އިންޑިއާގެ އަންހެނަކު ނައިޓީއެއް ލައިގެން.
12 ނޮވެމްބަރ 2018 - 07:25
ދުވާލު ނައިޓީ ލައިގެން އުޅޭ އަންހެނުން ޖޫރިމަނާކުރަން އިންޑިއާގެ އަވަށަކުން ނިންމައިފި އެވެ.
އަންދުރަޕްރަދޭޝްގެ ހުޅަނގު ގޯދަވަރީ އަވަށުގައި މި ގަރާރެއް ނެރުނީ އަންހެނުން ބާރުވެރިކޮށް، ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ބުންޏެވެ. ގަރާރު ނެރެފައި ވަނީ އަވަށުގެ ކަމޮށިވެގެންވާ މީހުން ހިމެނޭ ނުވަ މެމްބަރުންގެ ކޮމިޓީއަކުންނެވެ.
ގަރާރުގައި ބުނެފައިވާ ގޮތުގައި އާންމުކޮށް ރޭގަނޑު ނިދަންލާ ހެދުން ލައިގެން ހެނދުނު 7:00 އިން ރޭގަނޑު 7:00 އަށް ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ. އެކަމާ ހިލާފުވެއްޖެ ނަމަ އެ މީހަކު 2،000 ރުޕީސް އިން ޖޫރިމަނާ ކުރެވޭނެ އެވެ.
އަދި ދުވާލު ނައިޓީ ލައިގެން ނުކުމެ އުޅެނިކޮށް ފެނިއްޖެ މީހެއްގެ މައްސަލަ ރިޕޯޓް ކުރާ މީހަކަށް އިނާމެއްގެ ގޮތުގައި 1،000 ރުޕީސް ވެސް ދޭނެ އެވެ.
މިކަމަށް ހުޅަނގު ގޯދަވަރީގެ ވަރަށް ގިނަ އަންހެނުން ވަނީ ތާއީދު ވެސްކޮށްފަ އެވެ.
އެ މީހުން ބުނި ގޮތުގައި މިއީ އަންހެނުންގެ ހިމާޔަތާއި ރައްކާތެރި ކަމަށް ބާރު އަޅައި ދޭނެ ކަމެކެވެ. އެހެންވެ ދުވާލު ނައިޓީ ލައިގެން ބޭރަށް ނުކުތުން މަނާ ކުރުމަށް ވަރަށް ބޮޑަށް ތައީދު ކުރާ ކަމަށް އެ އަވަށުގެ މެޖޯރިޓީ އަންހެނުން ބުންޏެވެ.
"މިއީ ހަގީގަތުގައި ވެސް ވަރަށް ރަނގަޅު ނިންމުމެއް. މިކަމަށް އަހަރެމެން ހަމަ ވަރަށް ތާއީދު،" އެ އަވަށުގެ އަންހެނުންތަކެއް އީޓީވީ ބާރަތު އަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހުމަދުބޭ
13 November 2018
ދެން ކަނޑައަޅަންޖެހޭ ނައިޓީއަކީ ކޮންއެއްޗެއްކަން..
ނާހިލޫ
13 November 2018
ގަޅި އިންޑިއާ
ނައިޓީ
13 November 2018
ހާދަފެންވަރުމަތީ މީހުންއުޅޭ އަވަށެކޭ! ޢެހެންވީއިރު ލާނެ ނައިޓީއެއްނޫން އެހެންއެއްޗެއް ނެތްމީހަކު ބޭރަށް ނުކުއްނަންޖެހޭނީ އެއްޗެއްނުލައިތާ!
ބަރުބާދު
13 November 2018
ކަލޯ ތިކަހަލަ ބުރާންތިންނައް ރަނގަޅު ނޯންނާނެ ހަމައެއްގޮތްވެސް.
އަލީގެ މަލީ
13 November 2018
ޢިންޑިއާ އަކީ ފެޑެރަލް ސިސްޓަމަކަށް ހިންގާ ގައުމެއް އެކި ހިސާބުގަ ހިނގާނި އެކި ގާނޫން
މދނ
12 November 2018
މަހުވާ ހީޙީ ހަލާކު ވެއްޖެ..ގަޅި އިންޑިޔާ
ހަސީނާ
12 November 2018
ތިޔަ އަޅާ ސާރީއަށްވުރެ ގައިމުވެސް ނިވާކަން ބޮޑު. އެންމެ ބޮޑު ޑިމޮކްރަސީ އޭ ކިޔާއިރު ފަރުދީ މިނިވަންކަމަށް ތިޔަހެން އަރައިގަނެވޭތަ
ރޭޕް
12 November 2018
އަންހެނުން ބާރުވެރިކުރުމުގެ ނަމުގައި ތިކަން ކުރެވުނީމަ އޯކޭ ވެފަ އެތައް ތުއްތު މައުސޫމް އަންހެންކުދިން ތަކެއްގެ ރޭޕްގެ ޝިކާރައަށްވެ އަނބުރާއި ޝަަރަފްވެރިކަން ކަތިލެވޭ އިރު ތި ބުނާ އަންހެނުން ބާރުވެރިިކަމުގެ ގޮޅިއަށް އެކުދިން ނުފެތެނީ ކީއްވެބާ؟ ތިކަހަލަ ތާކުންތާކު ނުޖެހޭ ކަންތައް ކުރުމަށްވުރެ މާ ރަނގަޅުވާނެ އެކަމަށް ހައްލު ހޯދިޔަސް.