އެނބޫދޫފަޅުގައި ހަދާ ހިލްޓަންގެ ކިއުރިއޯ ކަލެކްޝަންގެ އިމާރާތެއް ހެދުމުގެ މަސައްކަތްކުރަނީ. އެ ތަނުގައި އާ ރިސޯޓެއް އަންނަ އަހަރު ހުޅުވާނެ.
22 ސެޕްޓެމްބަރ 2018 - 15:25
ކ. އެނބޫދޫފަޅުގައި ހަދާ ކްރޮސް ރޯޑްސްގައި ހިލްޓަންގެ އާ ރިސޯޓެއް އަންނަ އަހަރު ހުޅުވަން ނިންމައިފި އެވެ.
ޓޫރިޒަމް ޚަބަރުތައް ގެނެސްދޭ "ޓީޓީޖީ އޭޝިއާ" ގައި ބުނެފައި ވަނީ "ސައި ލެގޫން" ގެ ނަމުގައި އާ ރިސޯޓެއް އެނބޫދޫފަޅުގައި ހުޅުވަން ތައިލެންޑުގެ ސިންހަ އެސްޓޭޓުން ހިލްޓަންއާ އެކު ފްރެންޗައިސް އެގްރިމަންޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ ރިސޯޓު ހިންގާނީ އެސް ހޮޓެލްސް އެންޑް ރިސޯޓު ކިޔާ ކުންފުންޏަކުންނެވެ.
"ޓީޓީޖީ އޭޝިއާ" ގައި ބުނެފައި ވަނީ ޑިލަކްސް ރޫމާއި ބީޗް ވިލާ އަދި އޯވަ ވޯޓާ ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި އެ ރިސޯޓުގައި ހުންނާނެ ކަމަށެވެ. އެތަން ޑިޒައިން ކުރީ މަޝްހޫރު ޑިޒައިނަރު ބިލް ބެންސްލީ އެވެ. އެނބޫދޫ ފަޅުގައި ހިލްޓަންގެ ކިއުރިކޯ ކަލެކްޝަންގެ ރިސޯޓެއް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވަން އަންނަނީ މަސައްކަތްކުރަމުންނެވެ.
އެނބޫދޫ ލެގޫންގައި އަންނަ އަހަރު މަޝްހޫރު ހާޑްރޮކް ހޮޓެލް ވެސް ހުޅުވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފުލް އައްވަލް
22 September 2018
އަހަރެމެންނަށް ހެޔޮ. އަހަރެމެންނަކާ ރިސޯޓަކާ ކީއްކީ.
ލަކުޑި ހަމީދު
22 September 2018
ރިސޯޓަށް އަންނަ މީހުންގެ ޓެކުހުން ރައްޔިތުންގެ ހުރިހާ ކަމެއް ކުރަނީ.
ތެދެއް އިންލޭޑް ރެވެނިޔު
26 September 2018
ތެދެއް އިންލޭޑް ރެވެނިޔު އަށް ކިތައްމެ ބިލިޔަނެއް ވަނަސް ރައްޔިރުންނަކް ރޯޔަލްޓީއެއް ނުލިބޭނެ، އެންމެ ކޮއިންއެއްވެސް ނުލިބޭނެ!
ކީކޭބުނާނީ
09 October 2018
ގައުމު ހިންގަނީ އެވެރިން އަތުން ނަގާ ޓެކުހުން.. އެކަމަކުވެސް އަހަރެމެންނަކީ ކީއްހޯ.. ކޮމެންޓް ކުރާ މީހުން މިކިޔާ ކަހަލަ ބޮލެއް ނެތް ކޮތަރެއްތަ؟ ނޫނީ ހުސް ކޮތަޅެއްތަ؟
އިއްބެ...
22 September 2018
ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️