ކުޅިވަރު / ވޯލްޑް ކަޕް 2018

ގާނާ އިން ސުއަރޭޒަށް މާފެއް ނެތް

އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް.-- ފޮޓޯ: އޭއެފްޕީ

ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން ގާނާ އަށް ފުރުސަތު ނުލިބުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެވެ. އޭގެ ފަހުން ހަތް އަހަރު ފުރިފައިވީ ނަމަވެސް ގާނާގެ ގިނަ މީހުން ސުއަރޭޒަށް އަދިވެސް މާފެއް ނުކުރެ އެވެ.

އެ ފަހަރު ކުއާޓާ ފައިނަލުގައި ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅުނެވެ. އިތުރު ވަގުތުގެ ފަހު ހާފުގެ ވެސް ފަހު ކޮޅުގައި ގާނާގެ ޑޮމިނިކް އަޑިޔާ ފޮނުވާލި ބޯޅަ ސުއަރޭޒް ވަނީ ގޯލު ރޮނގުމަތިން އަތުން ބޭރުކޮށްލައިފަ އެވެ. އެއާ އެކު ސުއަރޭޒަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލި ނަމަވެސް ގާނާގެ އަސަމޮއާ ޖިޔާން ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. ގާނާ އަށް ޕެނަލްޓީ ކާމިޔާބު ނުކުރެވުމުން ސުއަރޭޒް ވަނީ ދަނޑުން ފައިބައިގެން ދަމުން ޓަނަލް ކައިރީގައި ހުރެ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، އުރުގުއޭ މޮޅުވީ 4-2 އިންނެވެ.

ސުއަރޭޒް އެ ބޯޅައިގައި އަތްނުލިނަމަ ގާނާ އަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ. އެކަމަކު އޭނާ އެ ބޯޅަ އަތުން ބޭރުކޮށްލައިގެން ފަހު ވަގުތު އުރުގުއޭ އަށް ސެމީން ޖާގަ ލިބުން އެ ޓީމުގެ ސަޕޯޓަރުން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. އަދި ސުއަރޭޒަށް ވަރަށް ބޮޑަށް ސާބަސް ވެސް ދިނެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުއާޓާ ފައިނަލުގައި ގާނާގެ ކުޅުންތެރިން ފޮނުވާލީ ބޯޅަ ސުއަރޭޒް އަތުން ސަލާމަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގާނާގެ މަޝްހޫރު ނޫހެއް ކަމަށްވާ ދި ގާނިއަން ކްރޮނިކަލްސް އިން ދާދި ފަހުން މި ފަހަރުގެ ވޯލްޑް ކަޕާ ދިމާކޮށް ދެއްކި ޕްރޮމޯޝަނަލް ވީޑިއޯއެއްގައި އެ ގައުމުގެ ފުޓްބޯޅަ އަށް ލޯބިކުރާ ގިނަ ފަރާތްތަކުން ވަނީ އެ މީހުންގެ ޝުއޫރު ފާޅުކޮށްފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި ގާނާ ނުކުޅުނު ނަމަވެސް އެ ގައުމުގެ ގިނަ ބަޔަކު ބޭނުންވަނީ ސުއަރޭޒް ކުޅޭނަމަ އުރުގުއާއީ ފުރަތަމަ ބުރުން ކެޓުމަށެވެ. ގާނާގެ ގިނަ ސަޕޯޓަރުން މި ފަހަރު ސަޕޯޓްކުރާ ޓީމަކީ މިސްރެވެ.

ގާނާގެ އެހެން މީޑިއާއެއް ކަމަށްވާ އީޓީވީ އިން 2015 ވަނަ އަހަރު ނެގި ޕޯލެއްގައި އެ ގައުމުގެ ފުޓްބޯޅަ ސަޕޯޓަރުން އެންމެ ނަފްރަތު ކުރާ ކުޅުންތެރިއަކީ ސުއަރޭޒް އެވެ. އަދި ކްލަބް ލެވެލްގައި ސުއަރޭޒް ލިވަޕޫލާއި ބާސެލޯނާ އަށް ކުޅޭ މެޗުތައް ބެލުމަށް ވެސް ގާނާގެ ގިނަ މީހުން ދެކޮޅު ހަދަ އެވެ. އަދި ބައެއް މެޗުތަކުގައި ގާނާގެ ކުޅުންތެރިން ކްލަބް ލެވެލްގައި ސުއަރޭޒާ ދެކޮޅަށް ކުޅޭ މެޗުތަކުގެ ކުރިން ސަލާމްކުރަން ދެކޮޅު ހަދާފައިވެސް ވެ އެވެ.

ބްރެޒިލްގައި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުރިން ސުއަރޭޒް އުރުގުއޭގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ގާނާއާ ދެކޮޅަށް އޭނާ އަށް ކުރެވުނު ކަންތައްތަކާ މެދު މާޔޫސްނުވާ ކަމަށާއި އެކަމަށްޓަކައި ފަހުރުވެރިވާ ކަމަށެވެ. އެއީ ފުޓްބޯޅައިގައި ކާމިޔާބު ހޯދުމަކީ ކޮންމެ ކުޅުންތެރިއެއްގެ ހުވަފެން ކަމަށްވެފައި އެކަން ހާސިލްކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

1 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 67%
icon sad icon sad 12%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގްލޭޑް

15 June 2018

ސުއަރޭޒް ރަނގަޅަށް ތިހެދީ ގާނާ މީހުން ހުނިގާނަން ބާތިއްބާ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454