"ތިބާ ހީލުމުން" އަކީ ޝަލަބީ އާއި މައީޝާ ކިޔާފައިވާ ލަވައެއް.
17 ޖޫން 2018 - 19:43
ގިނަ ބައެއްގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ ޒުވާން ލަވަކިޔުންތެރިޔާ ޝަލަބީގެ އާ ލަވައެއް އަނެއްކާ ވެސް އެހުންތެރިންނަށް ދޫކޮށްލައިފި އެވެ.
އީދު ހަދިޔާއެއްގެ ގޮތުގައި ގެނެސް ދިން ލަވައިގެ ނަމަކީ "ތިބާ ހީލުމުން" އެވެ. ލޯބީގެ ވާހަކަތަކެއް ކިޔައިދޭ ލަވަ މިހާރު ލަވަފޮށިން އަޑު އަހައި ލެވޭނެ އެވެ.
އަމިއްލަ ރާގަކަށް ހަދާފައިވާ ލަވައިގެ މެލޮޑީ އާއި މިއުޒިކް ހަދާފައި ވަނީ މި ލަވަ ހާއްސަކޮށްފައިވާ އަބްދުﷲ މޫސާ (އައްޅޯ) ރަފީއު އެވެ. ލަވައިގައި ކިޔައި ދެނީ އޭނާ އާއި އަންހެނުން އައިޝަތު (އައިސްތު) ނަސީރުގެ ލޯބީގެ ވާހަކަ އެވެ.
އެ ދެމަފިިރިންގެ ލޯބީގެ ވާހަކަ "މިހާރު" ގެ ދަށުން ނެރޭ "ދޯ" އިން ކުރިން ގެނެސް ދީފައި ވާނެ އެވެ.
Aisth aai Alhlho
Telling exclusive, original stories of Maldives youth, entertainment and lifestyle
Dho?!
އައިސްތު އާއި އައްޅޮގެ ވާހަކަ
މި ލަވައިގެ ޅެން ހެދީ އާމިރް ސަލީމެވެ.
"ތިބާ ހީލުމުން" ލަވަފޮށިން އަޑު އަހައި ލެވޭނެ.
މޯލްޑިވިއަން އައިޑޮލް ސީޒަން އެކަކުން ވިދާލި ޝަލަބީ އަންނަނީ ދޭތެރެ ދޭތެރެ އިން އޭނާގެ ލަވަތައް އަޑު އިއްވައިލަމުންނެވެ. ކުރިއަށް ވެސް އަދި މިކަހަލަ ކިތަންމެ ލަވައެއް އޭނާ ގެނެސް ދޭނެ އެވެ.
އަނެއްކާ ވެސް އާ ލަވައެއް ގެނެސް ދިނުމުގެ ކުރިން ޕްލޭލިސްޓަށް "ތިބާ ހީލުމުން" އިތުރުކޮށްލާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސާލީ
18 June 2018
ޝަލަބީ ވަރެއްނެތޭ ބުނެވެނީ އެހެންވެ، ސާބަހޭ ދޮންކަލޯ، ތީ އަސްލު އައިޑޮލް