ޖެންޑަ މިނިސްޓަރު ޒެނީޝާ ފިޔަވަތީގައި މެޑިކަލް ޔުނިޓު ހުޅުއްވައިދެއްވަނީ. -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
20 ސެޕްޓެމްބަރ 2018 - 15:27
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހަދާފައިވާ ކުޑަކުދިންގެ ހިޔާގައި މިއަދު މެޑިކަލް ޔުނިޓެއް ހުޅުވައިފި އެވެ.
ފިޔަވަތި ކުޑަކުދިންގެ ހިޔާގައި މި މެޑިކަލް ޔުނިޓް ހުޅުއްވައިދެއްވުމަށް ފަހު ޖެންޑާ މިނިސްޓަރު އައިމިނަތު ޒެނީޝާ ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި އުޅޭ ކުދިންގެ އަސާސީ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ ސަމާލުކަމެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއަދު ހުޅުވި މެޑިކަލް ޔުނިޓުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
މި މެޑިކަލް ޔުނިޓުގައި އާންމު ބަލިތަކަށް ފަރުވާ ދޭނެ އެވެ. އަދި އެޑްމިޓްކޮށްގެން ފަރުވާ ދިނުމާއި ހެލްތު ސްކްރީނިން އަށް ބޭނުންވާ ވަސީލަތްތައް ވެސް ހުރެ އެވެ. މީގެ އިތުރުން އައިވީ ގުޅުމާއި ބޭސްއެޅުމާއި އެހެން ބައެއް ހިދުމަތްތަށް ވެސް ލިބޭނެ އެވެ.
އުމުރުން 12 އަހަރުން ދަށުގެ 91 ކުދިން ފިޔަވަތީގައި އުޅެ އެވެ. އެތަނުގައި މީގެ ކުރިން ސިއްހީ ހިދުމަތްތައް ދެމުން އައީ އެތަނުގައި ހުންނަ މެޑިކަލް ރޫމެއްގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައި
20 September 2018
އަބަދުވެސް އަޑުއިވެނީ ފިޔަވަތި ކުދިންނަށާއި ތެލެސީމިއާ ކުދިންނަށް ބޭސްފަރުވާސަރުކާރުން ކޮއްދޭ ވާހަކައިގެއަޑު ކޮބާތަ އާސަންދައިން ބޭސްނުކުރެވޭމީހުންގެ ހައްގުތައް