އައްޑޫ އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ): މި ސަރަހައްދުން ވެސް ބިން ކުއްޔަށް ދިނުމަށް ވަނީ ނިންމާފައި
25 ޖުލައި 2018 - 15:11
ވިޔަފާރީގެ ބޭނުންތަކަށް އައްޑޫން 64 ބިމެއް ކުއްޔަށް ކުއްޔަށް ދޫކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އައްޑޫގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން ވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ބިން ދޫކުރާނެ ކަމަށެވެ. އެކަމަކު، އެކި ރަށްތަކުން ބިން ދޫކުރަނީ އެކި އަދަދަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން، ފޭދޫން އެކަނި ވެސް 25 ބިން ކުއްޔަށް ދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބިން ކުއްޔަށް ދިނުމުގައި، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށް އިސްކަންދޭނެ އެވެ. އެކަމަކު އެ ފުރުސަތު ހުރިހާ ވިޔަފާރިވެރިންނަށް ވެސް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫން ބިން ކުއްޔަށް ދޭން ނިންމާފައި ވަނީ އެކި ސަރަހައްދުތަކުން އެކި އަގަށެވެ. އެގޮތުން، ބަނދަރު ސަރަހައްދުން އަކަފޫޓަކަށް ތިން ރުފިޔާ ނަގާއިރު، ލިންކު ރޯޑު ފަދަ ބޮޑެތި މަގުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 2.6 ރުފިޔާ އަށެވެ. އަދި އިކްއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ)ގައި ހަދަމުން އަންނަ ހޮސްޕިޓަލް ހިމެނޭ ސަރަހައްދުން އަކަފޫޓަކަށް 2.2 ރުފިޔާ ނަގާއިރު މީހުން ދިިރިއުޅޭ އެހެން ސަރަހައްދުތަކުން ބިން ކުއްޔަށް ދެނީ އަކަފޫޓަކަށް 1.8 ރުފިޔާގެ މަގުންނެވެ.
މުއިއްޒު ވިދާޅުވީ ބިން ކުއްޔަށް ދޭ އަގު ކަނޑައަޅާފައި ވަނީ އެ ބިމުގެ ވެލިއުއަށް ބަލާފައި ކަމަށެވެ.
"މިސާލަކަށް ބަލާކަމުގައިވާ ނަމަ، ކޮންމެ ރަށެއްގައި ވެސް އެންމެ އަގު ބޮޑު ވާނީ ބަނދަރު ސަރަހައްދުގައިވާ ބިންތައް. އެއީ އެ ތަންތަނުގައި ހިންގާ ވިޔަފާރިތަކަށް ވެސް ވާ ފައިދާ ބޮޑުވީމާ. އެހެންވީމާ، ބިން ވެލިއު ކުރުމުގައި، އެ ތަނުގައި މީހުން ދިރިއުޅޭ މިންވަރާއި ވިޔަފާރިވާނެ ވަރަށް ބަލާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، އައްޑޫން ބިން ހޯދުމަށް ވަރަށް ގިނަ ވިޔަފާރިވެރިން އަންނަނީ އެދެމުންނެވެ. އެހެންވެ، މި ފުރުސަތު ވާނީ ނުސީދާ ގޮތުން ވެސް އައްޑޫ އަށް ބޮޑު ފައިދާއެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ބިން ހޯދުމަށް އެދި ހުށަހަޅަން ޖެހެނީ އައްޑޫގައި ހުންނަ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނޑުކޮސް
26 July 2018
ހެހެހެހެ... ހިނި އަންނަނީ. މުއިއްޒުމެން އައްޑޫވެގެން ހާދަވަރަކަށް ތިއުޅުއްވަނީ؟؟ މުޅި އައްޑޫ އެއްކޮށް ވިޔަފާރި ބިންތަކަކަށް ހެދިޔަސް އައްޑޫއިން މުއިއްޒުމެނަށް ލިބޭނީ %15 ވޯޓު..
މަދޮށި
26 July 2018
އައްޑޫއިން މީހުންބާލާފަ އިންޑަސްޓްރިއަލް ޒޯނަކަށް ކޯލިޝަން ސަރުކާރުން ހަދާނަން.އޭރުން ޤައުމަށް ކުރިއެރުން ލިބޭނެ
ބެއްޔާ އައްޑޫ
25 July 2018
އިއްޒަތްތެރި މިނިސްޓަރުއެވެ. ރަށް ރަށުގެ ބަނދަރު ތަކާއި މަމެންގެ ހިތަދޫ ބަނދަރު ސަރަހައްދު ވަރަށްވެސް ތަފާތު. މަނިކުފާނުމެން ކައިރީގައި ތިއުޅޭ ކުދިވެރީންގެ ވިސްނުން ހިނގަނީ އެމީހަކުގެ ޖޯބާ ހިސާބަށް. މިހާރުވެސް ބައްލަވާ ހިތަދޫގައި ފަސް ބަދަވިންގެ ޖަގަހަ، ހަސަންދީދީ ޖަގަހަ، ނަސީމު ޖަގަހަ، ޒުހެއިރު ޖަގަހަ މި ހުޅުވަނީ ވަކި ބޭނުމެއްގައި ކަން އެއްމެނަށް އިނގޭ. ޙޮސްޕިޓަލުން ފެށިގެން ސަހަރާ މަގާއި ދޭތެރޭ ހުރި ޖަގަހަތައް މިއީ. މިފަދަ މީހުން ލައިގެން މަނިކުފާނުމެން ކަށިކުނބުރު ޖަންގައްޔަކަށް ވައްދާފައި މިމީހުން ބަޗާނެ. މަމެން މިތިބީ މަނޒަރު ބަލަން
ހަޑިގިއްލާ
25 July 2018
ތިފޮޓޯ ފެނިފަ މަހީކުރީ ސްވިޒްލަންޑު ކަމަށް! އަންނިއަށް ދައުރު ހަމަކޮށްލަން ލިބުނުނަމަ ދޯ!
ރަދީފް
25 July 2018
ރިޔާސީ އިންތިހާބާއި ދިމާކޮށް ފެކްޝަން ކުދީންނަށް ބިންތައް ބަހާލަނީ ދޯ.ގޯހެއް ނޫން.ނަމަވެސް ވޯޓުން ސުމެއް.