މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި ބަޔަކު ބައިވެރިވަނީ. --ފޮޓޯ:އޭޕީ
06 އޯގަސްޓް 2016 - 21:29
ސައޫދީ އަރަބިއްޔާ ސަރުކާރުން ރާއްޖެ އަށް މި އަހަރަށް ދިން 2،000 މީހުންގެ ކޯޓާގެ ތެރެއިން 1،000 ކޯޓާ ނުލިބިދާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ހަމަޖެހި މި އަހަރު 2،000 މީހުންނަށް ހައްޖަށް ދެވޭ ގޮތް ހަމަޖެހިއްޖެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ޖުމްލަ 2،000 މީހުންގެ ކޯޓާ ރާއްޖެ އަށް ހަމަޖެހިފައިވާކަން ސައުދީގައި ހުންނަ ދިވެހި އެމްބަސީ އަށް ވަނީ އަންގާފަ އެވެ. އަދި ހަމަޖެހިފައިވާ އުސޫލުގެ ދަށުން އިސްލާމިކް މިނިސްޓްރީން މި ހަފުތާގައި ހައްޖު ޖަމާއަތްކަކަށް ކޯޓާ ދޫކުރަމުން ދާނެ ކަމަށް ވެ އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވެސް ވިދާޅުވީ މި އަހަރު ރާއްޖޭން 2،000 މީހުން ހައްޖަށް ދާނެ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އެންމެ ފަހު ވަގުތު ކޯޓާ މި ހަމަޖެހުނީ މި މައްސަލައިގައި ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނު ސަމްލާން ބިން އަބްދުލް އަޒީޒް އާލް ސައުދަށް ފޮނުއްވި ސިޓީފުޅަކާ ގުޅިގެންނެވެ.
ހައްޖު ކޯޕަރޭޝަނާއި އަމިއްލަ ފަސް ކުންފުންޏަކަށް 2،000 މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ވަނީ ދީފަ އެވެ. އެކަމަކު އޭގެ ތެރެއިން ކުރިން ރާއްޖެ އަށް ކަށަވަރުވެފައި އޮތީ 1،000 ޖާގަ އެވެ. ބާކީ 1،000 ޖާގަ ހަމަނުޖެހި، ގިނަ ބަޔަކަށް ހައްޖަށް ނުދެވިދާނެ ކަމުގެ ބިރު މިދިޔަ ހަފުތާގައި އުފެދުނެވެ.
ރާއްޖޭން ހައްޖަށް ދާ މީހުން މި މަހު 15 އިން ފެށިގެން ފުރަން ހަމަޖައްސާފައިވާ އިރު އެޑްވާންސް ޓީމުތައް އަންނަ ހަފުތާގައި ފުރަން ފަށާނެ އެވެ. އެޑްވާންސް ޓީމުތައް ވިސާ ޖަހަނީ، އެނގިފައިވާ ގޮތުގައި، ލަންކާގައި ހުންނަ ސައުދީ އެމްބަސީ މެދުވެރިކޮށެވެ. ހައްޖާޖީންގެ ވިސާ ޖަހައިދިނުމަށް ސައޫދީ އަރަބިއްޔާ އިން ޓީމެއް މާލެ އަންނަ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
07 August 2016
ދެން މިކަމާ މިރުޅިއައީ ކޮންމައެއް. ތިމާމެންގެ ސަރުކާރުގައި 2000 މީހުންހައްޖަށް ދިއުމުގެ ފުރުސަތު ނުލިބުމުން.
ތުއްތޮންބެ
07 August 2016
ތިޔައީ ކުރިންވެސް ހަމަޖެހިފަ އޮތް އަދަދު. ފަހުވަގުތާޖެހެންދެން ވާނުވާ އެއްގަ އިސްލާމިކް މިނިސްޓްރީ އިން ރައްޔިތުން ބޭތިއްބީ ސަރުކާރުގެ "ހެޔޮފުޅުކަމާ" ސައޫދީ ރަސްގެފާނުގެ "ހެޔޮފުޅު ކަމަށް" ބަޔަކުލައްވާ ޚުޝާމަދުކުރުވަން. އެކަން ތިޔަ ވީނު.
ދިވެހިންގެ ވަބާ
07 August 2016
ބިރު+ޖާހިލުކަން=ހަސަދަ ވެރިކަމާ ރުޅިވެރިކަން.
ޢަބްދުﷲނާފިޒު
07 August 2016
2000 ޖާގަ ހަމަޖެހުނަސް، ހައްޖު ކޯޕަރޭޝަނުން ނަގަން ހަމަޖެހިފަވާ އަދަދަށް ވުރެ ގިނައިން ފައިސާ ނެގި ފަރާތްތަކާމެދު ގޮތެއް ނިންމާނެ ކަމަށް އުއްމީދުކުރަން، އަނެއްކާ އެކަންތައް ހަނދާން ނައްތާލި ދެއްތޮ.
ހައްޤުބަސް
07 August 2016
ސާބިތު ނުހިފޭ ދޮގު ވާހަކަ ނުފަތުރުއްވާ!! ހައްޖު ކޯޕަރޭޝަނުން އިތުރަށް ނެގި 50 ލާރިއެއްވެސް ނޯންނާ! އެކަން ތިބޭފުޅާ ސާބިތު ކޮށްދެއްވާ!!
އަލީ
07 August 2016
ކޮއްކޯ އެޢީ ކުންފުނިތަކުގެ ވާހަކަ
އިހޫ
07 August 2016
ތިއީ ކޮންތާކުން ހޯދި މަޢުލޫމާތެއް.. އެއްވެސް ހެއްކެއް އެބައޮތްތަ؟ ދައްކާ ވާހަކައެއް ސާބިތުކޮށް ދެވެންވާނެ!
ހަތާ / މެދު ޕްރޮވިންސް
07 August 2016
ޙައްޤުބަސް ކަމަށް ބުނެ ލިޔާފަރާތައް ދަނަންވާލަން: ޢަބުދުއްﷲ ނާފިޒް ބުނެފައިއެވަނީ ޙައްޖު ކޯޕަރޭޝަން އިން އިތުރަށް ފައިސާ ނެގި ވާހަކައެއް ނޫންނެވެ. ނަމަވެސް ޙާއްޖައް މީހުން ގެންދަްން މިފަހަރު ހުއްދަ ދީފައިވާ ބަައެއް އެހެން ކުންފުނިތަކުން އިތުރަށް ފައިސާ ނަގާ ވާހަކައެވެ. ލިޔާއިރު ހަމަ ހޭގައު ހުރުން މުހިންމު އަދި މީހުން ލިޔެފައި ހުންނަ އެއްޗެހި ކުޑަކޮށް ނަމަވެސް ވިސްނުންތެރިކަމާއިއެކު ބަލާލާނަމަ ރަނގަޅުވާނެ.
ޖުހާ
07 March 2017
"ހަތާ / މެދު ޕްރޮވިންސް" އަށް ބުނެލަން އޮތީ މީހުން ކިޔާނީ ލިޔެފައި އޮންނަ ގޮތަށޭ. ކޮމާއާއި ފުލްސްޓޮޕް ހުންނަނީ ބޭނުމަކު. އެބޭނުންކުރީމަ އަނެއް މީހާ ބުނަން އުޅޭއެތި ނުވިސްނިއަސް އެނގޭނެ. މީހަކު އެއްޗެއް އެމީހަކު ބޭނުންގޮތަކަށް ލިޔުނީމަ ދެން އިތުރު މާނައެއް އޮތްތޯ ވިސްނަންވީ ކީއްކުރަން؟ އޮޅޭގޮތަށް ނޫނީ ލިޔަން ނޭންގެންޏާ ކޮމެންޓް ނުކުރީމަ ނިމުނީ. "ހަތާ / މެދު ޕްރޮވިންސް" ތީ ޢަބުދުއްﷲ ނާފިޒްގެ ތަރުޖަމާނުތަ؟
މެންޓަލިސްޓް
07 August 2016
ތިޔަލެއްވީ ވަރަށް ބޮޑުރަހުމަތެއް ، އެހެންނޫނީ އެތައްބަޔަކު ފައިސާދައްކާ ހައްޖަށްނުދެވި ލާރިކޮޅުގެއްލުނީސް ، ﷲ އަށް ހަމްދުކޮށް ޝުކުރުދަންނަވަންވީ ،،،،،
މުހަންމަދު
07 August 2016
ޢަނެއްކާވެސް ދޮގު .... ސަރުކާރުންވަނީ ކޯޓާ ބަހާ ނިމިފައި އަދި ގްރޫޕްތަކުންވަނީ ފައިސާވެސް ނަގާ ނިމިފައި. ދެން އަންނަ ހަފުތާގައި ކޮންކޯޓާއެއް ބަހާވާހަކައެއް.
އަމީތާބު
06 August 2016
މިވާހަކަ ފުރަތަމަ ފެތުރީ ހަވީރު (މިހާރު) އިން. ކޮންމެވެސް ނަން ހާމަ ނުކުރާ އޮފިޝަލަކާ ހަވާލާދީ ލިޔުނީ. އަބުރުގެ ބިލް ފާސްވެފައި އޮތުން ވަރަށް މުހިންމު. އޭރުން މިކަހަލަ އޮޅުންތައް ނޫސްވެރިންގެ އަތުން އެރުން ކުޑަވާނެ....
ޢަބްދުﷲނާފިޒު
07 August 2016
ދޮގު ވާހަކައެއްތަ ފެތުރީ، އެންމެ ފަހުން ދިވެހި ރައްޔިތުންނަށް ޓަކާ ރައީސް ޔާމީނު ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވައިގެން އެކަން އެހަމަ ޖެހުނީ، ދެން އެމަނިކުފާނަށް ޝުކުރުއަދާކޮށްބަލަ ކިހާ ހެޔޮފުޅުތަ، މީ ރައްޔިތުންދެކެ ލޯބިވާ ރައީސްއަކީ، އަޅުގަނޑަށް ފެންނަނީ ދިވެހި އެންމެހާ ރައްޔިތުންވެގެން ބޮޑު ޙަފްލާއެއް ބާއްވައިގެން ނަމަވެސް އެމަނިކުފާނަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަރަކާތެއް ހިންގަން، އހ.
ހަޖަމް
06 August 2016
މި ނޫހަކީ ނޫސްވެރިކަމުގެ އުސޫލުތަކާ ހިލާފަށް ލިޔާ ނޫހެއް. ބުންޏޭ ބުންޏޭ. މުއުތަބަރު ފަރާތަކުން ދިން މަޢުލޫމާތެއް ކިޔަ ކިޔާފަ ސީދާ ފަސާދަ. ދެން މި ކޮމެންޓު ނުޖަހާތި. މިނިވަން މިންވަރު އިގޭނީ އޭރުން.
އަލީ
07 August 2016
ބަލަ. ބުންޏޭބުންޏޭ ނުލިޔަންވެގެން ރަސްމީކޮށް ބަހެއްހޯދަން ދިޔައިމަ ބުނަނީ މައުލޫމާތު ދޭކަށް ބޭނުމެއްނޫނޭ. އަމިއްލަ ކުންފުނިތަކެއްނޫނޭ މީކީ. ރައްޔިތުން ކަންބޮޑުވާހުރިހާކަމެއްގައި ހޯދޭގޮތަކަށް މައުލޫމާތުހޯދައި ފޯރުކޮށްދިނުމުގެ ހައްގު ގާނޫނުއަސާސީން ލިބިދޭ. ކަލޭމެން ހިތްހަމަނުޖެހުނަސް އަތަށްގޮވީ.
ދޮންދީދީ
06 August 2016
މިޔަށް ކިޔަނީ ދެބޯގެރި ދުއްވުން. ސައޫދީގެ އަދި ރައީސްގެ ހެޔޮފުޅުކަމުން.
ޥަލިޔުލްވގ
06 August 2016
ޢަނެއްކާ ލިބުން އެތިޖޮޅުން ވިޔަފާރިކުރައްވާ. ފައިސާދެއްކެވި ހުރިހާބޭފުޅުންނަށް މިފަހަރު ދެވޭގިތް ނުވިނަމަ ރައްޔިތުންނަކީ ކިހާ ބާރެއްހުރިބައެއްކަން އެނގުނީސް