މާމިގިލީ އިންޓަނޭޝަނަލް ޕޯޓަށް ބަނދަރުކުރި ފުރަތަމަ ބޯޓު.--ފޮޓޯ: އެމްޕީއެލް
05 ޖުލައި 2018 - 18:19
އދ. މާމިގިލީގައި ހުޅުވި ވިޔަފާރި ބަނދަރަށް ފުރަތަމަ ބޯޓު މިއަދު ބަނދަރުކޮށްފި އެެވެ.
މިދިޔަ މެއި މަހު ހުޅުވި އެ ތަނަށް އެންމެ ފުރަތަމަ ބަނދަރުކުރީ "އެމްވީ ކިބީ" ނަމަކަށް ކިޔާ ބޯޓެކެވެ. ޕްރޮޖެކްޓަކަށް ބޭނުންވާ ކާގޯ ހިފައިގެން ސިންގަޕޫރުން އައި ބޯޓުގެ ފަޅުވެރިންނަށް، މާމިގިލީ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ވެސް ދިނެވެ.
އެ ބޯޓުގެ ފަޅުވެރިންނަށް މަރުހަބާ ކިޔުމަށް މާމިގިލީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ އަބްދުލް ރައްޒާގު ހަލީމާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނެއިދު ބައިވެރިވެވަޑައިގަތެވެ.
ރާއްޖެ އަށް އާއްމުކޮށް ހިލަ އާއި ހިލަވެލި އުފުލާ ސައިޒުގެ ބޯޓު ފަހަރަަށް ކައިރި ކުރެވޭ ގޮތަށް، އެ ބަނދަރު ހަދާފައިވަނީ 1،300 މީޓަރު ދިގުމިނުގަ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވީ މާމިގިލީ ބަނދަރު ތަރައްގީ ކުރުމުގައި ގޮންޖެހުންތައް ދިމާވި ކަމަށެވެ. ނަމަވެސް އިކޮނޮމިކް މިނިސްޓްރީ އާއި ހައުސިން މިނިސްޓްރީގެ އެހީތެރިކަމާއެކުު އެކަންތައްތައް ހައްލުކޮށް، ކާމިޔާބު ކަމާއެކު ބަނދަރު ހުޅުވާފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާމިގިލީ ބަނދަރުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފައިދާ ކުރާނެ ކަމަށެވެ. އެގޮތުން ވަޒީފާގެ ފުރުސަތުތަކާއި އެ ސަރަހައްދުގައި ހިންގަން ނިންމާފައިވާ ބޮޑެތި މަޝްރޫއުތަކަށް، މާމިގިއްޔަށާއި އެ އަތޮޅަށް ބޮޑު ކުރިއެރުމެއް ލިބޭނެކަން ހަލީމް ފާހަގަކުރެއްވި އެވެ.
މާމިގިލީ ވިޔަފާރި ބަނދަރަށް ބަނަދަރުކުރި ފުރަތަމަ ބޯޓު.--ފޮޓޯ: އެމްޕީއެލް
"މި ސަރަހައްދުގައި އަޅުގަނޑުމެން ވެއާ ހައުސްއެއްގެ ޚިދުމަތާއި ކޯލްޑް ސްޓޯރޭޖްގެ ޚިދުމަތާއި އަދި ތަރައްގީކުރަން ނިންމާފައިވާ ސްލިޕް ވޭ އާއި ބޯޓުޔާޑުގެ ޚިދުމަތާއި ޔޮޓް މެރީނާއި ގެސްޓް ހައުސްގެ ޚިދުމަތް ދިނުމަށް ވެސް ރާވާފައިވަނީ. އެކަމަށްޓަކައި ޕްލޭންތައް ހަދަމުން މި އަންނަނީ. ވިޔަފާރިވެރިންނާއި އިންވެސްޓަރުން ވެސް މިތަނުގައި އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައި މި ވަނީ،" އޭނާ ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ މާލޭގެ ބަނދަރުގެ ޖާގައަށް ވުރެ އިތުރަށް މިހާރު ވެސް މުދާ ބާލަމުން އަންނަ ކަމަށެވެ. ޕްރޮޖެކްޓް ކާގޯ އެއްޗެހި ބަނދަރުނުކުރެވި ގިނަ ދުވަސް ވާނަމަ އިތުރު ހަރަދުތަކެއް ހިނގާ ކަމަށާއި، އެހެންވެ މާމިގިލީ ބަނދަރާއެކު ވިޔަފާރިވެރިންނަށާއި މަޝްރޫއުތައް ހިންގާ ކުންފުނިތަކަށް ފަސޭހަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަަށް ވެސް ވިދާޅުވި އެވެ.
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޖުނެއިދު ވިދާޅުވީ އެމްޕީއެލް އިން ކުރަމުން އަންނަ މަސައްކަތްތަކަށް ކަސްޓަމުން އަބަދު ވެސް އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ ތަރައްގީ ގެނައުމަށް އެ ދެ އިދާރާ ގުޅިގެން އަބަދު ވެސް މަސައްކަތް ކުރާނެ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އިކުއިޕްމަންޓް އެއްޗެހި ގެނައުމުގައި މާލޭ ޕޯޓުގެ ދަތިކަން އެބަހުރި. އެހެންވެ މިއަދަކީ މާލެއަށް ޖެހިފައިވާ އެ ތޮއްޖެހުން އެހެން ދިމާލަކަށް ޑިސްޓްރިބިއުޓް ވެގެން ދާ ދުވަހެއް،" އެމްޕީއެލްގެ ސީއީއޯކަން ވެސް ކުރެއްވި ޖުނެއިދު ވިދާޅުވި އެވެ.
މާމިގިލީ އެއާޕޯޓާ އެކު، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމްގެ އުފަން ރަށުުގައި އެ ބަނދަރު ހެދީ އެ ކުންފުނިންނެވެ. ރާއްޖޭ ރަށެއްގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ބަނދަރުގެ ބައެއް، ވިޔަފާރި ބަނދަރެއްގެ ގޮތުގައި ބޭނުން ކުރަން ފެށިއިރު، އެމްޕީއެލް އިން ބުނީ ބައިނަލްއަގުވާމީ އޮޕަރޭޝަނަށް ބޭނުންކުރާނީ އެ ބަނދަރުގެ 600 މީޓަރުގެ ސަރަހައްދެއް ކަމަށެވެ.
އެމްޕީއެލް އިން މާލޭގެ އިތުރުން ހުޅުމާލެ އާާއި ސ ހިތަދޫ އަދި ހދ. ކުޅުދުއްފުށީގައި ވެސް ވިޔަފާރި ބަނދަރެއް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢައިޝާ މާމިގިލި
06 July 2018
ޙާދަ މީހުން ގިނަ ރަސްމިއްޔާތެކޭ ދޯ ލަދުން ބޯހަލާކު، ކަމެއްވެގެން އުޅޭކަންވެސް މިއެނގުނީ ނޫސް ބަލާލީމަ މިކޮމެންޓް ފޮނުވާދޭން ކެޜެނެތަ
ހައްވަ މާމިގިލި
07 July 2018
ކެކެކެކެ. ވަރަށް މޮޅު ކޮމެންޓެއް ދޯ ތިއޮތީ ކުރެވިފައި. ތީގައި ކޮބާތަ ފޮނުވަން ނުކެރެންވީ ސަބަބެއް. އަލައް ދޯ ކޮމެންޓެއް ތިކުރަނީ؟
މޯޑު މާމިގިލި
06 July 2018
މީހަކު ކުރިބުރަ މަސައްކަތެއް ޖަހައި ގަނެގެން ތިވާހަކަ ދައްކާން ތިބިއިރު ލަދެއް ހަޔާތެއް ވެސް ނެތޭ ދޯ އިސްރާއީލުމީހުންނެކޭ އެއްގޮތެއްނު.. ތީ %100 ޤާސިމް ކޮށްދިން ކަމެއް ޔާމީނު އަބަދުވެސް މަސައްކަތް ކޮށްފައި އޮތީ އެކަމަށް ހުރަސް އަޅަން މިހާރު ވޯޓުލާން ކައިރިވީމަ ތިހެން އައިސް އެތަނަށް މާމިލީ ރައްޔިތަކަށް ކައިރި ނުވެވޭހެން ބަދުކޮށްގެން ތިބެ ޗ13 އިން މީ ޔާމީނު ކުރިކަމެކޭ ކިޔާއިރު ލަދު ހަޔާތް ކޮބާ؟ އަހރުމެން ގެ ލޮލުގަ ކޮން އަދުނެއް އަޅުވާނަމޭ ހިތާތަ ތިއުޅެނީ ކަލޭމެން ގެ މީހުން އިރު އިރު ކޮޅާ ބާރަށް އަތްޖަހާށޭ ތި ކިޔަނީ މަހީކުރީ ކަލޭމެނަށް އޭގެ އަސްލު މާނަ ނޭނގޭތީކަމަށް އެކަމު މިހާރު އެނގިއްޖެ އަސު ވެސް ހަމަ ފޭރިގަންނަން، ޖަހައިގަންނަން ކަން ތިކިޔަނީ
ނުބޯ
06 July 2018
ބޯ އެއްޗެހި ވެސް ފަސޭހަ އިން ލިބޭނެ އެވެ
ހެހެހެ
05 July 2018
ތިޔައީ އިންތިހާބު ކައިރިވީމާ ދައްކާލި ދަޅައެއް! އެތައް ބައިވަރު ފައިސާ ކޮންމެ ދުވަހަކު ލިބޭ މާލެ ޕޯޓް ހިންގަން ނޭނގުނު ބަޔަކަަށް ކިހިނެއް މާމިގިލީގައި ބަނދަރެއް އޮޕަރޭޓް ކުރާނީ؟ މިވަގުތު ރާއްޖެއަށް ގެންނަ މުދަލުގެ މޫވްމަންޓް ހުރި ގޮތުން ތިޔަ ސަރަހައްގުގައި ބަނދަރެއް ހަދައިގެން ވާނެ އެއްވެސް ފައިދާ ނޯންނާނެ! ތިޔައީ ލަންކާ ގައި ރާޖަޕްޝަރ، ހަމްބަންތޮތާ ގައި ހެދި ކަހަލަ ބަނދަރެއް! ނުވާނެ އެއްވެސް ފައިދާއެއް!
އަަހަންމާ
05 July 2018
ހާދަ ރުޅިއަންނަ ކުދިން ވެސް އުޅޭ ދޯ?
މަަަ
06 July 2018
ފުރަތަމަ މަާމިގިލި ފަޅުގެ މިލުކުވެރި ފަރާތަކީި ދިވެހި ސަރުކާަރު ކަނ ހަދާަނ ކޮއްބަލަ ތިޔަފުއްޕަނީި ވަކި އާައިލާައަކުން ކުރާަ ކަމެއް
ލައްކަ
05 July 2018
ތިޔައީ މީހަކު ކުރި ބުރަމަސައްކަތް ޖަހައިގަތުން. އިންތިޚާބަށް ދެއްކި ދަޅައެއް.
އާނިޔަތު / މާމިގިލީ
07 July 2018
ދައުލަތު އަދި 5 އަހަރުގެ ސަރުކާރު ވަކިކުރަން ނޭނގޭ މީހުން ކޮމެންޓު ތަކުގައި އެދައްކަނީ ރަނގަޅު ވާހަކަތަކެއްނޫން... އާދެ.!! ފަޅުތަކާއި ރައްތަކަކީވެސް ދިވެހި ދައުލަތުގެ މިލްކުއްޔާތު އެއީ ފަހަރެއްގައިވެސް ބަދަލު ވަމުން އަންނަ ސަރުކާރު ތަކުގެ މިލްކެއްނޫން..
ޢަހުމަދޫ
05 July 2018
ފަރިވަޅު އެރުވީ މާމިގިލީ ރައްޔިތުންނެއް ނޫން މާމިގިލީގެ އެއް އާއިލާ
ވާލުސޮރު
05 July 2018
ސޭޓަށް އެއްވެސް ބައެއް އެޅޭބާ؟
ހަނަ ބުއްދި
06 July 2018
ސޭޓް މެން ކުރި މަސައްކަތް އެމްޑީޕީ އިން ޖަހާގެންފި އެވެ...އިއްތިހާދުއޭ ކިޔާގެން "ކީހާ ޅެން ފަރިއްސަށް" ވެއްޖެއެވެ. އިނދި ކޮޅުން ނުކުންނަ ކެންޑިޑޭޓަކީ ހަމައެކަނި އެމްޑީޕީގެ ޓިކެޓް ގައި ނުކުންނަ ކެންޑިޑޭޓް ކަމަށް ވެއްޖެ އެވެ. އިބޫ ސޯލިހު އަކީ އެމްޑީޕީގެ ކެންޑިޑޭޓް އެވެ.އިބޫ ސޯލިހުގެ ރައީސް ކަން ވާނީ އެމްޑީޕީގެ ވެރިކަމަ ކަށެވެ.