ކުޅިވަރު / ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2018

ވާދަވެރި ރޭސް މޯޑަށް، 10 ކިލޯމީޓަރު ފަޒީލަށް

ފަސް ކިލޯމީޓަރުގެ ފިރިހެން ބައިން ރޭސް ކާމިޔާބުކުރި މޯޑު ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

02 ނޮވެމްބަރ 2018 - 21:14

6 comments

މިއަދު އޮތް ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އެންމެ ވާދަވެރިވާނެ ކަމަށް ބެލެވުނު 5 ކިލޯމީޓަރުގެ ދުވުން މުހައްމަދު ރަޝީދު (މޯޑު) ކާމިޔާބުކުރިއިރު، 10 ކިލޯމީޓަރުގެ ބައިން އެއް ވަނަ ދާދި ފަހުން ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުގެ މަގާމު ލިބުނު ހުސެއިން ފަޒީލް ހާރޫން ހޯދައިފި އެވެ.

ފަސް ކިލޯމީޓަރުގެ ރޭސް މޯޑް ކާމިޔާބުކުރީ 16:41 މިނިޓުން ނިންމައިގެންނެވެ. ދެ ވަނަ އަށް ދިޔައީ މި ފަހަރު މޯޑާ އެންމެ ވާދަކުރާނެ ކަމަށް ބެލެވުނު މިދިޔަ އަހަރުގެ އެއް ވަަނަ ޝިފާޒް މުހައްމަދު އެވެ. މިދިޔަ ފަހަރު ޝިފާޒް އޭރުގެ ގައުމީ ރެކޯޑް މުގުރާލީ 16:15 މިނެޓުން ދުވެގެންނެވެ. އެކަމަކު މި ފަހަރު އޭނާގެ ޓައިމިން އަކީ 17:39 މިނިޓެވެ.

ފަހަކަށް އައިސް ރަން ވަނަތަކެއް ހޯދަމުން އަންނަ ފަޒީލް މިއަދު 10 ކިލޯމީޓަރުގެ ރޭހުގައި ވެސް ނުކުތީ ފުރިހަމަ އިތުބާރާ އެކު އެވެ. އެއީ ދާދި ފަހުން ގައުމީ އެތުލެޓިކްސް މުބާރާތުގެ ކާމިޔާބީއާ އެކު ރަނގަޅު ފޯމެއްގައި ހުރުމުންނެވެ. ދިހަ ކިލޯމީޓަރުގެ ގައުމީ ރެކޯޑް ވެސް އޮންނަ ފަޒީލް މިއަދު ރޭސް ނިންމީ 34:28 މިނިޓުންނެވެ. ދިހަ ކިލޯމީޓަރުގެ ފަޒީލްގެ ރެކޯޑް ޓައިމިން އަކީ 31:48 މިނިޓެވެ.

މި ބައިން ދެ ވަނަ ލިބުނީ ހުސެއިން ރިޒާ އަށެވެ. ރިޒާގެ ޓައިމިން އަކީ 38:09 މިނިޓެވެ.

ދިހަ ކިލޯމީޓަރުގެ އަންހެން ބައިގެ އެއް ވަނަ ހޯދީ މިދިޔަ އަހަރުގެ ފަސް ކިލޯމީޓަރުގެ އެއް ވަނަ މަރިޔަމް އަބްދުލްކަރީމް (މަރީ) އެވެ. މަރީ ރޭސް ކާމިޔާބުކުރީ 45:33 މިނިޓުން ދުވެގެންނެވެ. އެ ބައިން ދެ ވަނަ އަށް ދިޔަ ޕެޓްރީޝިއާ ގޯމޭޒްގެ ޓައިމިން އަކީ 47:02 މިނިޓެވެ.

ފަސް ކިލޯމީޓަރު ބައިން އަންހެން އެއް ވަނަ ހޯދީ ގައުމީ ޓީމުގެ އައިމިނަތު ޖާއިޝާ ޖުނީޒް އެވެ. އޭނާގެ ޓައިމިން އަކީ 22:19 މިނިޓެވެ. ދެ ވަނަ ހޯދީ ކީރާ ޓާނަވްސްކާޔާ އެވެ.

10 ކިލޯމީޓަރުގެ އަންހެން ބައިން އެއް ވަނަ ހޯދި މަރީ ސެޓްފިކެޓާ ހަވާލުވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ހުޅުމާލޭގައި އޮތް ރޯޑްރޭހަށް މި ފަހަރު ވެސް ހޫނު ތަރުހީބެއް ލިބުނެވެ. ބައިނަލްއަގްވާމީ ރޭހަކަށް ވުމުން ރާއްޖޭން ބޭރުގެ ދިގު ރާސްތާ ދުވުންތެރިން ވެސް ބައިވެރިވި އެވެ. އަދި އެކި ކެޓަގަރީތަކުން އަދި އެކި އުމުރުގެ ޖުމްލަ 4000 މީހުން ދުވުނެވެ.

ދުވުން ކުރިއަށްދިޔައިރު، ސެންޓްރަލް ޕާކް ސަރަހައްދުގައި އެކި ކަންކަމަށް ހާއްސަ ކުރެވިފައިވާ ތަފާތު ސްޓޯލްތައް ހުރުމުން ގިނަ ބަޔަކު ވަނީ އެކިކަންކަމުން ހިތްހަަމަ ޖެހުން ހޯދައިފަ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ބާއްވާތާ 12 ވަނަ އަހަރު ވީ މިއަދުގެ ރޭހުގައި މި ފަހަރު ވެސް ގައުމީ ފެންވަރުގެ އެތުލީޓުންނާއި ކަސްރަތަށް ދުވާ މީހުންގެ އިތުރުން އާއިލާ އާއި ރަށްޓެހިންނާ އެކު މަޖަލަށް ދުވި މީހުން ވެސް ހިމެނެ އެވެ. ކޮންމެ ބަޔެއްގެ މޫނުމަތިން ވެސް ރޭސް ނިމުމުން ވަރުބަލިކަމުގެ އިހުސާސްތައް ފެނުނަސް ފަހުން އެ ލިބޭ ހިތްހަމަ ޖެހުމަކީ އާއިލާ މީހުންނާ އެކު ފޮޓޯއެއް ނަގާލައި މި ހަރަކާތުގައި ބައިވެރިވި ކަމުގެ ހަނދާނެއް ފޮރުވުމެވެ. އެއަށް ބާރު ލިބެނީ ރޭސް ނިންމާ ކޮންމެ ދުވުންތެރިއަކަށް ދިރާގުން ދޭ މެޑަލް އިންނެވެ.

ޓައިމިން ޓެކްނޮލޮޖީ ހިމަނާފައިވާ ބިބުގައި ހުރިހާ ދުވުންތެރިން ވެސް ދުވިއިރު، ޓައިމިން ވަގުތުން ބަލާލެވޭނެ އިންތިޒާމް މޯބައިލް ފޯން އެޕްލިކޭޝަން މެދުވެރިކޮށް ވަނީ ތަނަވަސްކޮށްފަ އެވެ. އަދި ރޭސް ނިމުމާ އެކު ނަތީޖާތައް ވެސް ފެންނަން ހުއްޓެވެ. ދިރާގުން ވަނީ ރޭސް ނިންމި ކޮންމެ ބައިވެރިއަކަށް މެޑަލެއް ދީފަ އެވެ.

ދިރާގު ރޯޑްރޭހުގެ 10 ކިލޯމީޓަރުގެ ފިރިހެން ބައިން އެއް ވަނަ ހޯދި ފަޒީލް މިއަދުގެ ރޭހުގައި ދުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްކޫލް ކެޓަގަރީގެ 13 އަހަރުން މަތީގެ ފިރިހެން އެއް ވަނަ ދިޔައީ އިސްމާއިލް މަސޫން އަހުމަދު އެވެ. އަންހެން ބައިން އެއް ވަނަ އަކީ މަރިޔަމް ޔާނާ ނާސިހް އެވެ.

ސްކޫލް ކެޓަގަރީ 13 އަހަރުން ދަށުގެ އެއް ވަނަ ފިރިހެން ދުވުންތެރިއަކީ އަބްސަލް އަބްދުﷲ އާދަމް އެވެ. އަންހެން ބައިން އެއް ވަނަ ދިޔައީ މަރިޔަމް ސާރާ އިސްމާއިލް އެވެ.

މި ފަހަރުގެ ރޯޑުރޭހުން ލިބުނު ފައިސާ 10 ޖަމިއްޔާ އަކަށް ވަނީ ދީފަ އެވެ. އަދި އޭގެ ތެރެއިން ދުވުންތެރިންގެ މެދުގައި އެންމެ މަގުބޫލު ޖަމިއްޔާތަކަށް ދިރާގުން ވަނީ 200،000ރ. ދީފަ އެވެ. މަގުބޫލު ޖަމިއްޔާ ހޮވާފައިވަނީ ރޭހަށް ރަޖިސްޓްރީ ކުރިއިރު ދުވުންތެރިން އެންމެ ގިނައިން އިހުތިޔާރުކުރި ޖަމިއްޔާތަކަށް ބަލައިފަ އެވެ.

ރޭހުގެ ބައިވެރިންގެ ގޮތުގައި ފައިސާ ލިބުނު ޖަމިއްޔާތަަކަކީ ސޮސައިޓީ ފޯ ހެލްތު އެޑިއުކޭޝަން (ޝީ)، ކެއާ ސޮސައިޓީ، ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ، ބިއުޓިފުލް ޑައުންސިންޑްރޮމް، މޯލްޑިވިއަން ތެލަސީމިއާ ސޮސައިޓީ އެވެ.

އެންމެ މަގުބޫލު ފަސް ޖަމިއްޔާއަކަށް ހޮވިފައިވަނީ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް (އެމްއޭޕީޑީ)، އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރަންސް (އާކް)، ކެންސަ ސޮސައިޓީ އޮފް މޯލްޑިވްސް، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން އަދި ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އެވެ.

ދިރާގު ރޯޑު ރޭހުގައި ބައިވެރިވި ބައެއް ދުވުންތެރިން ދުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މި ފަހަރުގެ ރޭހުގެ އެންމެ މަތީ ވަނަތަކަށް ދިޔަ ފަރާތްތަކަށް ޓްރީޓޮޕް ހޮސްޕިޓަލްސްގެ ފަރާތުން ވަނީ ހެލްތީ ލިވިން އެޑްވާންސް ޕެކޭޖާއި ހެލްތު ސްކްރީނިން ވައުޗަރެއް ދީފަ އެވެ. އަދި ވަނަތަކަށް ހޮވުނު ދުވުންތެރިންނަށް ދިރާގުން ވެސް ވަނީ ފައިސާގެ އިނާމެއް ދީފަ އެވެ.

ފަސް ކިލޯމީޓަރު (ފިރިހެން)

1. މުހައްމަދު ރަޝީދު (މޯޑު) - 16:41 މިނިޓް

2. ޝިފާޒް މުހައްމަދު - 17:39 މިނިޓް

3. އަބްދުލް ރަޝީދު އިސްމާއިލް - 18:20 މިނިޓް

ފަސް ކިލޯމީޓަރު (އަންހެން)

1. އާމިނަތު ޖާއިޝާ ޖުނީޒް - 22:19 މިނިޓް

2. ކީރާ ޓާނަވްސްކާޔާ - 26:12 މިނިޓް

3. އައިޝަތު އައިން އަހުމަދު - 26:24

10 ކިލޯމީޓަރު (ފިރިހެން)

1. ހުސެއިން ފަޒީލް ހާރޫން - 34:28 މިނިޓް

2. ހުސެއިން ރިޒާ - 38:09 މިނިޓް

3. އަހުމަދު ރިޒާ - 40:26 މިނިޓް

10 ކިލޯމީޓަރު (އަންހެން)

1. މަރިޔަމް އަބްދުލްކަރީމް (މަރީ) - 45:33 މިނިޓް

2. ޕެޓްރީޝިއާ ޑޮރީން ގޯމޭޒް - 47:02 މިނިޓް

3. ފާތިމަތު ނިއުޝާ - 51:32 މިނިޓް

ފަސް ކިލޯމީޓަރު (45 އަހަރުން މަތި - ފިރިހެން)

1. އިބްރާހިމް ނައީމް - 20:26 މިނިޓް

2. އަލީ ރިޔާޒް - 21:14 މިނިޓް

3. މުހައްމަދު ޖުނައިދު - 21:44 މިނިޓް

ފަސް ކިލޯމީޓަރު (45 އަހަރުން މަތި - އަންހެން)

1. ނަޝީދާ އަލީ - 29:41 މިނިޓް

2. އައިޝަތު ސައީދާ - 30:10 މިނިޓް

3. އައިޝަތު މަދީހާ - 30:20 މިނިޓް

މިއަދުގެ ރޭހުގެ ތެރެއިން ދުވުންތެރިއަކު ހާއްސަ އެހީ އަށް ބޭނުންވާ މީހެއް ގޮވައިގެން ދުވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

6 ކޮމެންޓް, 32 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 6%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޯދޯޑޮ

04 November 2018

މިވަރުގެ އިވެންޓަކުން 1 ވަނަ އަށް 6000 ރުފިޔާ އެ ކޯޗެއް؟ ދިރާގު ކަހަލަ ކުންފުންޏެއް ދެން މިވަރު އެއްޗެއް ދިނީމަ ކަޑަ...

The name is already taken The name is available. Register?

ރައްޔިތުން.

03 November 2018

ދިރާގުން ފައިދާގެ ގޮތުގައި ބިލިއަނަކާ ކައިރިކުރާވަރަށް ލާރި ހޯދިއަސް މިރޭސް ބާއްވައިގެން ހުރިހާ އެންމެނ ްލައްވާ ދިރާގު ޑީޝާޜޓް ލައްވާފައި ރައްޔިތުން ދޭ ލަރި އެެންޖީއޯ ތަކަށް ދެނީ ދިރާގުން އެންމެ ލާރިއެއްވެސް މިދުވުމުން އެންޖީއޯ ތަކަށް ނުދޭ!. ސޯ ދިރާގުގެ އިޝްތިހާރު ބޯޑަކަށް ވެގެން ދުވުމުގެ ބަދަލުގައި މިކަން އެންޖީއޯ ތަކުން އަމިއްލައަށް އިންތިޒާމްކޮށް ގިނަ ކުންފުނިތަކަކަށް ސްޕޮންސަރ ކުރެވޭ ގޮތަށް ހަދާ އަހަރެމެންވެސް އެހީތެރިވާންވީ. ޖަހާނަންތަ؟

The name is already taken The name is available. Register?

އަޖައިބު

04 November 2018

ޚަބަރު ރަނގަޅަށް ކީންތަ؟؟؟

The name is already taken The name is available. Register?

more

03 November 2018

ތިވަރުގެ ކުންފުންޏަކުން އެންމެ 6000 ރުފިޔާ؟؟؟ އަހަރެމެން ރަށު ގާދިރުމެން ބާއްވާ ރަށު މުބާރާތުގެ 01 ވަނައަށް ވެސް ދޭ 25000 ރުފިޔާ

The name is already taken The name is available. Register?

ޢަހުމަދު އަސްހަދު

02 November 2018

1. ވަފިއްޔާ މުހައްމަދު - 21:20 މިނިޓް 2. އާމިނަތު ޖާއިޝާ ޖުނީޒް - 22:19 މިނިޓް ޜަގަލުތަ

The name is already taken The name is available. Register?

ގޭޓް

02 November 2018

މަގުތަކުގެ ޓްރެފިކް ބެލެހެއްޓި ގޮތް ވަރަށް ފެންވަރުދަށް. ދުއްވާއެއްޗެހީ އުނދަގޫ ބޮޑުވިތަން ފެނުނު. 2019 އަށް ވިސްނާ މިކަންރަނގަޅުކުރަން އެދެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454