ޑުޓާޓެ އަށް ފާޑުވިދާޅުވާ ޓްރިލާންސް. --ފޮޓޯ:އޭޕީ
05 ސެޕްޓެމްބަރ 2018 - 14:46
މެނީލާ (ސެޕްޓެމްބަރު 5) - ފިލިޕީންސްގައި ފަށާފައިވާ ޑްރަގާ ދެކޮޅު ހަނގުރާމަ އަށް ފާޑުވިދާޅުވަމުން ގެންދަވާ ސެނެޓުގެ މެންބަރު އެންޓޯނިއޯ ޓްރިލާންސް ހައްޔަރު ކުރަން ރައީސް ރޮޑްރިގޯ ޑުޓާޓެ އަންގަވައިފި އެވެ.
އެކަމަކު ސެނެޓުގެ ލީޑަރުން ވަނީ ސެނެޓުގެ ތެރޭގައި ޓްރިލާންސް ހައްޔަރު ކުރުމުގެ ފުރުސަތު ފުލުހުންނަށް ނުދޭނެ ކަމަށް ބުނެފަ އެވެ. އޭނާ މިހާރު ހުންނެވީ ސެނެޓުގެ އިމާރާތުގަ އެވެ. އިދިކޮޅު ބައެއް ފަރާތްތަކާއި ޓްރިލާންސްގެ ސަޕޯޓަރުން ސެނެޓަށް ގޮސް އޭނާ އަށް ވަނީ ހިތްވަރު ދީފަ އެވެ.
ޓްރިލާންސް ވިދާޅުވީ އޭނާ ހައްޔަރު ކުރަން ނެރުނު އަމުރާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާނެ ކަމަށެވެ.
ޑުޓާޓެ އަށް ފާޑު ވިދާޅުވަމުން ގެންދަވާ އެހެން ސެނެޓަރެއް ކަމަށްވާ ލެއިލާ ޑި ލީމާ މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
ޑުޓާޓެ ވެރިކަމަށް ވަޑައިގަތުމަށް ފަހު ފެއްޓެވި ޑްރަގާ ދެކޮޅު ހަނގުރާމައިގައި އެތައް ހާސް ބަޔަކު ވަނީ ޝަރީއަތަކާ ނުލައި މަރައިފަ އެވެ. ޑުޓާޓެގެ ޑްރަގާ ދެކޮޅު ހަނގުރާމަ އަށް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.
ސިފައިންގެ ކުރީގެ އޮފިސަރެއް ކަމަށްވާ ޓްރިލާންސް އަކީ 2016 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުން ފެށިގެން ޑުޓާޓެ އަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުމާރުއ
06 September 2018
އަދި ނިކަމެތީން އަޅުވެތިކުރުމާއި، ޙައްޤަކާނުލައި މީހުންމެރުމުގެ ލައިސަންސް ލިބިފައިވާ އިސްރާއީލުން ޑުޓާޓެ އަށް ޒަމާނީ ހަތިޔާރު ވިއްކަން ވަނީ ޑީލު ހަދާފައެވެ.