އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ސޮނޭވާ ޓީމު.--އިންޓަ ރިސޯޓް ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ހޯދި ސޮނޭވާ ޓީމު.--
21 ޖުލައި 2018 - 08:31
އާލާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޒޯން ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފަހު ޖާގަ ގްރޭންޑްޕާކް ކޮއްދިއްޕަރުން ހޯދިއިރު، މުބާރާތުގެ ތިން ވަނަ ސޮނޭވާފުއްޓަށް ލިބިއްޖެ އެވެ.
އިއްޔެ ސޮނޭވާގައި ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި އެ ޓީމުގެ މައްޗަށް ކޮއްދިއްޕަރުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ. އެއީ 25-21، 25-21 އަދި 25-19 އިން ސެޓުތައް ގެންގޮސްގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުހައްމަދު ޝަރަފްގެ ކޯޗުކަމުގައި ކުޅޭ ކޮއްދިއްޕަރުގެ ލަހިރް އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ދެ ވަނަ ހޯދި ސޮނޭވާ ޓީމުގައި މި ފަހަރު އެހާ ވަރުގަދަ ޓީމެއް ނެތެވެ. އިބްރާހިމް ރަޝީދު (ސަތޯ)ގެ އިރުޝާދުގެ ދަށުން ކުޅޭ ސޮނޭވާ ވަނީ ފުރަތަމަ ސެމީ ގައި މުބާރާތުގައި އެންމެ ވަރުގަދަކޮށް އޮތް ބަނޑޮސް އަތުން ބަލިވެފަ އެވެ.
މާދަމާ ކުޅޭ ފައިނަލް މެޗު އޮންނާނީ ބަނޑޮހުގަ އެވެ. ފައިނަލުގައި ކުޅޭ ކޮއްދިއްޕަރާއި ބަނޑޮސް ވަނީ ޒޯން އެކެއްގައި ވެސް ކުޅެފަ އެވެ. އެ ފަހަރު މޮޅުވީ ބަނޑޮހެވެ. ރާއްޖޭގައި ތިބި އެންމެ މޮޅު ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) އާއި އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) ކުޅެނީ ބަނޑޮސް ޓީމަށެވެ. އަދި އެ ޓީމުގެ ކޯޗަކީ މުހައްމަދު ސާޖިދު (ކާއްޓެ) އެވެ.
ރިސޯޓްތަކުގެ މެދުގައި ކުޅޭ ވޮލީބޯޅަ މުބާރާތަކީ ވޮލީ ކުޅުންތެރިން އުފެދުމުގައި އެންމެ ބޮޑު ހިއްސާއެއް އޮންނަ މުބާރާތެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ގައުމީ ވޮލީބޯޅަ ޓީމުގެ ކިތަންމެ ގިނަ ކުޅުންތެރިންނަކަށް ވެސް އެއް ޓީމަށް ކުޅުމުގެ ފުރުސަތު އޮވެ އެވެ. އެކަމަކު މިދިޔަ ފަހަރުގެ މުބާރާތް ކުޅުނީ ގަވާއިދަށް ބަދަލު ގެެނެސްގެންނެވެ. އެއީ ކޮންމެ ޓީމަކަށް ވެސް ގިނަ ވެގެން ކުޅެވޭނީ ގައުމީ ޓީމުގެ ދެ ކުޅުންތެރިން ކަމަށް ބަދަލުކޮށްގެންނެވެ. މި ބަދަލާ އެކު ފެނިގެންދިޔައީ މުބާރާތުގެ ފޯރިގަދަވެ، ވާދަވެރިކަން ބޮޑުވެގެންދިޔަ ތަނެވެ. އެހެން ނަމަވެސް މި ފަހަރުގެ މުބާރާތްތަކުގެ އިންތިޒާމް ފުރިހަަމައެއް ނޫން ކަަމަށް ބުނެ ބައެއް ޓީމުތަކުން ވަނީ ފާޑުކިޔައިފަ އެވެ.
އެންމެ ފަހުގެ ޒޯން ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން އަނަންތަރާ ކިހާވަށް ވިލާސް މި ފަހަރުގެ މުބާރާތުގައި ނުކުޅެ އެވެ. އަނަންތަރާ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ ސޮނޭވާ ބަލިކުރުމަށް ފަހު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަމާ
22 July 2018
ވާއޯ! މައި ހަޒް އިޒް ސޯ ހޭންޑްސަމް! އޯ މައި ގޯޝް!