ސުޕްރީމް ކޯޓު ބޭރުން ނަގާފައިވާ ފޮޓޯއެއް: އިންތިހާބު ބާތިލް ކުރަން ކޯޓަށް ހުށަހަޅާފައިވާތީ ބައިނަލްއަގްވާމީ މުޖްތަމައުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުން -- ހުސެއިން ވަހީދު / މިހާރު ފޮޓޯ
15 އޮކްޓޯބަރ 2018 - 21:08
ވެރިކަމުގެ ބާރުތައް ބަދަލުކުރަން ދެކޮޅު ހަދާ ނަމަ ޔޫރަޕިއަން ޔޫނިއަނުން ފިޔަވަޅު އަޅަން ޖެހިލުން ނުވާނެ ކަމަށް ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ތޯމަސް ޒެކޯވްސްކީ ވިދާޅުވެއްޖެ އެވެ.
ޒެކޯވްސްކީ މިއަދު ކުރި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފައިވާ ރައީސް އަބްދުﷲ ޔާމިން އަމަލު ކުރައްވަމުން ގެންދަވަނީ ކަންބޮޑުވާ ފަދަ ގޮތަކަށް ކަމަށެވެ.
ރައީސް ޔާމީން ގެންދަވަނީ ސުޕްރީމް ކޯޓު ބޭނުންކޮށްގެން އިންތިހާބުގެ ނަތީޖާ ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ޒެކޯވްސްކީ ވިދާޅުވެފައިވެ އެވެ.
"އަމާންކަމާއެކީގައި ވެރިކަމުގެ ބާރުތައް ބަދަލުކުރުމަށް ދެކޮޅު ހަދާ މީހުންނަށް ފިޔަވަޅު އަޅަން އީޔޫ އިން ޖެހިލުމެއް ނުވާނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
I’m deeply concerned by troubling actions by outgoing President #Yameen, and his attempt to use the Supreme Court, to undermine the elections. EU would not hesitate to consider taking all appropriate measures against anyone who undermines a peaceful transfer of power #Maldives
— Tomáš Zdechovský MEP (@TomZdechovskyEP) October 15, 2018
ވެރިކަމުގެ ބާރުތައް ބަދަލު ކުރަން ދެކޮޅު ހަދާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް މީގެ ކުރިން އެމެރިކާ އިން ވެސް ވަނީ އިންޒާރު ދީފަ އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންގެ ނިންމުމަށް ގެއްލުންވާނެ ފަދަ ގޮތަކަށް ރައީސް ޔާމީން ކަންތައް ކުރައްވަމުން ގެންދަވާތީ އެމެރިކާއިން އެކަމާ ކަންބޮޑުވޭ. ވެރިކަމުގެ ބާރުތައް އަމާންކަމާއެކު ބަދަލުކުރުމަށް ދެކޮޅު ހަދާ ނަމަ އެ ބަޔަކާ މެދު ފިޔަވަޅު އެޅުމަށް އެމެރިކާއިން ވިސްނާނެ،" ދެކުނު އަދި މެދު ތެރޭ އޭޝިޔާ ބިއުރޯގެ ނައިބު ތަރުޖަމާނު ޕައްލަޑީނޯ ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބުން ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގަތުމުން ރައީސް ޔާމީން ވަނީ އިންތިހާބު ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވައިފަ އެވެ. މާދަމާ އެ މައްސަލައިގެ ފަހު އަޑުއެހުން ބާއްވާނެ އެވެ.
ރިޔާސީ އިންތިހާބު އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ކާމިޔާބު ކުރައްވާފައި ވަނީ 134،705 ވޯޓު ހޯއްދަވައިގެނެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96،052 ވޯޓެވެ. ދެ ކެންޑިޑޭޓުންގެ މެދުގައި 16 ޕަސެންޓު ފަރަގު ހުއްޓެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެފުއްދެގޮތް
16 October 2018
އީޔޫގެ ކޮރަޕްޝަނަށް ފާޑުކިޔަމުން ދިޔަ އަންހެން ނޫސްވެެރިޔާ މަރާލި ވާހަކަ އެއްވެސް މީޑިއާ އަކުން ނުކިޔަނީ ކީއްވެގެންތަ. އެކަމަކު ސައޫދީ އަރަބިއްޔާގެ ކަމެއްވާ އިރަށް އެއްކަލަ ދުނިޔޭގެ މީޑިއާ ތަކުން ކެނޑިނޭޅި އެންމެންގެ ސަމާލުކަން ހޯދާ. ވިސްނާ ބަޔަކަށް އެއްޗެއް އިނގެންޏާ އިނގެންވެއްޖެ.
ސޭޓު އަނބިމީހާގެ ފިރިމީހާ
16 October 2018
ޙަޤީޤަތަށް ވިސްނަނީ މަދުބައެކެވެ. ޔޫރަޕަށް ރާއްޖޭގެފަތުރުވެރިކަން ބަރޯސާވެފައޮތް މިންވަރު ދަންނާނީ ވިސްނޭބަޔަކަށެވެ. ހިހޫތަނުން ލާރިފޮތިލިބި ކޮފީއަށްހުސްކުރާބަޔަކަށް ތަނެއްދޮރެއް ނުވިސްނޭނެއެވެ. ވިސްނަން ބޭނުމެއްވެސްނުވާނެއެވެ. އެކަމަކު ޙަޤީޤަތަކީ، ޗައިނާމީހުންވެސް އުޅޭހިތްވަނީ، އަދި ދާހިތްވެސްވަނީ ޔޫރަޕްމީހުން އުޅޭގޮތަށެވެ. ދާތަންތަނަށެވެ. ފިޔަވަޅުއަޅައި އެކިމަހުޖަނުންއަތުންލިބޭ ރީލޯޑު ނުލިބުނީމައި، ދެން - ބެގް ބޮރޯ އޯ ސްޓީލްތޯ؟ އައްދިއްޔޯތް!
ނަސްރު
16 October 2018
އެހެންވެގެން މިބުނަނީ އީޔޫ އެމެރިކާ އިންޑީއާ ޖަހާ ފޮޑިއަށް އަޅާނުލާށޭ! އެއުޅެނީ ބިރުދައްކާށޭ ޖަޖުންނަށް. އިއްޔެ ނުން ބުނީ ޚާޝޫޖީ މަރާލުމުން ސައުދީއަށް ފިޔަވަޅު އަޅާނަމޭ...އެއްކަމެއްވެސްްނުކުރެވޭނެ. އެމެރިކާގެ 20% ހަތިޔާރު ގަންނަނީ ސައޫދީން. ސައީދީން އަންގަނީ ޓްރަޕްއަށް ހޭއަރުވާލާނަމޭ ދޮގު ތުހުމަތުކޮށް ސައޫދިޔާއާ ބެހެންޏާ. ނުކރޭނެ ބެހޭކަށް އެމެރިކާއަކަށް. ކޮބާއިތަ ވިކިލީކްސް ހީރޯ. ނޫސްވެރިއެއް މުޖްރިމަކަށް ހަދައިގެން އެމެރިކާ އުޅެނީ.
ވަގުވޯޓު
16 October 2018
އެއްކަމެއްވެސް އީޔޫއަކަށް އެމެރިކާއަކަށް އިންޑިއާއަކަށް ނުކުރެވޭނެ! ސކ ފަޑިޔާރު ތިޔަ ޓުވީޓަކަށް ބިރެއް ނުގަންނާނެ. ހުރިހާ ބޭފުޅުންނަކީ އަރަބި ގައުމުތަކުން ކިޔަވާ ވިދާޅުވެގެން ތިއްބެވި ބޭފުޅުން. އެގޭނެ ކަލޭމެންގެ ފިނޑިކަމާ ނުބައިކަމާ ޖައްބާރުކަން. ބިރު ގަންނުވަން ނޫޅޭ. ލިބިފަ ހެކީގެ މައްޗަށް ކަންކަން ނިމިގެންދާނެ. މީ މުސްތަގިއްލު ގައުމެއް. މީ ފެއިލްޑް ސްޓޭޓަކަށް ހަދައިގެން ދޭ ޒާތުގެ ސްޓޭޓުމަންޓް ނުނެރެ ތިބޭ މަޑުން.
ސަމާ
16 October 2018
ރަނގަޅު. ޓުއަރިޒަމްވެސް ބޯއިކޮޓްކުރަންވީ. އިލެކްޝަނެއް ވަގަށް ނަގައިގެނެއް ރައްޔިތުން އިނދަޖައްސާފަ ދެން މިގައުމަށް ގެންނާނެ އިތުރު އެއްވެސް ތަރައްގީއެއް ނޯންނާނެ. މީދެން ބޮޑު ވަރު.
އީޔޫ ބަފާ
16 October 2018
އީޔޫއިން ވަނީ ފަލަސްތީނާ މެދު އިޒްރޭލުން ކަންތަށް ކުރާ ގޮއް ނުފެންނަވައްތަރުގެ އައިނެއް އަޅާފަތަ. އިޒުރޭލުމީހުން ފަލަސްތީނުގެ ބިންތަށް އަތުލައި އެތަށް އަންހެނުންނާއި ކުޑަކުދިނާއި އެކި އުމުރު ފުރާގެ މީހުން މަރަމުން ދާއިރުވެސް އެތަން އީޔޫއިން އަދި އދ އިން ނުފެނޭ ކަނުވެފައި އެތިބީ މިފަދަ ބައެއްގެ ވާހަކަ މާރަގަޅު ބައެއްކަމަށް ހެދިގެން އުޅޭ ތަންތަން ފަސާދަ ކުަރަންމުން އެދަނީ، ވިސްނާވާ ހޭއަރާ ދަރިންނޭ.......
ސަރީފު
16 October 2018
ކަލޭމެން ފިޔަވަޅުއަޅާގެން މިރާއްޖެއަށް ޖުމްލަ ގޮތެއްގަ ވާނީ ބޮޑުފައިދާ. އެކަމަކު ކަލޭމެން އެބަޔަކަށްޓަކާ މަރުދޭ އެންޑީޕީ މީހުންނަށް ގެއްލުން ލިބިދާނެ. ކަލޭމެން ބޭނުންހާ އެއްޗެއް ހަދަން މި ގައުމު އެންޑީޕީއަކަށް ދުލެއް ނުކުރާނަން. މިހާރު މިކުރަނީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއް.
މޮޔަ ޝަރީފު
16 October 2018
މި ގައުމަށް އެންމެ ބޮޑު ފައިދާއެއްވަނީ ފަތުރުވެރިކަމުން އަދި މި ފައިދާގެ ބޮޑުބައެއް އީޔޫ ގެ ސަބަބުން މި ރާއްޖެއަށް ކުރޭ! މޮޔައިން! ހުސް މޮޔައިން؟
ޖަމަލުފޮޑި
16 October 2018
އީޔޫ އަކަށް އެއްކަމެއްވެސް ނުކުރެވޭނެ! ށކ ޖަޖުންނަށް ބިރު ދައްކަން ނެރޭ ޓުވީޓް. ޖަމަލު ފޮޑި ޓުވީޓަށް ފަޑިޔާރުން ޑަރުވެސް ހީނުވާނެ! ހަމަ ހެއްކަށް ބިނާކޮށް ޖެހިލުމެއްނެތު މައްސަލަ ނިންމާނެ. ތި ޓީޓަށް ބަލައިގެނެއް ނޫން މައްސަލަ ނިންމާނީ. މީ އިެާގެއް ނޫން ސޫރިޔާއެއް ނޫން...އަފްގާނިސްޓާނެއްވެސަ ނޫން
ކާދަރޭ
16 October 2018
މިހިރަ މޮޔަޔާ ކަލޭ މެން އިޒްރޭލާ އެމެރިކާއަށް އިންޒާރުދީ މުސްލިމުންނާ ނުބެހި ތިބެބަަލަ.
thanks
16 October 2018
ކަލޯ ޗައިނާ ހާދަ މުސްލިމް ދޯ ޕީޕީސް
ބޯހަރު
16 October 2018
އެމެރިިކާއަކީ މާރީއްޗަށް އުޅޭ ބައެއް ނޫން... އަލްގޯއާއި ބުޝް ކުރިމަތި ލައިގެން ވޯޓުން އަލްްގޯ ހޮވުނީމާ ބުޝް އެމެރިކާގެ ސްޕްރީމް ކޯޓަށް ގޮސްގެން ބުޝް ކާމިޔާބު ކުރީ... އެންމެ ފަހުން ބޭއްވި އިންތިޚާބުގަވެސް ވޯޓުން ކާމިޔާބު ކުރީ ހިލަރީ ކުލިންޓަން ނަމަވެސް ވޯޓް އޮޅުވާލައިގެން ޑްރަންޕް ވެރިކަމުގައި އެހުރީ... މިއީ ދުނިޔޭގެ އެންމެންނަށް އެނގޭ ޙަޤީޤަތެއް... އޭރު. އީ.ޔޫ ކޮބާ؟؟؟