ދިރާގުގެ މައި އޮފީސް: އެ ކުންފުންޏަށް މިދިޔަ ކުއާޓަރުގައި ވެސް ބޮޑު ފައިދާއެއް ލިބުނު.
31 ޖުލައި 2018 - 16:22
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް 215.6 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިއްޖެ އެވެ.
އެ ކުންފުނިން މިއަދު އާއްމުކުރި މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ކުއާޓަރުގައި ސާފު ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ މޯބައިލް ޑޭޓާ އާއި ފައިބާ ޓުދަ ހޯމް ސާވިސް އާއި އެންޓަޕްރައިސް ސާވިސް އިން ލިބުނު އާމްދަނީ އިތުރުވުމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ސާފު ފައިދާ ތިން ޕަސެންޓް އިތުރުވެފައި ވެ އެވެ.
ދިރާގުގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ކުއާޓަރުގައި އެ ކުންފުންޏަށް 694.3 މިލިއަން ރުފިޔާ ލިބިފައި ވެ އެވެ. އަދި ހިންގުމުގެ ޚަރަދުގެ ގޮތުގައި މިދިޔަ ކުއާޓަރުގައި 349.6 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެ ކުންފުނިން މިދިޔަ ކުއާޓަރުގައި ޓެކްސްގެ ގޮތުގައި 35.1 މިލިއަން ރުފިޔާ ދައްކާފައި ވެ އެވެ. އަދި ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 2.84ރ. ޖެހިފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ
31 July 2018
500ރ އަށް ސިމެއް ދެން ނުވިކޭނެ. އަގުތައް ދަށް ނުކުރަންޏާ ނަގާނީ އުރީދޫ.
ާއޮކުޓޮޕަސް
31 July 2018
ހިއްސާއަކަށް ރަގަޅު އެއްޗެއްދީބަލަ
ރާއްޖެ
31 July 2018
އަގުތައް ހެޔޮ ކުރާ ވާހަކަ ދައްކާ އިރު މި ކުންފުނީގެ މެޖޯރިޓީ ހިއްސާ އޮތީ "ހެޔޮ" ވެރިކަމުގައި ބޭރަށް ވިއްކާލާފަ. ހެސް ކިޔާފަ ފައިދާ ވަމުން އައި ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާ ވިއްކަން ޖެހޭތޯ؟
ފެލީ
31 July 2018
ތިވަރުންވެސް އިންޓަނެޓުގެ ސުޕީޑުދައްކުރަންވީ
ރަދީފް
31 July 2018
މިހާވަރަށް ފައިދާވާއިރު އަގުތައް ހެޔޮކޮއްލުން އެއީ އުފަލެއްކަމުގަ ދެކޭނަމަ ކިހާ އުފާވެރި.ގުޑް ލަކް ދިރާގް.ވ.ވެދުން
އަބްދުﷲ
31 July 2018
ތިޔަވަރަށް ފައިދާ ނުނަގާ އިންޓަރނެޓްގެ އަގުތައް ހެޔޮކޮށްދެއްވާ؟!!