ސަރުކާރުން 143 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާ ދަރުމަވަންތަ ހޮސްޕިޓަލް: ބޮޑެތި ލޯނުތަކާ ހެދި ދައުލަތުގެ ދަނީ އިންތިހާއަށް އިތުރުވަމުން.
04 ސެޕްޓެމްބަރ 2018 - 13:50
ސަރުކާރުން ހިންގާ މަޝްރޫއުތަކަށް ނަގާ ލޯނުތައް މިދިޔަ ދެ އަހަރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާތީ، ކުރިޔަށް އޮތް ދިހަ އަހަރުގެ ތެރޭގައި، ދަރަނި ޖީޑީޕީގެ ނިސްބަތުން 70 ޕަސެންޓަށް އަރާނެ ކަމަށް މޫޑީސް އިންވެސްޓާސް އިން ލަފާކޮށްފި އެވެ.
ދުނިޔޭގެ އެންމެ ބޮޑު ތިން ކްރެޑިޓް ރޭޓިން އެޖެންސީގެ ތެރޭގައި ހިމެނޭ މޫޑީސް އިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް ކްރެޑިޓް ރޭޓިން ދިނީ ސެޕްޓެމްބަރު 2016 ގަ އެވެ. މޫޑީސް އިން ރާއްޖެ އަށް އޭރު ދީފައިވާ "ބީ2"ގެ ރޭޓިން ދަމަހައްޓަން މި އަހަރު ނިންމި ނަމަވެސް "އައުޓްލުކް" ވަނީ މިދިޔަ ޖުލައި މަހު ނެގެޓިވް އަށް ބަދަލުކޮށްފަ އެވެ. ކްރެޑިޓް ރޭޓިން ފުރަތަމަ ދިން އިރު، "އައުޓްލުކް" ހުރީ ޕޮޒިޓިވްގަ އެވެ.
މޫޑީސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ދަރަނި އިތުރުވަމުންދާއިރު، ބީ މައިނަސް ރޭޓިންއަށް ވުރެ މައްޗަށް ހިނގައިދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މޫޑީސް އިން މިހާރު ރާއްޖެއަށް ދީފައި ވަނީ ބީ2 ނެގެޓިވް ރޭޓިން އެކެވެ. އަދި އެއިން ދައްކައިދެނީ ދަރަނި ދެއްކުމުގެ ގާބިލްކަން ލިބި، ޓޫރިޒަމުން ކުރިއެރުން ލިބެމުން އަންނަކަން ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.
މޫޑީސް އިން ބުނެފައި ވަނީ ތަރައްގީގެ މަޝްރޫއުތަކަށް ހޭދަކުރާ މިންވަރު އިތުރުވަމުންދާތީ ބަޖެޓްގެ ކަރަންޓް އެކައުންޓް ޑެފިސިޓްގެ ބޮޑު ބައެއް ހިއްސާކުރާ ކަމަށެވެ.
ސަރުކާރުން ބޮޑު ހަރަދެއްކޮށްގެން ހެދި ރަސްފަންނު ސަރަހައްދު: މަޝްރޫއުތަކަށް ނަގާ ލޯނުތައް އަނބުރާ ދައްކަން ޖެހެމުން ދިމާވާނެ މާލީ ގޮންޖެހުންތައް ބޮޑުވާނެ.
އެ އެޖެންސީން ވަނީ ސަރުކާރުގެ ކްރެޑިޓް އެނަލިސްއެއް ވެސް ނެރެފަ އެވެ. އެގޮތުން ހަތަރު ކެޓަރީއަކުން ހެދި އެނަލިސް އިން އިގްތިސާދީ ހަރުދަނާ ކަމަށް ދީ ފައި ވަނީ "ލޯ (+)" އެވެ. އޭގެ އިތުރުން އެތެރޭގެ ހަމަޖެހުމަށް ދީފައި ވަނީ "ލޯ (+)" އެވެ. އަދި މާލީ މިންގަނޑުތައް ހިފެހެއްޓުމުގެ ގާބިލްކަމަށް ދީފައި ވަނީ "ލޯ (+)" އެވެ. އަދި ކަމެއް މެދުވެރިވެއްޖެ ނަމަ ދިމާވެދާނެ ނަތީޖާ އަށް ދީފައި ވަނީ މޮޑަރޭޓް (+) އެވެ.
މޫޑީސް އިން ބުނީ އަލަށް ނެރުނު ރިޕޯޓަކީ އިންވެސްޓަރުންނަށް އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން ނެރުނު ރިޕޯޓެއް ކަމަށެވެ. އަދި އެއީ ރޭޓިންއާ ގުޅުން ހުރި އެއްޗެއް ނޫން ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.
އެ އެޖެންސީން މިދިޔަ ޖުލައި މަހު ނެރުނު ރިޕޯޓުގައި ލަފާކޮށްފައިވާ ގޮތުގައި މިހާރު ވެސް ހިންގާ މަޝްރޫއުތަކަށް ސަރުކާރަށް ފައިސާ ބޭނުން ވެ އެވެ. އަދި ސަރުކާރުން ނަގާފައިވާ ސޮވަރިން ބޮންޑު 2022 ވަނަ އަހަރުގެ ނިޔަލަށް ދައްކަން ޖެހުމުން މި ގޮންޖެހުތައް އިތުރަށް ބޮޑުވާނެ ކަމަށް ވެސް ބުނެފައި ވެ އެވެ.
މޫޑީސް އިން ލަފާކުރާ ގޮތުގައި ގްރޮސް ބޮރޯވިން ނީޑްސް ނުވަތަ އަހަރަކު ދަރަނި ނަގަން ޖެހޭ މިންވަރު 2019 ވަނަ އަހަރުން ފެށިގެން ޑީޖީޕީގެ 8.3 ޕަސެންޓަށް އަރާނެ އެވެ. މިދިޔަ އަހަރު އެ މިންވަރު ހުރީ 7.1 ޕަސެންޓްގަ އެވެ. އަދި އެ މިންވަރުގައި 2022 ވަނަ އަހަރާ ހަމައަށް ހުންނަން ޖެހުނު ނަމަވެސް، ސޮވަރިން ބޮންޑް ދައްކަން ޖެހުމުން ޑީޖީޕީގެ 9.1 ޕަސެންޓަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މޫޑީސް އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަޖީތު
05 September 2018
މިއީ ކުރިއަށް ހުރި އެތައް ޖީލުތަކެއްގެ ބޮލުގައި އެޅޭ ދަރަންޏެއް. ގައުމުގެ ތަރައްގީއަށް އޮތް ބޮޑު ހުރަހެއް މިއީ. މުސްތަގުބަލުގައި ލޯނެއް ދޭނެ ބަޔަކު ނުވާނެ. އެކަމަކު މާ މޮޅު އިކޮނޮމިސްޓެކޯ މިހިރީ!
ރަންދެލި
05 September 2018
ޖީޑީޕީ ގެ ވާހަކަ މީ ހާދަހާ ބާރަށް ކިޔާ ވާހަކަ އެކެވެ. ޖީޑީޕީ މައްޗަށް ދާ ވަރަކަށް ރައްޔިތު މީހާ ގެ ފުދުން ތެރިކަން ދަށަށް ދާގޮތެް ކިޔާ ދޭނެ އިކޮނޮމިސްޓަކު އެބަހުރި ހެއްޔެވެ؟
ޑެބްޓް ސައިކަލް
05 September 2018
ދިވެހިންގެ ގިނަ މީހުންނަށް އިގްތިސާދު ރަގަޅަށް ނޭންގޭތި ދަރަނީގެ ކަންތަކާއިމެދު ކަންބޮޑުވަނީ. ދަރަނި ނަގައިގެން ހުޅަނގުގެ އެންމެ ކުރިއަރާފައިވާ ގައުމުތައްވެސް ތަރައްގީ ކޮއްފައި ވަނީ. ދަރަނި އާއި އެއްވަރަށް ނުވަތަ ދަރަނީގެ އިންޓަރެސްޓް ރޭޓަށް ވުރެ އިތުރަށް އާމްދަނީ އިތުރުވާނަމަ އެއީ ކަންބޮޑުވާންވީ ކަމެއްނޫން. ދިވެހިންގެ ގިނަ މީހުންނަށް މިރައީސް އަސްލު އިނގޭނަމަ ސަޕޯޓް ކުރާނެ. ދެން މިކަހަލަ ބުއްދިވެރި ރައީސްއެއް ނުލިބޭނެ.
އަޖީތު
05 September 2018
އާމްދަނީގެ ނިސްބަތުން ކެތް ނުވާވަރަށް ދަރަނި ނެގި ގައުމުތަކަށް ވީ ގޮތް އިގޭތަ؟ ގްރީސް، މޮރިޓޭނިއާ، ސައިޕްރަސް، ބޫޓާން، މޮޒަމްބީކް، ގެމްބިއާ، ބެލާރުސް؟ ހަމަ އެންމެ ސިނާއަތެއްގެ މައްޗަށް އިގްތިސޯދު ބިނާވެފައި އޮތް ގައުމެއްގައި މިއީ ވަރަށް ނުރައްކާތެރި ކަމެއް.
ޑެޓް ކާރު
05 September 2018
ކޮއިފުޅާ އަޖީތުގެ ބަސް އަހާބަލަ.
ޓޮނޭ
05 September 2018
ކަމެއް ކޮށްފާނެތީ ބިރުން މަޖިލީހުން ފާސްކޮށްގެން ނޫނީ ލޯނު ނުނެގޭގޮތް ކުރިން ހެދިއެވެ. ދެން މިހާރު މިކިޔަނީ އޭރު ކަމެއް ނުކުރެވުނު ވާހަކައެވެ. އޭގެފަހުން މިވަނީ އަނެއްކާވެސް ދޮންކަޅުވެސް އަންގާނުލާ ހިތުހުރިވަރަކަށް ލޯނު ނެގޭގޮތަށް މަގުފަހިކޮށްފައެވެ. ދެން އަނެއްކާ އަންނަ ބަޔަކަށްވެސް ކަމެއް ނުކުރެވޭ ހިސާބަށް ދަރަނިން ސަލާމަތް ނުވެވިގެން އުޅެންޖެހޭ ހިސާބަށް ދާނެއެވެ. ކުރިން ގާނޫނަށް އެގެނައި ބަދަލު މިހާރުވީ ފަސޭހައިން ބަދަލު ނުކުރެވޭގޮތަށް ޤާނޫނު އަސާސީގައި ހިމަނަންހެން ހީވެއެވެ. އާމްދަނީގެ ވަކި ނިސްބަތަކަށްވުރެ އިތުރަށް ލޯނު ނުނެގޭތަށް އޭގައި ލިޔަންވީހެން ހީވެއެވެ.
އުނބުށެން
05 September 2018
އަޑުއިވޭގޮތަށް އަވަށްޓެރި ލަންކާއަށް ޖެހިފައިވާ ހާލު މިރާއްޖެއަށް ޖެހިދާނެތީ ކަންބޮޑުވެއެވެ. މިދާގޮތަށް ގޮސްފިއްޔާ އެދުވަސް ދެކެން ޖެހޭނެކަން ޔަގީނެވެ. ދެން މިރާއްޖޭގައި ރީތިގޮތުގައި އެއްވެސް މީހަކަށް ވެރިކަމެއް ނުކުރެވޭނެއެވެ. އަބަދުވެސް ލިބޭ އެއްޗަކާއި ނަގާލޯނުވެސް ހޭދަކުރަންޖެހޭނީ ދަރަނި އަދާކުރާށެވެ. ދެން ރައްޔިތުން ބޭނުންވާ ކަންކަން ނުވީމާ މިކަންކަން އޯކޭވެގެން ތިބި މީހުން އެދުވަހުން ބުނާނީ އެދުވަހުން ވެރިކަމުގައި ތިބި ބަޔަކަށް ވެރިކަން ކުރަން ނޭނގެނީ ކަމުގައެވެ. އެދުވަސް މިގައުމަށް ނުދައްކަވާށިއެވެ. އާމީން.
ޔަސް
04 September 2018
ފުޅި ބައްތި އަކާ 2 ބޮއްކުރާ އިން ފުދޭނެ ޖަޒީރާގައި ދަރަނި ނާރާނެ
އަލިފް
04 September 2018
ދަރަނި ނަގާފައޮތް ވަރު އެނގޭބަޔަކު ނެތެވެ. އެކަމު ރައީސް އަށް އެނގެއެވެ. ހާމަ ކޮށްދޭށެވެ.
ރޯނުއެދުރުން
04 September 2018
ހުސް އިކޮނުމިސްޓުން.. މަހުވާ މިބުނީ މިމީހުން ކޮމެންޓު ކުރާއިރު ނޭގޭއެއްކަމެސްނޯވޭ.. ވަރިހަމަ ރާނާ ސިމެންތިޖަހަންވެސް.
ސައިނީ
05 September 2018
މުޅިންވެސް ހުރީ ހިލޭ ލިބުނު ދަރަނި ހާސްނުވޭ
ދެންއަތްޖަހަގަ
04 September 2018
ޝުކުރިއްޔާ ރައީސް. މީ މިބުނާ ތަރައްގީ އަކީ. ދަރާ ވިކުން. މާނަކުރީމަ އިންނާނީ ތަރައްގީ. ދެންވީ ވޯޓު ދޭން އަނެއް 5 އަހަރަށް
ނަސީރާ
04 September 2018
އަދިވެސް އިތުރު ބޮންޑް އިޝޫ ކުރޭ. ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓް ނޫނީ ގަވަމަންޓް ސެކިއުރިޓީސް މާކެޓް ޑިވެލޮޕްމަންޓޭ ކިޔައިގެން.
ހައިއްޓެ
04 September 2018
ދަރަނި އިތުރުވުމަކީ އެކަން ރަނަގޅު ގޮތުގަ މެނޭޖްކުރަން އެނގިއްޖެއްޔާ މައްސަލަ އެއް ނޫން. މިވަގުތު ރާއްޖޭގެ ދަރަނީގެ ނިސްބަތް މަތިވެފަ ވަނީ ސަރުކާރުން ހިންގާ ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ ސަބަބުން . އެ މަޝްރޫޢު ތަކަކީ މިހާރުން މިހާރަށް ކުރަންޖެހިފަ ހުރި ކަންތައް ތަކެއް. އެކަންތައް މެނޭޖު ކުރުމުގެ ޤާބިލްކަން ދިވެހިސަރުކާރުގަ އެބަހުރި. ރައީސް ޔާމިންއަކީ މި ކަންތައްތަކާ އެކު ޤައުމުގެ މިސްރާބު ކުރިޔަށް ގެންދެވޭނެފަދަ ޤާބިލް ވެރިއެއް. ވީމާ އެކަން ޙައްލު ކުރެވޭނެކަން ޔަގީންކަން އޮވޭ
ބާރޑީނަމްނަމް
04 September 2018
ދަރަނި ދައްކަނީ ކިހިނެތް ހުރިހައި ރަށެއް ފަޅެއް ވިއްކާލާފައި ފައިސާކޮޅު ފޮރުވީމައި؟
ޖިމީ
04 September 2018
ދަރަނި އިތުރުވުމަކީ މައްސަލައެއްނޫން ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރިނަމަ. ނަމަވެސް މިސަރުކާރުން ދަރަނި ނަގައިގެން ހިންގަމުންދާ ބިޔަބޮޑު މަޝްރޫއުތަކުގެ އިކޮނޮމިކް ގްރޯތް އިންމްޕެކްޓް އެސެސްމަންޓް ހެދިފައިހުރީ ކިހާވަރަކަށްބާ؟ ދަރަނި މެނޭޖްކުރުމުގެ ގާބިލްކަން ހުރިނަމަ އައިއެމްއެފް / ވަރލްޑް ބޭންކް ފަދަ ތަންތަނުން “ހައި ރިސްކް އޮފް އެކްސްޓަރނަލް ޑެޓް ޑިސްޓްރެސް” ގެ ގޮތުގައި ރާއްޖޭގެ ދަރަނި ކްލެސިފައިއެއް ނުކުރީސް.
ހަގީޤަތް
04 September 2018
ޢިންޝާﷲ
ޖިމީ ގެޓް އަޕްޑޭޓަޑް
04 September 2018
އިކޮނޮމިކް ގްރޯތް އިމްޕެކްޓް އެސެސްމެންޓް ހަދާފަ ކަންކަން ކުރަން މިސަރުކާރުން ނިންމަނީ. މިއީ ތި ހީކުރާ ކަހަލަ ދޯހަޅި ތާކުން ތާކު ނުޖެހޭ ސަރުކާރެއްނޫން. މިއަހަރު ތެރޭ އިހަކަށް ދުވަހު ވޯލްޑް ބޭންކުން މަންދޫބަކު އިތުރު އެތައް މިލިއަން ޑޮލަރެއްގެ އެހީ އާއިއެކު ރާއްޖެ ވަޑައިގެން ފިނޭންސް މިނިސްޓަރާއި ބައްދަލުކޮށް މިސަރުކާރުން ކުރާ ތަރައްގީގެ ކަންކަމަށް ތައުރީފް ކޮއްފަ ވާހަކަ ދެއްކީ. ﷲ ގަންދީ ހުވާ ކޮއްފަ މިބުނީ އަޅުގަނޑު އެހަބަރުކީ ހަމަ މި ނޫހުން. އަދި ވޯލްޑް ބޭންކުން ދޭ އެހީ ތަކުގެ ބޭނުން މިސަރުކާރު ތަރައްގީގެ މަޝްރޫއު ތަކަށް ހޭދަ ކުރަނީ ރަގަޅު ގޮތުގައިކަން ފާހަގަކޮށް އަދި އެބޭންކުން ރާއްޖެއަށް ކުރާ އިތުބާރުވަނީ ބޮޑުވެފަ ކަމާއި ވޯލްޑް ބޭންކުން ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއަށް މިފަދަ އިތުރު އެހީތައް ވާނަމޭ ލިޔެފައި އޮތްތަން ދުށިން. އަދި ފިނޭންސް މިނިސްޓަރު ވިދާޅުވި މިއެހީގެ ފާއިސާތައް ހޭދަ ކުރާނީ ރަށްރަށުގެ ތަރައްގީއަށާއި ނަރުދަމާ ނިޒާމްގެ މަޝްރޫއުތަކަށް ކަން.
ޖަޒީރާ ޢަލީ
05 September 2018
ދަރަނިވެސް ދެއްކޭނީ ވައްކަން ނުކޮށް ރައްޔިތުންގެ ބައިތުލްމާލަށް ތެދުވެރި ވެރިއަކު ހުރެގެން. ޤާބިލްކަން ނެތިގެންތަ ވައްކަން ކުރާ މީހުން ވައްކަން ކުރަނީ؟