއްދަތު 50 އަހަރަށް އިތުރުކޮށް، ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށާއި އެކަންކަމުގެ ސަބަބުން ގާތްގަނޑަކަށް 100 މިލިއަން ޑޮލަރުގެ މާލީ މަންފާ ވިލާ އަށް ލިބިފައިވާ ކަމަށް ދައުލަތުން ބުނެފައިވެ އެވެ.
އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަން އޭސީސީން ނިންމިއިރު، އޭނާ މިހާރު ވެސް ގެންދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އަދި އޭނާގެ މައްޗަށް ދައުވާކުރާ އިތުރު ކޮރަޕްޝަންގެ މައްސަލަތަކެއް މިހާރު ވެސް ކޯޓުގައި ދަނީ ހިނގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮ
15 June 2018
އޭރު ތި ކިޔާ އޭސީސީ ވުޖޫދުގައި ނެތްތަ. ނިގޫފިތިފައިތަ? ނުވަތަ ހޭނެތިފައި ތަ. ދައްކާ ބަހުން އެގެނީ އަދިވެސް ހޭނާރާކަން
ޖަގަހަ
15 June 2018
ޢަމިއްލަ ކުންފުނިތަކަށް ފައިސާ ދައްކަން އޭސީސީ އަކަށް ނުއެންގޭނެ. ތިފައިސާއަށް ޒިންމާވާންޖެހޭނީ ބްރޯ
ޒަހީނު
15 June 2018
ތިޔަކީ ސަރުކާރުގެ މައްސަލައެވެ. ސެޓްލްމެންޓް އެގްރިމަންޓް ހެދި ސަބަބަކީ ސަރުކާރުން ދޭންޖެހުނު އެތައް މިލިއަން ޑަލަރެއްގެ ފައިސާ ސަރުކާރުން ދޭން ބޭނުންނުވުމެވެ. އެފައިސާ އެއްކޮށް, ނުދެވިވާ ދުވަސްތަކުގެ ޖޫރިމަނާއާއިއެކު, ސަރުކާރުން ވިލާއަށް ދެއްކިނަމަ ސެޓްލްމަންޓް އެގްރިމަންޓަކަށް ދާކަށް ނުޖެހުނީހެވެ. މީގައި ވިލާގެ މައްސަލައެއްނެތެވެ.
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
15 June 2018
ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ހިލާފުތޯ ނުވަތަ ނޫންތޯ ކަޑަައެޅުމުގެ ޤާނޫނީ ޝަރުއީބާރު ޤާނޫނުއަސާސީން މަތިކޮށްފައިވާ ފަނޑިޔާރުގޭގެ އިސްފަނޑިޔާރު މަނިކުފާނާއި އިތުރު ފަނޑިޔާރެއް ކޯޓް ފުރާޅު ޓިނުނައްޓައިގެން ހުރަގެއަށް ލުމަށްފަހު މިސަރުކާރުގެ ފަރާތުން މިފެންނަނީ ބާރު ބާރަށް “އެވެނި ކަމެއް ނުވަތަ މިވެނި ކަމަކީ ޤާނޫނާއި ހިލާފު ކަންކަން ކަމަށް ކަޑައަޅާތަން” ކިހިނެއް މިކަން ޤަބޫލު ކުރާނީ؟! . . . . ފުލުހުންގެފަރާތުން ޝިފާން، ޔާމިން އޮފީހުގެ ފަރާތުން އާޒިމާ ނުވަތަ އޭސީސީން ލުތުފީ އަށާއި މީރާއިން ޔަޒީދު އަދި އިލެކްޝަންކޮމިޝަނުން ތިމަރަފުށި ޝަރީފަށް ވެސް ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއިހިލާފޭބުނެ ކަންކަން ނުނިންމޭނެ. . . .ޤާނޫނު އަސާސީ އާއި ޤާނޫނު ތަކާއި ހިލާފު ވާހަކަ ތިގޮތަށް ދެއްކުމަކީވެސް ޤާނޫނީ ކުށެއް. ތިޔަބުނާ ކަންކަމަކީ “ޤާނޫނާއި ހިލާފުކަމަށް ދެކޭކަމެއް ކަމުގައިވާނަމަ” ޝަރުއީ ކޯޓަކަށް ވަޑައިގެން އެކަން ސާބިތުކޮށް ޒިންމާ އަދާކުރައްވާ. އެހެން ނޫނީ މަޤާމް ދޫކޮށްލައްވާފަ ގެއަށް ވަޑައިގަންނަވާ.
ޝާޢްނާ
15 June 2018
އަޅުގަނޑުގެ ސުވާލަކީ ގާނޫންއާޢި ޙިލާފަށް ދިންއިރު ރާޢްޖޭގެ ރައީސްކަމުގައި ހުރީ އަދީބްތޯއެވެ ، ކޮބައިތޯއޭ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާ ، ކޮބައިތޯއޭ މާތްﷲ ގަންދީ ރައްޔަތުންގެ މުދަލާއި ފައިސާއަށް ތެދުވެރިވާންކުރިހުވާ ، ތިޔަކަމެށް އަދީބްއާއި ހަމައިން ނުނިމޭނެ ، ކަމަކީ ޔާމިންވެސް އެއްބަސްވެގެން އޭރުސިޔާސީ ބޭނުމަށް ހިންގި ކަމެށް ، ވީމާ ނުސީދާ ގޮތަކަށް އޭސީސީއަށް ތިޔަބުނެވެނޭ ރައީސްޔާމިންވަނީ ދައުލަތުގެ މާލިއްޔަތަށް އިހްމާލްވެފައިއޭ ،
falaku ain
15 June 2018
ނަސަނަދުރަވެސް ދިނީ ގާނޫނާ ޚިލާފަށް ދައުލަތުގެ މާލިއްޔަތުގެ ގާނޫނާ ޚިލާފަށް. އަދި އެތަނުން ޅިޔަނަށް ލިބޭ މަންފާއަކީވެސް ގާނޫނާ ޚިލާފަށް. އޭސީ.ސީ އަށް ސްޕްރީމް ކޯޓުން ނިންމާފައޮތް މައްސަލައަކަށް ކޮންގޮތެއް ކިޔޭނީ. ކޮން ޙުކުމެއް އިއްވޭނީ؟
ފަށަނަ
14 June 2018
ނަސަންދުރަ އަތުލަބަލަ.
ޙަލީމު
14 June 2018
ސްޕުރީމްކޯޓުގެ ހުކުމަކުން ނިންމައި ސިއްކަ ޖަހާފައިވަ މައްސަލައެއް އޭސީސީ އަށް އެނިންމުން ގޯސްކަމަށް ނޫނީ އަލުން މުރާޖިއާ ކުރުމަށް އެންގުމުގެ ބާރު ލިބެނީ ކޮން ގާނޫނީ އުސޫލަކުންބާ ؟
ބިންބޭގު
14 June 2018
ސެލެކްޓެޑް ޖަސްޓިސް
ހައްދުންމަތީ ގުނބޯ
14 June 2018
ވިލާކުންފުންޏާ އަދި އެކުންފުނީގެ ވެރިން ކީއްކުރަން މުވައްޒަފުންނާ ވެހިކަލްތަކާ ހިފާގެންގުޅޭ ހުރިހާމުދާވެސް ދުނިޔެއައް އުފަންވެފަވަނީ ތިޔަ އޭސީސީގެ ޤާނޫނާ ޚިލާފަކައް ނޫންބާ..؟