ޚަބަރު / ސީއެމްޑީއޭ

ސީޖީ އެފޯޓްސް އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ސީއެމްޑީއޭ އިން ތަމްރީން ޕްރޮގްރާމެއް ހިންގަނީ -- ފޮޓޯ: ސީއެމްޑީއޭ

05 ނޮވެމްބަރ 2018 - 21:22

ކެޕިޓަލް މާކެޓު ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް (އެމްއެސްއީ) އަދި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން މި އަހަރު ތައާރަފް ކުރި ކޯޕަރޭޓް ގަވަނަންސް އެފޯޓްސް (ސީޖީ) އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ސީއެމްޑީއޭ އިން ބުނިގޮތުގައި މި އެވޯޑަށް ކުރިމަތިލުން މި މަހުގެ 30އާ ހަމައަށް އިތުރުކުރީ، ގިނަ ކުންފުނިތަކަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށެވެ.

އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށްފައިވާ މި އެވޯޑަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ "ގޯލްޑް 100" ލިސްޓުގައިވާ ކުންފުނިތަކަށެވެ. އެ ލިސްޓުގައި ޕްރައިވެޓް ކުންފުނިތަކާއި ޕަބްލިކް ލިސްޓަޑް ކުންފުނިތައް ވެސް ހިމެނޭތީ، އެވޯޑް ދެނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

މިގޮތަށް ހަމަޖެއްސީ ޕަބްލިކް ލިސްޓަޑް ކުންފުނިތަކަށް ސީއެމްޑީއޭގެ ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލުކުރުން ލާޒިމުކޮށްފައިވާ އިރު ޕްރައިވެޓް ކުންފުނިތައް މިކޯޑަށް އަމަލު ކުރަނީ ވޮލަންޓަރީ ކޮށް ކަމުގައި ވުމުން، ހަމަހަމަ އުސޫލަކުން އެވޯޑު ދިނުމަށްޓަކައި ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

ދަ ސީޖީ އެފޯޓްސް އެވޯޑަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ ކުންފުނިތަކުގެ މެދުގައި ކޯޕަރޭޓް ގަވަނަންސް ޕްރޮމޯޓްކުރުމަށް ތައާރަފް ކުރި އެވޯޑެއް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ. އަދި މި އެވޯޑް ދެނީ ކުންފުނިތަށް ކޯޕަރޭޓް ގަވަނަންސްގެ އުސޫލުތަކާ އެއްގޮތަށް ހިންގުމަށް ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، އެކަމަށް ތަރުހީބު ދިނުމަށްޓަކައި ކަމަށް ވެސް އެތަނުން ބުންޏެވެ.

ސީއެމްޑީއޭ އިން އަންނަނީ 2008 ވަނަ އަހަރުން ފެށިގެން ކޯޕަރޭޓް ގަވަނަންސް ރާއްޖޭގައި ޕްރޮމޯޓްކުރަމުންނެވެ. މިގޮތުން ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ކޯޕަރޭޓް ގަވަނަންސް ކޯޑެއް އެކުލަވާލާ، މި ކޯޑަށް އަމަލުކުރުން ޕަބްލިކް ލިސްޓަޑް ކުންފުނިތަކަށް ލާޒިމުކޮށްފައިވެ އެވެ. އަދި ވޮލަންޓަރީކޮށް މިކޯޑަށް އަމަލުކުރުން ޕްރައިވެޓް ކުންފުނިތަކަށް ހުޅުވާލާ، ކޯޑަށް އަހުލުވެރިވުމުގެ ކަންކަމުގައި ސީއެމްޑީއޭއިން އެހީތެރިކަން ފޯރުކޮށްދީފައި ވެ އެވެ.

"ހުރިހާ ކުންފުނިތަކެއް ވެސް މި ކޯޑަށް އަމަލުކުރުމަށް މަސައްކަތް ކުރުމަކީ ސީއެމްޑީއޭ އިން ބާރުއަޅާކަމެއް، ހާއްސަކޮށް މުސްތަގްބަލުގައި ސެކިއުރިޓީޒް މާކެޓުގައި ލިސްޓުވާން ބޭނުން ކުންފުނިތައް،" ސީއެމްޑީއޭގެ ޑިރެކްޓަރ ޖެނެރަލް، ހެޑް އޮފް މާކެޓް ޑިވެލޮޕްމެންޓް ފާތިމަތު އަބްދުﷲ ކަމާލުއްދީން ވިދާޅުވި އެވެ.

މި އެވޯޑް ދޭން ނިންމާފައި ވަނީ މި އަންނަ އަހަރު ބާއްވާ "ގޯލްޑް 100 ގާލާ 2019" ގަ އެވެ. މި އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ ފޯމާއި، އިތުރު ތަފްސީލު ސީއެމްޑީއޭގެ ވެބްސައިޓުން ލިބޭނެ އެވެ.

ގޯލްޑް 100 އަކީ ރާއްޖޭގައި ކުރިއަރަމުންދާ ކުންފުނިތަކުގެ އަގުވަޒަން ކުރުމަށްޓަކައި އެ ކުންފުނިތަކުގެ ޕާފޯމަންސް ވަކި މިންގަނޑުތަކަކުން ސްކްރީން ކުރުމަށް ފަހު ހޮވާ 100 ކުންފުންޏެކެވެ. ގޯލްޑް 100 ރާއްޖެއަށް ތަޢާރަފްކުރެވުނީ 2017 އަހަރެވެ. މި އަންނަ އަހަރު ބާއްވާނީ މީގެ ތިން ވަނަ ގާލާ ނައިޓެވެ.

ސީއެމްޑީއޭ އަކީ ރާއްޖޭގެ ހިއްސާގެ ބާޒާރު ތަރައްގީ ކުރުމާއި ރެގިއުލޭޓް ކުރުމުގެ އިތުރުން ހަރުދަނާ އަދި އިންސާފުވެރި ގޮތެއްގައި ސެކިއުރިޓީޒް އުފައްދައި، ނެރެ ގަނެ ވިއްކުމުގެ ނިޒާމް ތަންފީޒުކުރުމަށް ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާ ބެހޭ ގާނޫނުގެ ދަށުން 2006 ގައި އުފައްދާފައިވާ މިނިވަން މުއައްސަސާ އެކެވެ. އަދި މިއީ ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ގާއިމުކުރެވިފައިވާ ރިޓަޔަމަންޓް ޕެންޝަން ސްކީމް ބަލަހައްޓާ، ރެގިއުލޭޓް ކުރުމުގެ ޒިންމާ ވެސް އަދާކުރާ ފަރާތެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454