ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2018

ފަހު ވަގުތު ޕޮއިންޓް ގެއްލި ނިއު ހަތަރު ވަނައިގައި

ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ދެ ގޯލާ އެކު 2-2 އިން މެޗު އެއްވަރުވުމުން ނިއު ރޭޑިއަންޓަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ހަތަރު ވަނައިގައި ނިންމާލަން ޖެހިއްޖެ އެވެ.

ނިއު މިރޭ މޮޅުވި ނަމަ ތިން ވަނަ ލިބި އަދި ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވި ނަމަ ދެ ވަނަ ލިބުނީހެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 20 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ތާވަލުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު ޓީސީ އޮތްއިރު މާދަމާ ކުޅޭ މެޗުން މޮޅުވެ ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.

އަނެއްކޮޅުން މިރޭ ލިބުނު ޕޮއިންޓާ އެކު ގްރީން ވަނީ 17 ޕޮއިންޓް ހަމަކޮށް ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރުކޮށްފަ އެވެ. އެކަމަކުގެ ލަނޑުގެ ތަފާތުން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ވައްދާލީ އޭރިއާ ރޮނގު މަތިން ލިބުނު ބޯޅައެއްގަ އެވެ. ދެ ވަނަ ގޯލް އޭގެ ދެ މިނެޓު ފަހުން ސެންޓޭ ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ސެންޓޭ ބޯޅަ ޖަހަޖަހާ އޮއްވާ ގްރީންގެ މުހައްމަދު ސާއިފް އޭނާ ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ކުރިން މި ހާފުގައި ގްރީންގެ އަވީލާ އާއި އަހުމަދު އިމްރާނަށް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ހުހަށް ހުރެ މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ޖެހުމުން ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.

ދެ ވަނަ ހާފުގައި ނިއު އަށް ވެސް ލީޑު ކުރަން ފުރުސަތުތަކެއް ލިބުނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ގްރީންގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ ފޮނުވާލި ޝޮޓް ހުރަސް ދަނޑި މަތިން ދިޔައިރު މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހުރަސް އުމެއިރު އަށް ފޮނުވާނުލެވި ދިޔައީ ބޭރަށެވެ.

އެ ފުރުސަތުތަކާ އެކު ނިއު ލީޑު ފުޅާކުރާނެ ކަމަށް ބެލެވިފައި އޮއްވާ ގޯލް ޖެހީ ގްރީން އިންނެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް އަރައި މި ގޯލް ޖެހީ އަވީލާ އެވެ. އޭގެ ދެ މިނެޓު ފަހުން ގްރީން އިން ދެ ވަނަ ގޯލެއް ޖަހައި ނިއު ހައިރާންކޮށްލި އެވެ. ނިއުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ގްރީން އަށް ޖެހުމެއް ދިނުމުން ނިއުގެ ކުޅުންތެރިން އެކަމާ މައްސަލަ ޖައްސަން ތިއްބާ އޭގެ ފައިދާ ނަގައި އަޑުބަރޭ ވަނީ އެ ބޯޅަ އަވަސް އަވަހަށް ކުރިއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހޯދައި މުހައްމަދު ރިސްވާން ވަނީ އަރިމަތިން އަރައި އެ ބޯޅައަށް ހުރަސް އަޅަން އެރި އަކްރަމް އަބްދުލްގަނީ ކައިރިން ވެސް ދެމި ގަނެ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަތްދޭތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އަދި ގްރީންގެ އަބްދުﷲ މިސްބާހަށް ފަހު ވަގުތު ލީޑު ނަގާނެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ އެކަނިމާއެކަނި ހުރެ ބޮލުން ފޮނުވާލީ ހުރަސް ދަނޑި މަތިންނެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ ރަނގަޅަށް ކުޅެ، ގެއްލިގެން މިދިޔައީ ލިބިފައި އިން މެޗެއް ކަމަށާއި ބަލިވީ ފަހު ވަގުތު ސަމާލުކަން ނުދެވިގެން ކަމަށެވެ.

"ކްލަބުގެ ތެރޭގައި އޮތް (މާލީ) މައްސަލަތަކާއި އޭގެ ސަބަބުން ބައެއް ކުޅުންތެރިން ޕްރެކްޓިހަށް ނައުމާއި މިފަދަ ކަންކަމާ ހެދި އެންމެ ރަނގަޅަކަށް ޕްރެކްޓިހެއް ވެސް ނުކުރެވޭ. އެހެންވެ އުނދަގޫ ވާނެ. މި ހުރިހާ ކަމަކާ އެކު ވެސް އަޅުގަނޑުމެން ނުކުތީ މޮޅަކަށް. ފުރަތަމަ ވަރަށް ރަނގަޅަށް ގޮސްފައި އޮއްވާ ފަހު ވަގުތު ކޮންސެންޓްރޭޓް ނުކުރެވި ފުރަތަމަ ގޯލް ވަނީ. އޭގެ ފަހުން ޕްރެޝަރުވެ އިތުރު ލަނޑެއް މި ވަނީ،" ސޮބާ ބުންޏެވެ.

ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ އެ ޓީމު ކޮޅަށް ވަނީ އާދައިގެ ގޯލްތަކެއް ކަމަށާއި އެއީ ޑިފެންސިވް ގޯސްތަކެއް ހެދިގެން ވަން ލަނޑުތަކެއް ކަމަށެވެ. އަދި ކުޅުންތެރިންގެ މަސައްކަތުން އެ ބައި ރިކަވާކޮށް މެޗުން ޕޮއިންޓެއް ހޯދުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

"އެކަމަކު ވެސް ފާހަގަކުރަން ބޭނުންވޭ ފަހު ވަގުތު އެ ލިބުނު ފުރުސަތު. ނިއު ރޭޑިއަންޓް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު ފަހު ވަގުތު ވަރަށް ނުލިބޭނެ އެ ފަދަ ފުރުސަތެއް. އެއީ އެތެރެކޮށްލެވެން ޖެހޭނެ ބޯޅަތަކެއް،" ސުޒޭން ބުންޏެވެ.

އޭނާ ބުނީ އެ ކްލަބުގައި ވެސް މާލީ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަމަކު އެފަދަ ކަންތަކުގެ ސަބަބުން ޕްރެކްޓިހަށް ނައިސް ކުޅުންތެރިން ހަޅުތާލަކަށްދާ ވަރަށް ވުރެ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށެވެ.

6 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 46%
icon angry icon angry 8%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިއު

18 October 2018

ނިއު މިހާރު ސޯލްޓް އަށް ކާކަށް ނުދަންތަ. ޢޭރު ވެސް ބުނިން ދޯ ތިހުރިހާ ބޭކާރު ހަރަދު ކުރުމުގެ ބޭނުމެއް ނެތޭ. އަޑު އިވޭ ސޯލްޓަ އަށް ވެސް ދަރާފަ އޯ. ރަނގަޅު ކޮށް ލަބަލަ މިހިރަ ކަން ކަން. ކުދިންނަށް މުސާރަ ދޭން ބެހެއްޓިނަމަ މިހެނެއް ނުވީހެއްނު. ގައިމު ކުޅުންތެރިން ވެސް ސޯލްޓް އަށް ކާން ނުގެންގޮސްގެން އެފް އޭއެމް ތަންތަނަށް ސިޓީއެއް ނުލާނެ ތާ.

The name is already taken The name is available. Register?

ފުންއަސަރު

18 October 2018

މެޗުގެ ފަހުވަގުތު ނިއުގެކޮޅަށް ދެލަނޑުޖަހާ އެއްވަރުކުރީތީ ވަރަށް ވަރަށް ދެރަވި. ހަގީގަތުގާ ނިއުރޭޑިއަންޓް ކަހަލަ ޓިމެއްގެ ކޮޅަށް ފަހުވަގުތު ބޯޅަތައް އެވަންނަނީ މެޗުގެ ސީރިއަސްކަން ކުޑަވީމަ. އިދިކޮޅުޓީމުކޮޅަށް ދެލަނޑުޖެހިފާއޮތުން އެއީ ފަރުވާކުޑަކޮށްލަންވީ ސަބަބެއްނޫން. ލިބިފާއިން މެޗެއް ގެއްލިދާ މަންޒަރު ބަލަން ދަނޑުގާއިނުމަކީ ހިތަށް ފަސޭހަ ކަމަކަށް ނުވި. އެކަމަކުވެސް ކަންވެ އެވަނީ ނިމިފަ. ދެން ހަމަ އެންމެ މެޗެއްވެސް ގެއްލުވާ ނުލުމަކީ އެދޭއެދުން.

The name is already taken The name is available. Register?

ބެންޔާ

18 October 2018

ސޮބާއަށް ބެންޗުން ފޫކޮޅު ހިންލާ ނުލެވޭ. ދެން ކޮން އިރުސާދެއް ދެވޭނި.

The name is already taken The name is available. Register?

ގްރީން

18 October 2018

ބުނަންތަ ކޯޗުގޯސްވެގެނެއްނޫން މިއުޅެނީކީ. މީގެކުރިންވެސް އޮތް ވަރުގަދަޓީމު އަދިވެސްއޮތީ. އެހެން ކަމެއް މިއުޅެނީ.

The name is already taken The name is available. Register?

އާރީ

18 October 2018

ސޮބާއަކީ މިހާރު އެއްޓީމް ދެވަނަ ޑިވިސަނަން ވައްޓާލައިފަ ހުރި ކޯޗެއް. ނިއުގަ މިހާރު އޮތް ޓީމް ސޮބާއަކަށް ނުގެގުޅެވޭނެ. ނިއު ބަލިވުމުގެ އަސްލަކީ ސޮބާ ފަހުވަގުތު ގެންނަ ބަދަލުތައް ވޯކު ނުކުރާތީ. ބިދޭސީކުޅުންތެރި ބޮޑްއަގުގަ ގެނެސް ބެންޗުގަ. މާލީހާލަތު ދަށްނުވާ ޓީމެއް ނެތް. ބަރާބަރަށް މުސާރަ ނުދެވެ އެއްވެސް ޓީމަކުން އެކަމް ނިއުގެ ކުޅުންތެރިން މޯޑިވޭޓް ނުކޮށްލެވިގެން މި އުޅެނި ކީންވެކަމެއް ނޭގޭ ޓެޑް ވެސް ކަޑަނި މިހާރު ހުސް އަގަ. އޮސްކާ ދިޔާމަ ބޭރުކޯޗެއް އައްނާނޭނޭ އޮސްކާގަ އިރުސާދު ދަށުންނޭ ކުޅޭނި. ސޮބާ އެކުޅުންވަނި ކޮންކަހަލަ ގޭމެއް. ނިއު ގެ ރީތި ފާސިން ގޭމް ކޮބާ? ސަންފަތު ބެހެންޓި ނަމަ އޮސްކާގެ ގޭމް ކުޅުންވީސް ކަން ކަށަވަރު.

The name is already taken The name is available. Register?

ގްރީން

18 October 2018

ސޮބާއެއްނޫނޭ ގޯހީކީ. ކީތްވެތަ ސޮބާއާ ޖައްސާލައިގެން ތިއުޅެނީ. ސޮބާގެ ރަނގަޅުކަމުން މިހާރު އެވަރުގާ އެ ހިފަހައްތަނީވެސް. އަނގަތަޅާ އަދިވެސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454