މިދިޔަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގައި ރާއްޖޭގެ ޒަކިއްޓެ (ކ) ބޯޅަ ހިފައިގެން ކުރިއަށްދާއިރު އިންޑިއާ ކުޅުންތެރިއަކު ހުރަސް އަޅަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
27 ޖޫން 2018 - 12:44
ފީބާ އޭޝިއާ ކަޕް ބާސްކެޓްބޯޅަ މުބާރާތުގެ ޕްރީ ކޮލިފައިންގެ ގޮތުގައި ކުޅޭ ސާބާ ކަޕުގައި ރާއްޖޭގެ ބާސްކެޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުން ނޭޕާލް އަތުން 63-60 ޕޮއިންޓުން މޮޅުވެއްޖެ އެވެ.
އެމެރިކާގެ ޖޯން ކޮފިނޯގެ ކޯޗުގެ ކަމުގެ ދަށުން ކުޅެ ރާއްޖޭން ނޭޕާލްގެ މައްޗަށް މި ހޯދި ކާމިޔާބީން ޓީމުގެ ކުރިއެރުން ވަޒަންކުރެވެ އެވެ. މިދިޔަ އަހަރު މާލޭގައި އޮތް މުބާރާތުގައި ނޭޕާލް އަތުން 59-61 ޕޮއިންޓުން ރާއްޖެ ބަލިވިއިރު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ވެސް ފަހު ވަގުތު ރާއްޖެ ބަލިވީ އެވެ.
މި މެޗުގައި ރާއްޖޭން އެންމެ މޮޅު ކުޅުމެއް ދެއްކީ ކެޕްޓަން ޒަކަރިއްޔާ އަބްދުއްލަތީފް (ޒަކިއްޓެ) އެވެ. އޭނާ 20 ޕޮއިންޓް ހޯދާފައިވެ އެވެ. ޓީމުގެ ވައިސް ކެޕްޓަނުންނަކީ އެއްބަނޑުއެއްބަފާ ދެބެން ކަމަށްވާ މުހައްމަދު ޒިލާލާއި އަހުމަދު ޒަބީރެވެ. ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ތެރޭގައި އިބްރާހިމް ރިޝްވާން (ޗިކު) އާއި އިސްމާއިލް ވިލްދާނާއި އަބްދުﷲ އަމްޒަރު މުހައްމަދާއި ރިޝްފާން ރަޝީދާއި ހުސެއިން ހަލީމް (ޗިކަނޭ) ފާހަގަކޮށްލެވެ އެވެ. ތަޖުރިބާކާރު ކުޅުންތެރިންގެ ތެރެއިން އަލީ ފަޒްލީ އާއި އަހުމަދު އަފްޝަން ފަދަ ކުޅުންތެރިން މި ފަހަރު ނުހިމެނެ އެވެ.
މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މާދަމާ ބޫޓާނާ ވާދަކުރާއިރު ތިން ވަނަ މެޗުގައި ހުކުރު ދުވަހު ބައްދަލުކުރާނީ ސްރީ ލަންކާއާ އެވެ. އަދި ފަހު މެޗުގައި ހޮނިހިރު ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނާނެ އެވެ.
ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ފީބާ އޭޝިއާ ކަޕުގެ ކޮލިފައިން ދެ ވަނަ ބުރުން ޖާގަ ލިބޭނެ އެވެ. އޭޝިއާގެ އެންމެ ބޮޑު ބާސްކެޓްބޯޅަ މުބާރާތުން ފުރުސަތު ލިބޭނީ އެ ބުރުން ކުރި ހޯދާ ޓީމުތަކަށެވެ.
މިދިޔަ އަހަރު މާލޭގައި ބޭއްވި ސާބާ ކަޕުގައި ނޭޕާލާއި ބަންގްލަދޭޝް އާއި އިންޑިއާ އަތުން ބަލިވިއިރު ފަހު މެޗުން ލަންކާ އަތުން މޮޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރިިޔާޒް
27 June 2018
ކޮބާ ޒުވާން ކުޅުންތެރިޔާ މަފާޒް މުހައްމަދުގެ ވާހަކަ؟ އޭނާ އަކީ ބުރަކޮށް މަސައްކަތްކުރާ ހުނަރުވެރި އަހުލާގު ރަގަޅު ނަމޫނާ ކުޅުންތެރިޔެއް! ލޮލުން ދެކި އަތުން ހިފާފަ މިބުނަނީ. ކުރިޔަށް ބާސްްކެޓް ޓީމް! އިރާދަކުރެވިއްޔާ މޮޅުވާނެ!
ޢައްސަދު
29 June 2018
ސުފުންކޯޗް ގެ ހިއްވަރު.. މަފާޒު ސުފުން ކޯޗް ގެ ބަސްއަހަގެން ކުރިޔައް މާ އޭގެ ނަތީޖާ ފެނެއެއްނުން! ކޮބާ ވައްވައް ޖައްސަމުން ދުވިކުދިން ޗޮކިން ދިޔައީ ދޯ!!
ދިވެހި ފޭނުން
27 June 2018
މޮޅުވީމަ އުފާ ވޭ ، އެއކަމަކު ލާޒިމް ކަމެއްތޯ ދާ ކޮންމެ ދަތުރެއް ގަ ސުޕުން އާއި އިއްލަ ދިއުން ހަމަ އަހާ ލީ
ބޯގަންވިލާ
27 June 2018
ދިވެހި ބާސްކެޓް ޓީމް ވާނެ މޮޅެއް ތިޔަވީ ، ދެން އާދޭ ސޮޕިން ކޮއްލައިގެން ، ސުޕުން ހުރިހާ ދަތުރެއް ގަ ގޮސް އޮންނަ ކަމަކީ ސޮޕިން ކުރުން
އައްލޯ އާމިރު
27 June 2018
ނަސީބެއް ތިޔަ ސުޕުން ހެޑް ކޯޗަކައް ނުހުރިކަން ، 18 އަހަރުވަން ދެން ސުޕުން ހުރެގެން ވީ އެއްކަމެއް ވެސް ނެތް ، ދެން ހުރީ އިލިޔާސް ގައުމީ ތީމް ގަ ހުރެގެން ވީ ކަމެއް ނެތް ، ދިވެހި ބާސްކެޓް ޓީމް މޮޅުވީމް އުފާ ވޭ ، ޓީމައް މަރުޙަބާ
ޢަހުމަދު12
29 June 2018
ޢަދިވެސް ސުޕުން ކޯޗް ކޮއްދިން ކުދިން..ދެންކީކޭ ތިކިޔަނީ!
ޗެލްސީ
27 June 2018
މަރުޙަބާ ބާސްކެޓްޓީމް.. ހުރިހާ ކުޅިވަރަކުން ކުރިއެެރުން ހޯދާ މޮޅެތިކޯޗުންގެ ރަނގަޅު ރޭވުމަށް ކުޅުންތެރިން ފައްތަމުންދާއިރު ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓްބޯޅަ ދަނީ ދަށަށް.. ބޫޓާން މެޗަށްފަހު ކޯޗު ކުރާމަސައްކަތުގެ ނަތީޖާ އެނގެން ދެން މެޗެއް ފެންނާނީ ކޮންދުވަހަކުން.. ބާސްކެޓްޓީމް މިފަހަރު 1 ނުވަތަ 2 ވަނަ ހޯދައިގެން ކޮލިފައިވާނެ ކަމަށް އުއްމީދުކުރަނީ...