ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާ. --ފޮޓޯ:އޭއެފްޕީ
20 އޯގަސްޓް 2018 - 23:35
ޕްރިޓޯރިއާ (އޮގަސްޓް 20) - ސައުތު އެފްރިކާގެ ކުރީގެ ރައީސް ޖެކޮބް ޒޫމާގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގު ކުރަން ފަށައިފި އެވެ.
ޕަބްލިކް އިންކްވަޔަރީ ކޮމިޝަނުން ބަލަމުން ދަނީ ސިޔާސީ ނިންމުންތަކުގައި، މުއްސަނދި ގުޕްތާ އާއިލާގެ ނުފޫޒް އޮތީ ކިހާ މިންވަރަކަށްތޯ އެވެ. މިދިޔަ ފެބްރުއަރީ މަހު ޒޫމާ އިސްތިއުފާ ދެއްވުމަށް މަޖްބޫރުވީ ވެސް އޭނާގެ ކޮރަޕްޝަނުގެ މައްސަލަތައް ބޮޑުވުމުންނެވެ.
ކޮމިޝަނުގެ ރައީސް ޑިޕިއުޓީ ޗީފް ޖަސްޓިސް ރޭ ރޮންޑޯ ވަނީ ޒޫމާގެ ކޮރަޕްޝަނާ ބެހޭ ގޮތުން އާއްމުންނަށް އެނގޭ މިންވަރެއް ކޮމިޝަނާ ހިއްސާ ކުރަން އެދިވަޑައިގެންފަ އެވެ.
ތަހުގީގުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ވަޒީރުން އައްޔަން ކުރުމުގައި ގުޕްތާ އާއިލާގެ ނުފޫޒް އޮތް މިންވަރާއި ސަރުކާރުގެ ކޮންޓްރެކްޓްތައް ހޯދުމުގައި އެ އާއިލާގެ ދައުރު އޮތް މިންވަރު ވެސް ބަލާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޞިއަރު
21 August 2018
ރާއްޖޭގައި ތިފިލްމް އެޅުވަން ބާކީ އޮތީ 32 ދުވަސް.