އެސްޓީއޯ އިން ތެޔޮ އިމްޕޯޓްކުރަން ބޭނުންކުރާ ތެޔޮ ޓޭންކަރު: އެސްޓީއޯގެ އެންމެ ބޮޑު ވިޔަފާރިއަކީ ތެލުގެ ވިޔަފާރި.
30 ޖުލައި 2018 - 15:48
އެސްޓީއޯއަށް މިދިޔަ ކުއާޓަރުގައި 47 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.
މިދިޔަ ކުއާޓަރުގައި ވިޔަފާރިކުރުމަށް އެ ކުންފުނިން 1.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އަދި އެ ވިޔަފާރިން ޖުމްލަ ފައިދާގެ ގޮތުގައި 295.1 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ކުއާޓަރުގައި ހިނގި ހަރަދުތައް ކެނޑުމުން ހިންގުމުގެ ފައިދާގެ ގޮތުގައި 93.4 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން ފައިދާގެ ގޮތުގައި 55.2 މިލިއަން ރުފިޔާ އެސްޓީއޯއަށް ލިބިފައިވެ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ކުރި ވިޔަފާރީގެ ފައިދާ އިން ޓެކްސްއަށް 7.9 މިލިއަން ރުފިޔާ ކެނޑުމުން، 47.2 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު މީހާ
31 July 2018
އެސްޓީއޯ އަކީ ހަގީގަތުގައި ވެސް ރައްޔިތުންނަށް ވަރަށް ބޭނުންތެރި ކުންފުޏެއް ، މިއަދު 2.2 ބިލިއަން ރުފިޔާގެ ވިޔަފާރި ކޮށް އަދި އޭގެން 47 ވަރަކަށް މިލިޔަށް ރުފިޔާ ފައިދާ ވުމަކީ އެއްވެސް މައްސަލަ އެއް ނޫން ، އެމްޑީޕީ ވެރިކަމުގަ ކޮންޓްރޯލް ނުކުރެވުނު ، ރޯދަމަހުގެ އަގުތައް އެސްޓީއޯ އިން ކުޑަކޮއްދީފި ، ރަށް ރަށުގެ ކަރަންޓްފީ މާލެ އެކޭ އެއް އަގެއްގައި ދެވެނީ އެސްޓީއޯ އިން ފެނަކަ ވިއްކާ ތެޔޮ އަގު ހެޔޮވުމުގެ ސަބަބުން ،. އެހެން ކަމުން އެސްޓީގެ މުސްތަގުބަލް ފެންނަނީ އެންމެ ގިނަ ދިވެހިންނަށް ވަޒީފާ ދޭ އަދި ކާމިޔާބު ކުންފުންޏެއް ގޮތުގައި .
ނުސާފު
31 July 2018
ސާފު ފައިދާ އަކީ އެއްވެސަ ކޮރަޕްޝަނެއް ނުހިމެނޭފައިދާ. ޢެވަރައް ސާފުބާ؟
މާޑީ
31 July 2018
މުހައްޒަފުންނަށް 2000 ރުފިޔާގެ ބޯނަސް، ވަރަށް ސާފު ފައިދާ މީ.......
ކެކުރިބެ
31 July 2018
ތިލާރިކޮޅު ކޮންމެވެސް މީހަކު އަތުން ޑޮލަރުގަންނަންދީ ގެއްލުވާލާ. މީއާދަކާދަ
އެކޮނަމިސްޓް
31 July 2018
2.2 ބިލިޔަން ރުފިޔާގެ ރެވެނިއު އަކުން 47 މިލިއަން ރުފިޔާ!! ފައިދާއަށް %2!!
ހާދަހުސް
30 July 2018
ހާދަ ކަމެއް ނެތޭ ދޯ... ތި އޮއް ބޮޑު ކުންފުނީގަ
އަބްދުއްލާ
30 July 2018
މި ކުންފުނި ވެސް އެމްޑީޕީ ސަރުކާރުން ބަގުރޫޓް ވުމާހަމަޔަށް ދުެއްވބާލި