ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ތިމަރަފުށި އަތުން ފެހެންދު އަށް މުހިއްމު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ތިމަރަފުއްޓާއި ފެހެންދޫ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުށި އަތުން 1-0 އިން ބ. ފެހެންދޫން މުހިއްމު މޮޅެއް ހޯދައިފި އެވެ.

ލީގުގެ ދެ ވަނަ ބުރުން ޖާގަ ލިބެނީ ފުރަތަމަ ބުރުގެ ގަދަ އަށް ޓީމަށް ކަމަށްވާއިރު، ގަދަ އަށެއްގެ ޖާގަ ހޯދަން މިރޭގެ މެޗުން މި ދެ ޓީމަށް ވެސް ޕޮއިންޓް ހޯދުން މުހިއްމެވެ. މި މޮޅާ އެކު ފެހެންދޫ އަށް ވަނީ ގަދަ އަށެއްގެ އުއްމީދު ބޮޑުވެފަ އެވެ.

ތިމަރަފުށިން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ދަތުރުކުރީ ސެމީގައި ފެހެންދޫ ބަލިކޮށްފަ އެވެ. މިރޭގެ މެޗުން ފެހެންދު މޮޅުވިއިރު، މިއީ ޕްރިމިއާ ލީގުގައި މިނިވަން ޗެމްޕިއަންޝިޕްގެ ޓީމަކުން ހޯދި ފުރަތަމަ މޮޅެވެ.

މިރޭގެ މެޗަށް ނުކުތްއިރު ފުރަތަމަ ތިން މެޗުން ދެ ޓީމަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. މިރޭގެ މޮޅާ އެކު ފެހެންދު ވަނީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ތިމަރަފުށި ލީގުގެ ނުވަ ވަނައިގައި އޮތީ ޕޮއިންޓަކާ އެކު އެވެ.

މި މެޗަށް ނުކުތްއިރު ތިމަރަފުށިން ވަނީ ދާދި ފަހުން އެ ޓީމާ ގުޅުނު ޖަޕާނުގެ ޑިފެންޑަރު ޓަކޫ ޔަނަގިޑާޓޭ ފުރަތަމަ އެގާރައިގައި ހިމަނައިފަ އެވެ.

މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ފެހެންދޫގެ އަހުމަދު ނިޒާމް (ނިޒާމްބެ) އެވެ. މެޗުގެ 14 ވަނަ މިނިޓްގައި އޭރިއާ ބޭރުން ނިޒާމްބެ ފޮނުވާލި ބޯޅަ ތިމަރަފުށީގެ ކީޕަރު އަޑެޓުންޖީ ލޯރެންސް ވަނީ މަތަކޮށްފަ އެވެ. އޭގެ މިނިޓެއް ފަހުން ތިމަރަފުށީގެ އަހުމަދު ހައިލަމް އޭރިއާ ތެރެއިން ހުސްކޮށް އަރާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު އިބްރާހިމް ޒަޔާން އަތަށެވެ.

ތިމަރަފުއްޓަށް ލީޑުނަގައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މެޗުގެ 30 ވަނަ މިނިޓްގައި އެ ޓީމުގެ އަބްދުﷲ ޒިޔާން އަށެވެ. އޭރިއާ ތެރެއިން އޭނާ އަށް ލިބުނު ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނީ ކޮންޓްރޯލްކުރަން ޖައްސާލި ބޯޅަ ބާރުވުމުން އެންމެ ރަނގަޅަށް ފޮނުވާނުލެވިގެންނެވެ.

ތިމަރަފުއްޓަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ މެޗުގެ 34 ވަނަ މިނިޓްގައި ފެހެންދޫ އިން ލީޑުނެގުމެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖެހީ ކުރިން ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކަށް ކުޅުނު ނިޒާމްބެ އެވެ. އޭރިއާ ތެރެއިން ނިޒާމްބެ އަށް ލިބުނު ބޯޅަ އޭނާ ވަނީ ކީޕަރު އަޑެޓުންޖީ އަތްމަތިން ގޯލުގެ ދުރުކަނަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގައި ތިމަރަފުށިން ކުރިއަށް ޖެހިގެން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރި އެވެ. ތިމަރަފުއްޓަށް ނަތީޖާ ހަމަހަމަކޮށްދޭން މެޗުގެ 85 ވަނަ މިނިޓްގައި އަލީ އިލްމާން އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެފައި އިލްމާން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެ ފަހުން ވެސް ނަތީޖާ ހަމަހަމަ ކުރަން ތިމަރަފުށިން ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ.

ތިމަރަފުށީގެ މެނޭޖަރު އިބްރާހިމް ސަނާހު ބުނީ ތިިން ޕޮއިންޓް ނުލިބުނީ ފެހެންދު އިން ވަރަށް އޮގަނައިޒް ޑިފެންސިވް ކުޅުމެއް ކުޅެ ލިބުނު ފުރުސަތުގެ ބޭނުން ހިފުމުން ކަމަށެވެ. އަދި މި މެޗުން ތިމަރަފުއްޓަށް ޕޮއިންޓެއް ވެސް ނުލިބިދިޔައީ ނަސީބުގެ އެހީ ވެސް ނުލިބުމުން ކަމަށް ވެސް ބުންޏެވެ.

މި މެޗުގެ ތެރެއިން ތިމަރަފުށީގެ ބެންޗުން ވަނީ ރެފްރީގެ ނިންމުންތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސަނާހު ބުނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކުން ވެސް ރެފްރީންގެ ޝަކުވާކުރާ ކަމަށާއި ފެނިގެންދަނީ އެކަމަށް އެއްވެސް ވަރެއްގެ ހައްލެއް ނުލިބި އޮތްތަން ކަމަށެވެ.

ފެހެންދޫ ކުޅޭ ކޮންމެ މެޗަކަށް ވެސް އެ ޓީމަށް ހިތްވަރުދޭން ސަޕޯޓަރުންވަދެ ދަނޑުގައި ފޯރިނަގައި ހަދަ އެވެ. މި މެޗުގައި ވެސް އެކަން ފެނިގެންދިޔަ އެވެ. މެޗަށް ފަހު ފެހެންދޫ ޓީމުގެ މެނޭޖަރު މޫސާ ނަސީމް ބުނީ ދެ ޓީމުން ވެސް ވަރަށް މޮޅަށް ކުޅުނު ކަމަށާއި ފެހެންދު އަށް ލިބުނު މޮޅަކީ ކުޅުންތެރިން އެކުގައި ކުރި ހިތްވަރުން ލިބުނު މޮޅެއް ކަމަށާއި އެ ކަމަށްޓަކައި މުޅި ޓީމަށް ޝުކުރުއަދާކުރާކަމަށެވެ.

އޭނާ ވަނީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ޓީމުތަކުން އަތޮޅުތަކުން އައި ޓީމުތަކަށް ދޭން ޖެހޭ އިހުތިރާމް އަދާކުރުމަށް އެދިފަ އެވެ. އަދި ކޮންމެ ޓީމަކުން ވެސް ކުޅޭނީ އެ ޓީމަކަށް އެންމެ ރަނގަޅު ގޮތަކަށް މޮޅުވުމަށް ކަމަށާއި އެކަން ބަލައިގަންނަން ޖެހޭ ކަމަށް ބުންޏެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި މާޒިޔާ ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ. އަދި މާދަމާރޭ ނިއު ރޭޑިއަންޓް ބަދައްލުކުރާނީ ށ. ފޯކައިދޫއާ އެވެ.

2 ކޮމެންޓް, 6 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 17%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާރީ

17 July 2018

ވަންލީވެސް ފުރާގެން ދިޔައީ އެފްއޭއެމްގެ ދޯޅަހި ސިޔާސަތުގެ ސަބަބުން

The name is already taken The name is available. Register?

މުންކޮ ލިވަރޕޫލް

17 July 2018

މަރުހަބާ ފެހެންދޫ އަދި މަ ބްރޯ ޝާހީން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454