ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު ނަޒީފު (ވ) އަދި ޑީޓެކުގެ މެނޭޖިން ޑިރެކްޓަރު މަސީހު އެއްބަސްވުުމުގައި ސޮއިކުރެއްވުމްށްފަހު ލިޔުްން ބަދަލުކުރައްވަނީ.-- ފޮޓޯ: ޓީވެކް
29 އޮކްޓޯބަރ 2018 - 12:26
ތަމްރީނު ދިނުމުގެ އެއްބަސްވުމެއްގައި ޑީޓެކާއި ކޯސްޓްލައިންގެ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އިން މިއަދު ސޮއިކޮށްފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ބޭއްވި ރަސްމިއްޔާތުގައި ތަމްރީނުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ބ. ކިހާދޫގައި ހުޅުވާފައިވާ ޓިވެކުގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފާއި ޑީޓެކުގެ މެނޭޖިން ޑިރެކްޓަރު މަސީހު އިމާދެވެ.
ޑީޓެކުން ވަނީ ޖެޓްސްކީއެއް ވެސް ޓިވެކަށް ހަދިޔާކޮށްފަ އެވެ. އަދި އެ މަރާމާތުކުރުމާ ބެހޭ ތަމްރީނުތައް، ޓިވެކުގައި ކިޔަވައިދެމުން އަންނަ ލެކްޗަރުންނަށް ވެސް ޑީޓެކުން ކިޔަވައިދޭނެ އެވެ.
ޓިވެކުގެ ދަރިވަރުންނަށް ތަމްރީނުތައް ދަސްކޮށްދޭނީ، އެ ލެކްޗަރާއިންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމާދު ވިދާޅުވީ ވޮކޭޝަނަލް ތަމްރީނުތަކަކީ ރާއްޖެ އަށް ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އެފަދަ ތަޖުރިބާ ލިބިފައިވާ ހުނަރުވެރިން ހޯދުމަކީ ގޮންޖެހުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
ޓިވެކާއި ޑީޓެކުން އެއްބަސްވުމުގައި ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގައި، ޑީޓެކްގެ މެނޭޖިން ޑިރެކްޓަރު މަސީހު (ކ-2) ވާހަކަދައްކަވަނީ.-- ފޮޓޯ: ޓިވެކް
ޓިވެކާއި ގުޅިގެން ޓްރެއިނިން މަސައްކަތް ފެށުމުން އެކަމުގެ ކުރިއެރުން ޑީޓެކަށް ވެސް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ވޮކޭޝަނަލް ސެންޓަރުގައި ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ކޯސްތައް މިހާރު ވެސް އަންނަނީ ހިންގަމުންނެވެ. އެ ކޯސްތަކުގެ ފުރަތަމަ ގްރެޖުއޭޝަން އަންނަ ބުދަ ދުވަހު ބާއްވަން އޮތީ ހަމަޖައްސައިފަ އެވެ.
ނަޒީފު ވިދާޅުވީ ތަނެއް ކުރިއަރައި ދާނީ އިންސާނީ ވަސީލަތްތައް ތަރައްގީކޮށްގެން ކަމަށެވެ. ޓިވެކުގެ ބޭނުމަކީ ވެސް ޒުވާނުންތަކެއް ތަމްރީނުކޮށް މަސައްކަތުގެ މާހައުލަށް ނިކުތުންކަމަށް އޭނާ ވިދާޅުވި އެވެ.
ދަރިވަރުންނަށް ހިލޭ ކިޔަވައިދެމުން އަންނަ ޓިވެކުގައި 44 ދަރިވަރުން އަންނަނީ މިހާރު ވެސް ކިޔަވަމުންނެވެ. އެ ސެންޓަރުގެ ދެ ވަނަ ބެޗަށް ވަރަށް އަވަހަށް ހުޅުވާލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޫސަ އަލީ
31 October 2018
އެއްޗިހީގަ ސޮއިކުރާއިރު އެބަޖެހޭ ކޮރަޕްޝަން ނައްތާލަން. މިއީ ދެރަކަންތައްތައް....
ބޮޑު މީޙާ
30 October 2018
ވަޒީފާއަށް ކައުންސިލަށް ހުށަހެޅިމީހުންނަށް ޖަވާބު ނުދީ. ވަކި ފަރުދަކު އެންގި ގޮތްތަކަށް ވަޒީފާތައް ބަހާލާފަ. އަޖާބު ދޯ!