ހައި ކޯޓުގައި ބޭއްވި ޝަރީއަތަށް ފަހު އިމްރާން ނުކުމެވަޑައިގަންނަވަނީ: މާފުށީ ޖަލުގައި އޭނާ ހުންނެވި ގޮޅި މަރާމާތުކުރަން އިމްރާން ވަނީ ގެއަށް ބަދަލުކޮށްފައި. .---މިހާރު ފޮޓޯ
26 ޖޫން 2018 - 19:21
ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި އިމްރާން ގޭބަންދަށް ބަދަލުކުރީ އޭނާ ހުންނެވި ގޮޅި މަރާމާތު ކުރަން ކަމަށެވެ. އެ މަރާމާތު ނިމުމާއެކު އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް ވެސް އެތަނުން ބުންޏެވެ.
އިމްރާން ގޭބަންދަށް މި ބަދަލުކުރީ، ސިއްހީ މައްސަލަތަކެއް ކުރިމަތިވެވަޑައިގެންފައިވުމާ އެކު ޖަލުގައި އެކަށީގެންވާ ފަރުވާ ނުލިބޭތީވެ އޭނާ ގޭބަންދަށް ބަދަލުކޮށްދޭން އާއިލާ އިން ތަކުރާރުކޮށް އެދިފައި ވަނިކޮށެވެ.
ދިގު މުއްދަތުގެ ޖަލު ހުކުމެއް އިމްރާނަށް އިއްވީ، މެއި 1، 2015 ގައި ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި ބޮޑު މުޒާހަރާގައި، ޓެރަރިޒަމަށް މަގުފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ ކުރި ދައުވާގަ އެވެ. އިމްރާނަށް ހުކުމް އިއްވީ ބޭއިންސާފުން ކަމަށް ބުނެ އދ.ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް މައްސަލަ ހުށަހެޅުމުން އެ ގްރޫޕުން ނިންމީ އިމްރާނާ އެއްކޮޅަށެވެ.
އިމްރާން ވަގުތުން މިނިވަންކޮށް، މިހާތަނަށް އޭނާ އަށް ގެއްލުނު ހައްގުތަކުގެ ބަދަލު ދޭން ވެސް ޔޫއޭން ވޯކިން ގްރޫޕުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިނާޝް
27 June 2018
ޢިމްރާނަކީ މާބޮޑު ބުރަދަނެއް ހުރި މީހެއްނޫން... އަބަދުވެސް އެ އޮންނަ ސަރުކާރަކާ ދެކޮޅަށް ޕޯޑިއަމް ތަކުގަ ހަޅޭލެވުން އެއީ އޭނަގެ ހޮބީއެއް. އަޑުގަ ވަރުހުރެގެން ލީޑަރަކަށް ވަންޏާ ވާންވީ. ސިޔާސީ ގޮތުން ދެއްކި ތަފާތެއް ނެތް މުޒާހަރާތަކުގަ ހަޅޭލެވުން ފިޔަވާ. އެވެސް އަމިއްލަ ފައިދާއަށް ލަވާހަޅޭއް..
ބޯހުދު
27 June 2018
ތޮލްހަތް ކިޔާ މީހަކު (2012 ގެ ލީޑަރެއް) ... ގޮޅިމަރާމާތު ކުރުމުގެ ނަމުގައި ގޭގަ ހުންނަ ތާ 2 އަހަރަށް ވުރެ ގިނަވީ ...
މަގޫ
27 June 2018
ކޮންއިރަކުންތޯ؟ ޝ.ޢިމްރާން މަގު ހަދަން ނެރެނީ..!! އަދިވެސް ބަސްނާހަނީތޯ؟؟
ލަތީފާ
27 June 2018
ހިތްވަރުގަދަ ކެރޭ ސާބިތުކަންމަތީ ހުންނެވި ލީޑަރެއް.. މީ އަސްލު ރާއްޖޭގެ މަންޑޭލާ އަކީ..
އިސްމާއިލް ކަލީމް
27 June 2018
ރޔ އައް މަގޭ ވޯޓު ތި ނިމުނީ! ކުރިންވެސް ބުނިން، ޓަކާޓަކާ އައް ލުޔެއް ދީފިއްޔާ، ސަޕޯޓް ނިމޭނެ ކަމައް!
ހޯރަފުށީ ޗާލްނަޔާ
27 June 2018
އިމްރާނަށް ލުޔެއްދިނީމި އެއްޗެއް ވިސްނޭތޯ.
އިޙްސަ
27 June 2018
އަޖައިބެންނު ތިމީހުންގެ ގޮޅި ހާދަގިނައިންނޭ މަރާމާތުކުރަން ޖެހެނީ... އެހެން ގައިދީއަކު އުޅޭ ގޮޅި މަރާމާތުކުރަން ނުޖެހެނީބާ؟ ނޫނީ މީޑިއާއަށް ނޭންގެނީބާ.؟؟
މަންނާނު
27 June 2018
ތިބޭފުޅުން ގޮޅި ހަލާކު ކުރަނީ ތޯއްޗެއް އަބަދު މަރާމާތުކުރަންޖެހެނީ ކައްޕި އަށް އަންގާ ދަނގަޑުން ގޮޅިހަދާށޭ
ޢަބޫދު
26 June 2018
ޝެއިޚް އިމްރާންއަކީ ހިއްވަރުގަދަ ލީޑަރ އެއް. ޙުށަހެޅުނު ހުރިހާ ޑީލް އެއްގެ ކުރިމަތީގައި ސާބިތުވެ ވަޑައިގެންނެވި. ޔާމީން އެންމެ ޖެހިލުންވަ ލީޑަރ. ޝޭޚަށް ބަރަކާތްލައްވާ ސާބިތުކަން ދެއްވާށި. އާމީން.
ބޮޑުކަކުނި
26 June 2018
އިޚްލާސްޔެރި ނިޔަތެއްވާނެ ކަމަކަށް ނުފެނޭ އިންތިޚާބުގައި އަދާލަތުން ގެންގުޅޭ ސިޔާސަތު ފާރަލުމެއްކަމަށް ފެންނަނީ
ބެއްޔާ އައްޑޫ
26 June 2018
އީޔޫ މީހުން ލޮލުގަ އަނދުން އަޅުވާން ކުރިކަމަކާއި ބޮޑަށް ވައްތަރީ