ޚަބަރު / ޑރ. އަފްރާޝީމް އަވަހާރަކޮށްލުން

އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރޭ: އާއިލާ

އަވަހާރަކޮށްލާފައިވާ ޑރ. އަފްރާޝީމާއި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު-- ފޮޓޯ: މަޖިލިސް

މީގެ ހަ އަހަރު ކުރިން، އަނިޔާވެރި ގޮތަކަށް ގަތުލު ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުން ހުރި މައުލޫމާތު ހާމަކުރަން ވަކި ތަނެއް ނޯންނާނެ ކަމަށް ބުނެ އަފްރާޝީމްގެ އާއިލާ އިން އޭރުގެ ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި އަބްދުﷲ ރިޔާޒަށް މިއަދު ރައްދު ދީފި އެވެ.

ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ވަނީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތުތަކެއް އެނގޭ ކަމަށާއި، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އޭނާ ވިދާޅުވީ މަގާމެއްގައި ހުއްޓައި އެ މީހަކަށް ލިބޭ މައުލޫމާތާއި ވާހަކަތަކަކީ ބޭނުން ކޮންމެ ގޮތަކަށް ހިއްސާ ކުރެވޭނެ އެއްޗެއް ނޫން ކަމަށެވެ.

އެ ކަމަށް ރައްދު ދެއްވައި އަފްރާޝީމްގެ އެއްބަނޑު އެއްބަފާ ބޭބެ، އަބްދުއްނާސިރު އަލީ "މިހާރު" އަށް މިއަދު ވިދާޅުވީ އިންސާނެއްގެ މަރާ ގުޅޭ ގޮތުން ލިބިފައިވާ މައުލޫމާތު ދިނުމަށް ވަކި ތަނެއް ނޯންނާނެ ކަމަށެވެ. އަމިއްލަ އަށް އިސްވެ އެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި އެގޮތުން މީޑިޔާ އާއި އާއްމު ތަންތަނުގައި ވެސް އެކަން ހާމަކުރަން އާއިލާ އިން އެދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

Afrasheem ge maraa gulhey mauloomaathu media gai haama eh nukureveyne: Riyaz

Afrasheem ge maraa gulhey mauloomaathu media gai haama eh nukureveyne: Riyaz

The most trusted news source in the Maldives

Mihaaru

އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު މީޑިއާގައި ހާމަކުރެވެން ނެތް ކަމަށް ރިޔާޒު ވިދާޅުވުން--

ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ އެ މަރާ ބެހޭ މައުލޫމާތު، މަޖިލީހުގެ ކޮމެޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާ އިން އެ ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.

އެ މައުލޫމާތު ހާމަނުކުރައްވާ ރިޔާޒު ދައްކަވާ ވާހަކަތަކަކީ އެއްވެސް ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް އަފްރާޝީމްގެ ބޭބެ ވިދާޅުވި އެވެ.

"ވަކިތާކަށް ހާޒިރުކުރަން ދެން ހުންނާކަށް ނުޖެހޭ. މަގުމަތީގައިވެސް މީޑިޔާތަކުގައިވެސް އެ މައުލޫމާތު ދޭންވީ. އަމިއްލައަށް އިސް ނަގައިގެންވެސް އެ މައުލޫމާތު ދޭންވީ،" އުނގޫފާރު ކައުންސިލް މެމްބަރުކަން ވެސް ކުރައްވާ އަބްދުއްނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް މަރާލި ކަމަށް ސާބިތުވެ ހ. ލޮބީ ހުސެއިން ހުމާމް މަރަން ހުކުމްކޮށްފައިވާއިރު އެ ހިސާބުން އެ މައްސަލަ ނުނިމޭ ކަމަށް އާއިލާއިން ބުނެ އެވެ. އެ ކަން ކުރީ ކޮން ބައެއްގެ އެންގުމަށް އަދި ކޮން މަގުސަދެއްގައިކަން ފުލުހުންނަށް ހޯދިފައިނުވާތީ އާއިލާއިން އަބަދުވެސް ކަންބޮޑުވުން ފާޅުކުރެ އެވެ.

އަބްދުއްނާސިރު ވިދާޅުވީ އޭނާގެ ކޮއްކޮގެ މަރުގެ ހަގީގަތް ހޯދައިދެއްވާނެ ކަމަށް 2013 ގައި ރައީސް އަބްދުﷲ ޔާމީން ވެސް ވައުދުވެވަޑައިގެންނެވި ކަމަށާއި ނަމަވެސް އެކަން ވީ ތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެ މަރަށް އިންސާފު ހޯދައިދެއްވާނެ ކަމުގެ ވައުދު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެސް ވަނީ ވެވަޑައިގެންފަ އެވެ. އެހެންކަމުން އާއިލާ އިން މިހާރު އިންތިޒާރުކުރަނީ އެކަން ވާނެ ދުވަހަކަށް ކަމަށް ނާސިރު ވިދާޅުވި އެވެ.

އަފްރާޝީމް އަވަހާރަ ކޮށްލިކަން ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހުމާމް: އާއިލާއިން ބުނަނީ ހުމާމާ ހަމައިން އެ މައްސަލަ ނުނިމޭ ކަމަށް، ފޮޓޯ: ފުލުހުން

އޭނާ ވިދާޅުވި ގޮތުގައި އަފްރާޝީމް އަވަހާރަކޮށްލުމަކީ ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާފައިވާ އަމަލެކެވެ. އެކަމުގެ އަޑީގައި ތިބި މީހުން ހާމަކުރަން ޖެހޭ ކަމަށް އަބްދުއްނާސިރު ވިދާޅުވި އެވެ.

"އެކަން ހޯދަން ބޭނުންވެއްޖެއްޔާ ވަރަށް ފަސޭހަވާނެ. ވަރަށް ގިނަ ބަޔަކަށް އެނގޭ ބޮޑު ސިއްރެއް އެއީ. އަޅުގަނޑުމެން 2018 އާ ހަމައަށް ވެސް މިތިބީ އެކަން ވޭތޯ. އަދިވެސް މިތިބީ އެގޮތަށް،"

އަފްރާޝީމް އަވަހާރަކޮށްލި ބަޔަކު ހޯދުމުގައި އެހީތެރިވެދޭން ތައްޔާރަށް ހުންނެވި ކަމަށް ދިވެހި ސައިންސްވެރިޔާ ޕްރޮފެސަރު ހަސަން އުގައިލް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހިލޭ ދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު އޭނާ ދިރިއުޅުއްވި ގޭ، ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ. ތޫނު އެއްޗަކުން ހަށިކޮޅަށް ހަމަލާދީ ވަރަށް ބޮޑަށް އޮތީ ޒަހަމްކޮށްލާފަ އެވެ.

14 ކޮމެންޓް, 76 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 80%
icon angry icon angry 5%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙުސެން

25 October 2018

ރިޔާސީ 2 ދައުރުގެ ވައުދެއް. ޢަބްދުﷲ ރިޔާޒް މަޖިލިސް އިންތިހާބުގެ ދެވަނަ ދައުރަށްވެސް ހަމައެވާހަކަ. ސީޕީކަމުހުރެ ލިބުނުމައުލޫމާތުގެ ދަޅަދައްކައިގެން އަނެއްކާ މަޖިލީހަށް ވަންނަން ތި ފައިގަޅަނީ. މަހައިރާން ހީވޭ.

The name is already taken The name is available. Register?

ހުސީނާ

24 October 2018

އަޅެ އަފްރާޝީމް މަރާލިގޮތާއި މަރަން ފައިސާދިން މީހުންނާއި އެކަން ހިގިގޮތް ހުމާމްކިޔައި ނުދޭތަ. ހުމާމް ކިޔައިދިން ވާހކަތަކުން އެމީހުންހައްޔަރު ކުރެވޭވަރަށް ހެކި ނެތޭ ނޫންތަ ބުނަނީ. ދެންހަމަ އެމީހަކު އަޅުވަންބޭނުން މީހެއްގެބޮލުގައި މިގަތުލު އަޅުވަންވީއޭތަ ތިކިޔަނީ.

The name is already taken The name is available. Register?

މުސަޅު

24 October 2018

އަބްދުﷲރިޔާޒް ތި މަޑުކުރަނީ ހަމާމު މަރާލަންދެންތަ؟

The name is already taken The name is available. Register?

ޣުލްހާރު

24 October 2018

ކޮންމެވެސް ބޭފުޅަކު ތިކަން ބަލައިދިނުމަށް އެދި ރިޔާޒު ގޮވައިގެން ކޯޓަށް ދާންފެނޭ

The name is already taken The name is available. Register?

އަލީމުހަނު

24 October 2018

ރިޔާޒު ޕޮލިސް ކޮމިޝަނާ އަކަށް ހުރިއިރު ނުވިކަމެއް! އޭރު ޕޯޑިއަމް އަށް އަރާ އެމްޑީޕީ ބޮލުގަ އަޅުވާ ކަހަލަ ގޮތަކަށް ވާހަކަ ދެއްކެވީ. އޭރުވެސް އިހުލާސްތެރިކަމެއް ނެތް، މިހާރު އަހުރެމެން އިތުބާރުކުރަންވީ ސަބަބެއް ނެތް!

The name is already taken The name is available. Register?

އިހްސާސް

24 October 2018

ބަލަ ފުލުހުންގެ މިހާރުގެ އިސްމީހުނަށްވެސް ނޭންގޭ ވާހަކައެއް ނޫނޭ ރިޔާޒު އެބުނާވާހަކައަކީ. އަދި ރިޔާޒު އެވާހަކަ އާންމުކުރިޔަސް އޭނާއަކަށް އެއިން އެކަކުވެސް ހައްޔަރެއްވެސް ނުކުރެވޭނެ. ފުލުހުންނަށް އެކަން ކުރެވޭނީވެސް އެމީހުންނަށް އޮތޯރިޓީލިބިގެން. އެކަން އަންނަން އަންނާނީ އެންމެ މަތީ މަޤާމުން ނޫންތަ. މީނުވެގެން އުޅޭކަމަކީ.

The name is already taken The name is available. Register?

އެހެންދީ

24 October 2018

ކުރިން ރިޔާޒު ހުރީ ކޮމިޝަނާ އަކަށް، އެއީ އެންމެ މަތީ މަގާމު. އޭރު ނުވީ ކީއްވެ؟

The name is already taken The name is available. Register?

ނޫސް ބަލާމީހާ

24 October 2018

ރިޒާޟް އަކީ އެކިވެރިއެއްނޫން . މަޤާމުގެ ގޮތުން ލިބިފައިހުރި މަޢުލޫމާތެއްހުރީ . އެމަޢުލޫމާތު ޝަރުޢީ މަރުޙަލާއެއްގައި ނޫނީ ހާމަކުރުމަކީ ރިޔާޟް ކޮށްގެންވާނެ ކަމެއްނޫން .

The name is already taken The name is available. Register?

ނޫސްބަލާމީހެއް

24 October 2018

ރިޔާޒުކަލޭވެސް ތިމަަޢޫލޫމާތުމީިޑިޔާޔައްދޭކަަށެއްނުކެރުނުދެޮ

The name is already taken The name is available. Register?

ފާސްނުވާ ޑރ

24 October 2018

ބާޢީން ކުރި ވެރިކަމުގަ ތިބި މީހުންނަށް ވަރަށް ފަސޭހަވާނެ ހާމަ ކުރަން.. ރައީސް އިބޫ ޖެހޭނީ މުޅިތިމައްސަލަ މުރާޖާ ކުރަން އޭގެ ފަހުން ހާމަކުރައްވާނެ ޔަގީން....

The name is already taken The name is available. Register?

ސަންފަ

24 October 2018

އަބްދުﷲރިޔާޒް ހައްޔަރު ކޮއްގެން ވެސް ތިބަޔަކު ބަލަން ވެއްޖެޔެންނު

The name is already taken The name is available. Register?

ޙަސަން ފުތު

24 October 2018

އަފްރާޝީމް ގެ މަރާބެހޭ މައުލޫމާތު އެނގިހުރެ އެވާހަކަ ބުނަން އުޒުރު ދައްކަވާނަމަ ތިޔާޒު ހައްޔަރު ކުރަން ފުލުހުންނަށްޖެހޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454