ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ދެ ވަނަ ހާފް: ރާއްޖެ 0 - 0 ލަންކާ

ރާއްޖޭގެ ސިފާހު ހަމަލައެއް ފޮނުވާލަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

07 ސެޕްޓެމްބަރ 19:55

ރާއްޖެ އާއި ލަންކާ 0-0 އިން އެެއްވަރުވެގެން މެޗު ނިމިއްޖެ.

07 ސެޕްޓެމްބަރ 19:47

ރާއްޖޭން އިއްބެ ވަހީދުގެ ބަދަލުގައި އަސަދުﷲ އަރުވައިފި.

07 ސެޕްޓެމްބަރ 19:45

ދެ ވަނަ ހާފުގައި ރާއްޖެ އަށް ވުރެ ރަނގަޅަށް ކުޅެމުން އަންނަނީ ލަންކާ. އެ ޓީމުން ޖުމްލަ 11 ޝޮޓް ފޮނުވާލާފައިވާއިރު ރާއްޖެ އަށް ފޮނުވާލެވުނީ 10 ޝޮޓް.

07 ސެޕްޓެމްބަރ 19:45

ރާއްޖޭގެ ސެންޓޭ ދިން ބޯޅައަކުން ބޮބީ ގޯލް ޖެހި ނަމަވެސް އޭނާ ހުރީ އޮފްސައިޑުގައި.

07 ސެޕްޓެމްބަރ 19:43

އެ ހަމަލާގެ މިނެޓެއް ފަހުން ލަންކާގެ ކަވިންދު ދެ ވަނަ ފަހަރަށް ފޮނުވާލި ނުރައްކާތެރި ޝޮޓް ވެސް ފައިސަލް މަތަކޮށްފި. ލަންކާ އިން އަންނަނީ ރާއްޖެ އަށް ވަރަށް ބޮޑަށް ނުރައްކާކުރަމުން.

07 ސެޕްޓެމްބަރ 19:41

ލަންކާ އިން ކައުންޓާ އެޓޭކެއްގައި ފޮނުވާލި ނުރައްކާތެރި ބޯޅައެއް ރާއްޖޭގެ ކީޕަރު ފައިސަލް މަތަކޮށްފި. ލަންކާ އަށް މެޗުގައި ލިބުނު އެންމެ ރަނގަޅު އެއް ފުރުސަތު.

07 ސެޕްޓެމްބަރ 19:36

ދާދުގެ ބަދަލުގައި ފޭދޫ އިއްބެ އަރުވައިފި.

07 ސެޕްޓެމްބަރ 19:33

ލަންކާ އިން ގޯލެއް ޖެހުމާ ވަރަށް ގާތަށް. އެ ޓީމުގެ ކަވިންދު އަށް އޭރިއާ ބޭރުން ލިބުނު ބޯޅަ ކޮންޓްރޯލްކޮށްލުމަށް ފަހު ކީޕަރު ފައިސަލްގެ ބޯމަތިން ގޮސް އެ ބޯޅަ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން.

07 ސެޕްޓެމްބަރ 19:23

ލަންކާ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު ސެންޓޭ ކުރިއަށް ފޯރުކޮށްދިން ބޯޅަ އަށް އިއްބެ އެރި ނަމަވެސް އޭނާ ފައިގައި ލައްވާލުމުގެ ކުރިން ސުޖަން އެ ބޯޅަ ނަގައިފި.

07 ސެޕްޓެމްބަރ 19:16

ސެންޓޭ އަރިމަތިން ގޯލް ކުރިމައްޗަށް ހުރަސްކުރި ބޯޅަ އިރުފާން ވެއްޓިގެންފައި ފޮނުވާލަން އުޅުނު ނަމަވެސް ފައިގައި ލައްވާލާ ގޮތެއް ނުވި. އޭރު ލައިންސްމަން ހުރީ އޮފްސައިޑް ދިދަ ނަގައިގެން.

07 ސެޕްޓެމްބަރ 19:14

ލަންކާގެ ކައުންޓާ އެޓޭކެއް ހުއްޓުވައި ރާއްޖޭން ކުރިއަށް ފޮނުވާލި ބޯޅަ އޭރިއާ ތެރެއިން ދާދު ޖަހަޖަހާ އޮއްވާ ލަންކާ ކީޕަރު ސުޖަން އެ ބޯޅަ ސަލާމަތްކޮށްފި.

07 ސެޕްޓެމްބަރ 19:12

ރާއްޖޭގެ އަކްރަމް ބޯޅަ ހިފައިގެން އޭރިއާ އަށް ވަންނަނިކޮށް ލަންކާގެ ވަރަކަގޮޑާ އޭނާ ވައްޓާލުމުން ރީނދޫ ކާޑެއް ދައްކައި ހިލޭ ޖެހުމެއް ދީފި. އެ ހިލޭ ޖެހުމުން ސެންޓޭ ފޮނުވާލުމުން ދިޔައީ ވަރަށް ނުރައްކާތެރިކޮށް.

07 ސެޕްޓެމްބަރ 19:10

ރާއްޖޭން އަސަދުﷲ އަބްދުﷲ އާއި ރިހާމް އަބްދުލްގަނީ (ބޮބީ) އަދި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ވާމް އަޕަށް ނެރެފި.

07 ސެޕްޓެމްބަރ 19:08

ލަންކާ އިން ފުލުފުލުގައި ތިން ހަމަލާ ފޮނުވާލައިފި. ފުރަތަމަ ފަހަރު އޮފްސައިޑްވީ ނަމަވެސް އަނެއް ދެ ބޯޅައިން އެ ޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާކުރި.

07 ސެޕްޓެމްބަރ 19:04

ދެ ވަނަ ހާފު ފަށައިފި.

07 ސެޕްޓެމްބަރ 18:48

ފުރަތަމަ ހާފު ނިމިއްޖެ. ސްކޯ އަކީ 0-0.

07 ސެޕްޓެމްބަރ 18:48

ރާއްޖެ އަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެއްޖެ. މެދުތެރެއިން ދާދު ކުރިއަށް ވައްޓާލި ބޯޅަ ހަމްޕު އަށް ލިބުމުގެ ކުރިން ލަންކާ ޑިފެންޑަރު ފައިގައި ޖެހިފައި ދެން ލިބުނީ ކީޕަރު ސުޖަން އަށް. އޭނާ ޕަންޗުކޮށްލުމުން ގޯލް ކުރިމަތީ ހުސްކޮށް ހުރި ހަމްޕު އަށް ލިބިލިބި އޮއްވާ ލަންކާ ޑިފެންޑަރުން ވަނީ ބޭރުކޮށްލާފައި.

07 ސެޕްޓެމްބަރ 18:45

ލަންކާ އިން ކުޅެނީ ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން. އެ ޓީމުން މަސައްކަތްކުރާނީ ރާއްޖޭގެ އެޓޭކްތައް ހުއްޓުވުމަށް ކުރިއަށް ދިގު ބޯޅައެއް ލައިގެން ހަމަލާ އުފައްދަން.

07 ސެޕްޓެމްބަރ 18:41

މެޗު ކުރިއަށްދާ ވަރަކަށް ލަންކާ އިން އަންނަނީ މަޑުމަޑުން ހަމަލާތައް ވަރުގަދަކުރަމުން. ދެންމެ އުފެއްދި ހަމަލައެއްގައި އޭރިއާ ތެރެއިން މަދުޝަން ޖައްސާލި އޭރިއާ ބޭރުގައި ހުރި ޑިލަން ޖެހުމުން ދިޔައީ ގޯލް މަތިން.

07 ސެޕްޓެމްބަރ 18:37

ޅަންކާގެ މަދުޝަން ރާއްޖޭގެ ދެ ޑިފެންޑަރުން ކައިރިން ދެމި ގަނެ އޭރިއާ ތެރެއަށް ވަދެ ގޯލަށް ބޯޅަ ފޮނުވާލަން އުޅެނިކޮށް ސަމުއްޓެ އެ ބޯޅަ ދިފާއުކޮށްފި.

07 ސެޕްޓެމްބަރ 18:27

ރާއްޖޭގެ ހަމްޕު އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ލަންކާ ޑިފެންޑަރަކު ބްލޮކްކޮށްފި.

07 ސެޕްޓެމްބަރ 18:27

ރާއްޖޭގެ ނުރައްކާތެރި ހަމަލައެއް އަނެއްކާ ވެސް ލަންކާ ކީޕަރު ސުޖަން މަތަކޮށްފި. ހަމްޕު ދިން ބޯޅައެއް އޭރިއާ ތެރެއިން ދާދު ހުސްކޮށް ހުރެ ގޯލް ބުޑުން ފޮނުވާލުމުން ސުޖަން ވަނީ މަތަކޮށްފައި.

07 ސެޕްޓެމްބަރ 18:25

ރާއްޖޭން ހަ ހަމަލާ މިހާތަނަށް ފޮނުވާލާފައިވާއިރު ލަންކާ އަށް ފޮނުވާލެވުނީ ދެ ހަމަލާ.

07 ސެޕްޓެމްބަރ 18:25

ރާއްޖޭގެ ކުޅުންތެރިން މެޗަށް އަރަނީ. --ފޮޓޯ: އިމޭޖަސް އެމްވީ

07 ސެޕްޓެމްބަރ 18:24

ލަންކާ އިން ކައުންޓާ އެޓޭކެއްގައި ގޯލެއް ޖަހައިފި. އެކަމަކު އެ ގޯލް ޖެހިއިރު އެ ޓީމުގެ އަސޭލާ މަދުޝަން އޮފްސައިޑުގައި ކަމަށް ލައިންސަން ވަނީ ދިދަ ނަގާފައި. އެހެންވެ ރެފްރީ އެ ލަނޑު ގަބޫލެއް ނުކުރޭ.

07 ސެޕްޓެމްބަރ 18:20

ލަންކާ އިން މަސައްކަތްކުރަނީ ރާއްޖޭގެ ހަމަލާތައް ހުއްޓުވުމަށް ފަހު ކައުންޓާ އެޓޭކްކުރަން. އެކަމަކު އަދި އެ ޓީމަށް ރާއްޖޭގެ ގޯލަށް ނުރައްކަލެއް ކުރެވޭ ގޮތެއް ނުވޭ.

07 ސެޕްޓެމްބަރ 18:16

އޭރިއާ ބޭރުން ރާއްޖޭގެ ދާދު ފޮނުވާލި ބާރު ހަމަލައެއް ލަންކާ ކީޕަރު ސުޖަން މަތަކޮށްފި.

07 ސެޕްޓެމްބަރ 18:10

ފުރަތަމަ 10 މިނެޓުގެ ކުޅުން ނިމުން އިރު ހުރިހާ ގޮތަކުން ވެސް ކޮންޓްރޯލް އޮތީ ރާއްޖޭގެ އަތުގައި. ލަންކާގެ ފަރާތުން ފެނިގެން ދަނީ ފައުލް ގިނަ ފިޒިކަލް ގޭމެއް.

07 ސެޕްޓެމްބަރ 18:04

ކޯނަރަކުން ދާދު ހުރަސްކުރި ބޯޅައެއް ރާއްޖޭގެ އިއްބެ ވަހީދު އޭރިއާ ތެރެއިން ހުހަށް ހުރެ ފޮނުވާލުމުން ލަންކާގެ ކީޕަރު ސުޖަން މަތަކޮށްފި. ވަރަށް ނުރައްކާތެރި ހަމަލައެއް.

07 ސެޕްޓެމްބަރ 18:00

މެޗު ފަށައިފި.

07 ސެޕްޓެމްބަރ 17:47
07 ސެޕްޓެމްބަރ 17:46
07 ސެޕްޓެމްބަރ 17:44

ލަންކާގެ ކޯޗު ނިޒާމް ޕަކީރު އަލީ އަކީ ރާއްޖޭގައި ކުޅެފައިވާ ކުޅުންތެރިޔެއް. އަދި ކޯޗެއްގެ ގޮތުގައި ވެސް ރާއްޖޭގައި ވަނީ މަސައްކަތްކޮށްފައި. އަދި އެ ޓީމުގެ ގޯލްކީޕަރަކީ ރާއްޖޭގެ ކްލަބް އީގަލްސް އަށް ކުޅޭ ކުޅުންތެރިޔެއް.

07 ސެޕްޓެމްބަރ 17:44

ސްރީލަންކާ އެންމެ ފަހުން ރާއްޖެ އަތުން މޮޅުވީ 2002 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން. އޭގެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން ރާއްޖެ މޮޅުވިއިރު، ތިން މެޗު ނިމުނީ އެއްވަރުވެގެން. މި ދެ ޓީމު އެންމެ ފަހުން ބައްދަލުކުރީ 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި. އެ ފަހަރު 10-0 އިން ރާއްޖެ މޮޅުވިއިރު، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ދެ ހެޓްރިކް ހެދި. މި ފަހަރުގެ ޓީމުން ތަފާތު ސަބަބުތަކާ ހުރެ ދަގަނޑޭ އަށް ފުރުސަތު ނުދޭން ސެގާޓް ވަނީ ނިންމައިފައި. އެކަމާ ގިނަ ބަޔަކު ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައި.

07 ސެޕްޓެމްބަރ 17:42

މިއީ މި ފަހަރުގެ މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު. ލަންކާ ވަނީ ފުރަތަމަ މެޗުން އިންޑިއާ އަތުން 2-0 އިން ބަލިވެފައި. މި މެޗުން ބަލިވެއްޖެ ނަމަ ލަންކާ ކަޓައި ރާއްޖެ އާއި އިންޑިއާ ސެމީ ފައިނަލަށް ދާނެ.

07 ސެޕްޓެމްބަރ 17:39

ރާއްޖޭގެ ފުރަތަމަ އެގާރަ: މުހައްމަދު ފައިސަލް (ގޯލްކީޕަރު)، އަކްރަމް އަބްދުލްގަނީ (ކެޕްޓަން)، ސަމޫހު އަލީ (ސަމުއްޓެ)، ހުސެއިން ސިފާހު، މުހައްމަދު މުޖުތާޒު (މުޖޭ)، މުހައްމަދު އާރިފް (ބަކާ)، އިބްރާހިމް ވަހީދު ހަސަން، މުހައްމަދު އިރުފާން، އަލީ ފާސިރު (ސެންޓޭ)، ނާއިޒް ހަސަން (ދާދު)، ހަމްޒާ މުހައްމަދު (ހަމްޕު).

ސާފް ސުޒުކީ ކަޕުގައި ދިވެހިރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުގެ ލައިވް ކަވަރޭޖަށް މަރުހަބާ.

8 ކޮމެންޓް, 17 ރިއެކްޝަންސް

icon happy icon happy 47%
icon sad icon sad 29%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޗެމްޕީ

07 September 2018

އާނ ސާބަހޭ ސާބަގޭ ގޮތްދޫނުކުރާ ބޮޑާ ކޯޗު އަދި ބައްސާމު.. ތިއޮތީ 2022ގެ ވޯލްކަޕަށް ކޮލިފައިވުން ކީއްކުރަން ތަށިވެސް ނެގިފަ.. 2022 ވޯލްޑް ޗެމްޕިއަން މޯލްޑިވްސް ޔޭޔޭޔޭޔޭ

The name is already taken The name is available. Register?

ޞަލަ

07 September 2018

2 ހާފް ކޮންޓޯލް ކޮއްގެން މޮޅައް ކުޅުނީވެސް ލަންކާ. ލަންކާ އަކީ ބޫނާން ނަގާފަ މިމުބާރާތުގަ އެންމެ ބަލި ޓީމް. ޢިންޑިޔާ ރާއްޖެ ކޮޅައް ތިންލަޑު ޖަހައިފިއްޔާ އަބުރާ އަންނަންވީ. މިޓީމް ހާދަ ބައްޔޭ. ޒުވާޓީމެއްގެ ވާހަކަ ގަބޫލް ނުކުރާތި 30 އަހަރުން މައްޗައް ގޮއްސަ ހުރި 4 ކުޅުން ތެރިން 90 މިނެޓު ކުޅުނު.

The name is already taken The name is available. Register?

ލިނިންގް

07 September 2018

ދެން ބައްސާމް އަރުވާ ޖޯޒީ ލައްވާފަ...

The name is already taken The name is available. Register?

އަޙްމަދު ޒަކީ

07 September 2018

ކޮބާ މި ދަނގަޑޭ ބާކީކޮށްފަ ވޯލްޑްކަޕަށް ނަގާ ޓީމް؟؟!!!!

The name is already taken The name is available. Register?

އާންމުން

07 September 2018

ކޯޗު ޓީމު ދިވެހިންގެ ޓީމެއްނޫން

The name is already taken The name is available. Register?

ގަރުބަޗޯފް

07 September 2018

އިރާދަކުރެއްވިއްޔާ ރާއްޖެ ބަލިވާނެ

The name is already taken The name is available. Register?

އޭނާ

07 September 2018

ލަންކާއިން ޖެހި ލަނޑު އޮފްސައިޑެއް ނޫން

The name is already taken The name is available. Register?

ޙHhަހha

07 September 2018

ޢަމޮއެ އައްޔަ ވަރަށް ކަޑަވާނެ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454