ސާފް ސުޒުކީ ކަޕްގެ ގަދަ ފަަހެއް: (ކ.ވ) އިއްބެ، ފޭދޫ އިއްބެ، ފައިސަލް، ސަމުއްޓެ އަދި ހަމްޕު. –ފޮޓޯ: އިމޭޖަސް އެމްވީ
02 އޮކްޓޯބަރ 2018 - 11:06
"މިހާރު" ނޫހުން މިދިޔަ އަހަރު ތައާރަފްކުރި ކުޅިވަރު އެވޯޑްސް ކަމަށްވާ "މިހާރު އެވޯޑްސް" ގައި ހިމެނޭ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ނިމިގެން ދިޔަ ސާފް ސުޒުކީ ކަޕުން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
ރާއްޖޭން ޗެމްޕިއަންކަން ހޯދި މުބާރާތުން ގަދަ ފަހަކަށް ވާދަކުރަނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ގޯލްކީޕަރު މުހައްމަދު ފައިސަލާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި ސަމޫހު އަލީ (ސަމުއްޓެ) އަދި ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.
މުބާރާތުގެ ޗެމްޕިއަންކަން ރާއްޖޭން ހޯދީ ފައިނަލުގައި އިންޑިއާ އަތުން 2-1 އިން މޮޅުވެގެންނެވެ. ގްރޫޕް ސްޓޭޖުގައި ސްރީ ލަންކާއާ 0-0 އިން އެއްވަރުވެ އިންޑިއާ އަތުން 2-0 އިން ބަލިވެ ރާއްޖެ ސެމީ އަށް ދިޔައީ ކިރިޔާ އެވެ. ލަންކާއާ ހުރިހާ ގޮތަކުން އެއްވަރުވެ ސެމީ އަށް ދާނެ ޓީމެއް ކަނޑައެޅީ ގުރުންނެވެ. އެކަމަކު ރާއްޖޭން ވަނީ ސެމީގައި ނޭޕާލް 3-0 އިން އަދި ފައިނަލުގައި އިންޑިއާ އަތުން މޮޅުވިއިރު ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.
މިހާރުގެ ފުޓްބޯޅަ ފަނޑިޔާރުންގެ ޕެނަލުގައި ރާއްޖޭގެ މަޝްހޫރު ކޯޗުންނާއި ކުރީގެ ކުޅުންތެރިންނާއި ކުރީގެ ރެފްރީންނާއި ކުޅިވަރު ނޫސްވެރިން އަދި ފުޓްބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އޮފިޝަލުން ހިމެނެ އެވެ.
މި އެވޯޑްސްގައި ފުޓްބޯޅައިގެ އިތުރުން ހިމެނެނީ ވޮލީބޯޅަ އަދި އިންޑިވިޖުއަލް ކުޅިވަރުތައް ކަމަށްވާ އެތުލެޓިކްސް އާއި ޓޭބަލް ޓެނިހާއި ފެތުން އަދި ބެޑްމިންޓަނެވެ. މިއީ ރާއްޖޭގައި، އިންޑިވިޖުއަލް ކުޅިވަރުތަކެއް ހިމަނައިގެން އެވޯޑެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. "މިހާރު އެވޯޑްސް"ގައި ދިވެހި ހުނަރުވެރިންނަށް 24 އެވޯޑެއް މި އަހަރު ދޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިޔާ އާއި ރަން ބޫޓް ހިމެނެ އެވެ. މީގެ އިތުރުން ވޮލީބޯޅައިން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވާނެ އެވެ. އަދި ބެޑްމިންޓަނާއި އެތުލެޓިކްސް އާއި ޓޭބަލް ޓެނިސް އަދި ފެތުން އެއްކޮށްގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިން ހޮވައި އިނާމް ދޭނެ އެވެ. ކޯޗުންނާއި ރެފްރީގެ އެވޯޑް ދެނީ ހުރިހާ ކުޅިވަރެއް އެއްކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދީ
04 October 2018
ލިސްޓާ ދޭތެރޭ ވަރަށް ހިތްހަމަ ޖެހޭ... ތި އެވޯޑް ހައްގީ ފައިސަލު އަށް... ދާދު ވެސް ހިމެނުނު ނަމަ ވަރަށް ހިންހަމަ ޖެހުނީސް....
ހާޖަރާ
03 October 2018
ލިސްޓެއް ހަދާއިރު ރަނގަޅަށް ވިސްނާލުން ބުއްދިވެރި.
ނުކިޔަވާ ސަންގޯރު
02 October 2018
ގުރުއަތުން ހޮވަން ފެނޭ.. މަގޭ ހިޔާލު
އަބޫ އެންޑް ފްރެންޑްސް
02 October 2018
އަލީ އަލީ ބުނަންތަ ވާހަކައެއް ކިތަންމެ ވަރަކަށް ޒަތީ ވެގެން އަޝްފާޤު އާ ޖައްސާލައިގެން އުޅުނަސް ބުނަން އޮތީ އެއީ ހަމަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އޭ . އަދި ކޯޗު ލައްވާ މިފަހަރު ޓީމުން ކަޓުވާލީ ސީދާ މިސަރުކާރަށް ތާއީދު ނުކުރާތީއޭ، އަދި އަޑޭވެސް ބާކީ ކޮށްލީ ހަމަ އެހެންވީމާއޭ. އަދި ރައީސް ކަމުގެ ހުވާ ކުރުމާ އެކު އަޑޭ އާއި އަޝްފާޤުވެސް އަދި ޓީމަށް ގެންނާނަމޭ.
ޙެހެހެ
03 October 2018
ޢަޟްފާގު މޮޅަށް ނުކުޅޭ ވާހަކައެއްނޫން ދޯ މިބުނަނީކީ އެސޮރު ނުނަގާފިއްޔާ ރޯއެ ހޭރި ބޮޑާ ހާކާނެ ވާހަކަދޯ...
އާރީ
02 October 2018
ފައިސަލު އެއީ އެއްމެ މޮޅުކުޅުންތެރިޔާ މަގާމަށް އެއޮތީ ހޮވާފަ. ދެން ތިއަކަަށް ކުރެވޭނި ބަހުށެއް ނެތް
އަލީ އަލީ
02 October 2018
އަސްފާގު ކޮބާ! ގަދަ 5 ގައި ހިމަނަންވާނެ! ނޫނީ ބޮޑާ ހާކާނެ!
ޖހުޮޕ
03 October 2018
ޖޭވީ ދޯ
މޭން
05 October 2018
އަޝްފާގު ކުޅުނުބާ މިއަހަރުގެ ސާފް ކަޕްގައި ?
އަހުމަދު އފ
02 October 2018
ހަމަ އެންމެ ބެސްޓީ މިފަހަރު ސަމުއްޓެ. އުއްމީދު ކުރަން ސަމުއްޓެއަށް ލިބޭނެ ކަމަށް.
ހެހެހެ
02 October 2018
ސެންޓޭ އަރަން ވާނެ ވަަރައް ގޯސްވީ ތި
އަހްމަދު 22
02 October 2018
ފައިނަލް މެޗުގަ ލަނޑު ޖެހިޔަސް ފޭދޫ އިއްބެ ނަގާވަރެއް ނޫން. އެއަށްވުރެ އަކުރަމް މާ ރަނގަޅު
ައަައްޔު
02 October 2018
ކުރޯ އަކީ މުޅި މުބާރާތުގައިވެސް އެންމެ މޮޅައް ކުޅުނު ކުޅުންތެރިޔާ، ސާފް އިންހޮވި ގަދަ 11 ގައިވެސް ހިމެނުނު، ކީއްވެބާ މި ލިސްޓްގައި ނެތީ ؟