ކުނި ނައްތާލުމަށް ތިލަފުށީ ފަޅުން 15 ހެކްޓަރުގެ ބޮޑު ބިމެއް ހިއްކާ ނިންމާފައި. ފޮޓޯ: އެންވަޔަރްމަންޓް މިނިސްޓްރީ
26 ޖުލައި 2018 - 12:59
ކުނި ނައްތާލުމުގެ މަސައްކަތަށް ތިލަފުށީ ފަޅުން 15 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތިލަފުއްޓަކީ ރައްކާތެރި، ސާފު، ދިރިއުޅެވޭނެ ފަދަ މާހައުލަކަށް ހެދުމަށްޓަކައި ކުނި މެނޭޖްކުރުމުގެ 158 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް މިހާރު ފަށާފައިވާ ކަމަށެވެ. ހިއްކާ ނިންމީ މި ޕްރޮޖެކްޓަށް ބޭނުންވާ 15 ހެކްޓަރުގެ ބިމެވެ.
ތިލަފުށީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީން ފެށީ މިދިޔަ އޭޕްރިލް މަހުގެ ފަހުކޮޅު އެވެ. އެ މަޝްރޫއުގެ ދަށުން ރައްކާތެރިކަމާ އެކު ކުނި ނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 240 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ އެވެ. މި ބޮޑު މަޝްރޫއަށް ސަރުކާރުގެ ބަޖެޓުން 105 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރްމަންޓް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ކުރިން ބުނި ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ ތިލަފުށީގައި ކުނި އެންދުން މި އަހަރުގެ ތެރޭގައި ހުއްޓައިލުމަށެވެ. އެ ގޮތުން ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ އެ މަސައްކަތް ނިމުމުން، ދުވާލަކު 500 ޓަނުގެ ކުނި ނައްތައިލެވޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ތިލަފުށީގައި ކުނީގެ މައްސަލަ ހައްލުކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ސަރުކާރުން ވަނީ ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
26 July 2018
މިސަރުކާރު އައިފަހުން މިރާއްޖެތެރެވެސް ތަރައްގީމިވަނީ.
މައިކާލޯ
26 July 2018
ތިލަފުއްޓަކީ ސާފު ދިރިއުޅުމަށް ރައްކާތެރި ތަނަކަށް ހެދުމަށޯ.. ތިލަފުއްޓަކީ މީހުން ތިރިއުޅޭ ރަށެއްތަ؟
ހީވާ
27 July 2018
ތިލަފުއްޓާ ބެހޭ ގޮތުން އެއްޗެއް ނޭގޭ މީހަކު ކޮށްފައިވާ ކޮމެންޓެއް މީ
މަރޭމިތުރާ
26 July 2018
[[ހިއްކާހިއްކާހެން ރަށްތައް ވިއްކާއެލަނީ! ވިއްކާވިއްކައިގެން އެކިޖީބައް ކަޓްއަޅަނީ!]]