28 ޖޫން 2018 - 11:03
މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ އެސްޓީއޯ މާލޭ ލީގުގެ ދެ ވަނަ ބުރުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
މިހާރު އެވޯޑްސްގެ ފުޓްބޯޅައިގެ ފަނޑިޔާރުންގެ ބައްދަލުވުމުގައި އެންމެ މޮޅު ކުޅުންތެރިޔާ އަށް ޝޯޓްލިސްޓްކުރީ، ނިއު ރޭޑިއަންޓަށް ކުޅެ ފަހުން ޓީސީ ސްޕޯޓްސް ކްލަބަށް ބަދަލުވެފައިވާ އަލީ އަޝްފާގް (ދަގަނޑޭ) އާއި އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާގެ ނާއިޒް ހަސަން (ދާދު) އާއި ކްލަބް އީގަލްސްގެ އަހުމަދު ރިޒްވާން (ރިޒޭ) އަދި ޓީސީގެ އިބްރާހިމް މަހުދީ ހަސަން (ފޭދޫ އިއްބެ) އެވެ.
އެންމެ މޮޅު ޒުވާން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ނިއުގެ ރިހާމް އަބްދުލްގަނީ (ބޮބީ) އާއި އީގަލްސްގެ ޖުމައިލް ޖަމީލާއި މާޒިޔާގެ ގޯލްކީޕަރު ހުސެއިން ޝަރީފާއި ޓީސީގެ އައްޒާމް އަބްދުﷲ އަދި އީގަލްސްގެ ހަސަން ރާއިފް (ހަންނަ) އެވެ.
މިދިޔަ އަހަރު ތައާރަފްކުރި މިހާރު އެވޯޑްސްގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނިއުގެ ސެންޓޭ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހާސިލްކުރީ މާޒިޔާގެ ނާއިޒް ހަސަން (ދާދު) އެވެ.
ފުޓްބޯޅައިގެ މި ދެ އެވޯޑުގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. މީގެ އިތުރުން ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓަރ
28 June 2018
ސެންޓޭ ހަންފް ބޮބީ މީ ހަމަ ތަފާތު ދައްކާ ކުޅުންތެރިން. ހާންސަކޮށް ސެންޓޭ.
މޫސަމުސާ
28 June 2018
ހަމްޕް ކޮބާ
ފުންއަސަރު
28 June 2018
ސެންޓޭއަށް ލިބުން ގާތް. އަދި ޒުވާންކުޅުންތެރިންގެ ތެރެއިން ބޮބީވަރުގެ ރަނގަޅު ކުޅުންތެރިޔަކު އަދިއެއް ނުފެނެ. އެހެންވީމާ މީ ބޮބީގެ ފަހަރުކަމުގާ ޔަގީން ކުރެވޭ.
އާރީ
28 June 2018
ސެންޓޭ އެއްމެ މޮޅީ.
އަތަރު
28 June 2018
ސެންޓޭގެ މޮޅުކަމުން ނިއުއަށް މާލޭލީގު ލިބުނީ. ހުރިހާ މުހިއްމު ލަނޑުތަކެއް ޖެހީ އޭނަ. އެހެންވީމާ މިފަހަރުވެސް ތީގެ ހައްގުވެރިއަކަށް ވާންވާނީ ސެންޓޭ.