އެސޯސިއޭޝަން ކަޕުގެ ގަދަ ފަހެއް (ކ-ވ) ލޯންގޭ، ޝާޑު، ހުޒާމް، ކުޑަކާއްޓޭ އަދި ބުޅިކޭ.
30 އޮކްޓޯބަރ 2018 - 10:02
މިހާރު އެވޯޑްސްގައި ހޮވާ އަހަރުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ވޮލީބޯޅަ ކުޅުންތެރިޔާ އާއި ދެ ޖިންސުން އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމަށް ނިމިގެން ދިޔަ ގައުމީ އަންހެން ވޮލީބޯޅަ މުބާރާތާއި އެސޯސިއޭޝަން ކަޕުގެ ފިރިހެން ބައިން ވާދަކުރާ ކުޅުންތެރިން ކަނޑައަޅައިފި އެވެ.
އެސޯސިއޭޝަނުން ކަޕުން އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ ހުޅުމާލޭ ސްޕޯޓްސް ކްލަބުގެ އިސްމާއިލް ޝާހު (ކުޑަކާއްޓޭ) އާއި ޕޮލިހުގެ އަލީ ހުޒާމާއި ހުސެއިން ވިޝާމް (ބުޅިކެ) އަދި ދިވެހި ސިފައިންގެ ކްލަބުގެ އަހުމަދު އަބްދުލްކަރީމް (ލޯންގޭ) އަދި ހުސެއިން ޝާހިދު (ޝާޑު) އެވެ.
މި މުބާރާތުން އެންމެ މޮޅު ޒުވާން ފިރިހެން ކުޅުންތެރިޔާގެ މަގާމަށް ވާދަކުރަނީ އާއި ސްޕޯޓްސް ކްލަބުގެ އަރީޒް މުހައްމަދާއި އަހުމަދު މުޒްލިފް އަދި މަލްސަން ސްޕޯޓްސް ކްލަބުގެ އަހުމަދު އަލާމް މުހައްމަދު ދީދީ އެވެ.
ގައުމީ އަންހެން މުބާރާތުގެ ގަދަ ފަހެއް (ކ-ވ) ޝައްފަ، އަޒީފާ، މާޖިދާ، ޖޫޒަން އަދި ހައްވަ.
ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުން އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑަށް ނޮމިނޭޓްވީ ޕޮލިސް ކްލަބުގެ ހައްވާ ރާޝިދާ އާއި ލ. ފޮނަދޫގެ އައިޝަތު މާޖިދާ އާއި ޖޫޒަން ޒަރީރާއި އައިޝަތު ޝައްފަ އަދި ވެމްކޯގެ އައިޝަތު އަޒީފާ އެވެ.
ވޮލީބޯޅައިގެ މި އެވޯޑްތަކުގެ އިތުރުން ފުޓްބޯޅައިގެ އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް މިހާރު އެވޯޑްސްގައި ހޮވާނެ އެވެ. އަދި ޓޭބަލް ޓެނިސް، އެތުލެޓިކްސް، ބެޑްމިންޓަން އަދި ސްވިމިން އެއްކޮށްލައިގެން ދެ ޖިންސުން އެންމެ މޮޅު ތިން ކުޅުންތެރިންނާއި އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ވެސް ހޮވާނެ އެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައިދާނުގައި ކާމިޔާބީ ހޯދާ ދިވެހި ކުޅުންތެރިންގެ އަގުވަޒަންކުރުމުގެ އެވޯޑަކާއި ކުޅިވަރަށް ދިގު މުއްދަތަކަށް ހިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ވެސް ހާއްސަ އެވޯޑެއް ދޭނެ އެވެ. އެ އިނާމް ޚާއްސަކުރަނީ ދިވެހި ކުޅިވަރަށް ބައި ގަރުނެއްހާ ދުވަހު ޚިދުމަތްކުރެއްވި މަރްހޫމް މުހައްމަދު ޒާހިރު ނަސީރުގެ ހަނދާނާއި ޝަރަފަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު ބުޝްރީ
30 October 2018
ކުޑަ ކާއްޓެއަށް ހައްގުބާ؟ މިކަހަލަ ވާހަކަ ދެއްކީމަ ހަޖަމެ ފަޅޮލޭ ކިޔާނެ އެކަމު މީ ފުކެއް ބޮޑުވަރު
އިޏަހދައ
30 October 2018
ކީކެ ކިކޭ؟ ކުޑަ ކާއްޓެ ޔޭ؟ ސަހަރޯ ހީވެ!