އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް.
22 ނޮވެމްބަރ 2018 - 11:38
ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓުތަކުގެ ތެރެއިން ދުނިޔެ އަށް ނަން މަޝްހޫރު ތިން ރިސޯޓެއް އަންނަ އަހަރު ހުޅުވުމުގެ މަސައްކަތް ފަށައިފި އެވެ.
ކުރިޔަށް އޮތް އަހަރު ރާއްޖޭގައި ތިން ރިސޯޓު ހުޅުވުމަށް ތައްޔާރީތައް ވަމުން ދާއިރު، އޭގެ ތެރެއިން އެންމެ މަޝްހޫރު އެއް ރިސޯޓަކަށް ވެގެން ދާނީ ހާޑް ރޮކް ކެފޭ ހިންގާ ކުންފުނިން ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް މޯލްޑިވްސް އެވެ.
އެނބޫދޫ ފަޅުގައި އަންނަ އަހަރު މާޗް މަހު ހުޅުވާ ހާޑް ރޮކް ހޮޓެލް އަކީ ރޮކް މިއުޒިކަށް ލޯބި ކުރާ ފަރާތްތަކަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެގޮތުން ޓޫރިސްޓުންނަށް އެކުގައި މިއުޒިކް ކުޅެލެވޭނެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި އެ ރިސޯޓުގައި ހުޅުވާ 'ރޮކް ސްޕާ' އަކީ މިއުޒިކްގެ ދުނިޔޭގައި ބޭނުން ކުރާ ސާމާނުން ފަރުމާ ކުރެވިފައިވާ ހާއްސަ ޓްރީޓްމަންޓްތަކެއް ދޭން ހަމަޖެހިފައިވާ ތަނެކެވެ.
އޭގެ އިތުރުން ދުނިޔޭގެ ތަފާތު އެކި ކާއެއްޗެހި ރަހަބަލާލުމަށް "ދަ އެލިފަންޓް"، "ދަ ބަޓަފްލައި" ނުވަތަ ހާޑް ރޮކް ކެފޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ލިބޭނެ އެވެ.
އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ހާޑް ރޮކް ހޮޓެލް ރިސޯޓް ރެސްޓޯރަންގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް
އަންނަ އަހަރު އޭޕްރިލް މަހު ހަމަ އެނބޫދޫ ފަޅުގައި ހުޅުވަން ހަމަޖެހިފައިވާ ހިލްޓަންގެ ސައީ ލެގޫން މޯލްޑިވްސް އަކީ 200 ބީޗް ފްރަންޓް ވިލާ އާއި އޯވާ ވޯޓާ ވިލާތައް ހިމަނައިގެން ތަރައްގީ ކުރާ ރިސޯޓެކެވެ.
އެ ރިސޯޓުގައި ހުޅުވަން ހަމަޖެހިފައިވާ ރެސްޓޯރަންޓްތަކުގެ ތެރެއިން، "ބީން ކޯ ކެފޭ' އިން މަތީ ފެންވަރުގެ ކޮފީ، "ކެފޭ ޑެލް މާ" އިން ހެނދުނުގެ ނާސްތާ، "މިސްޓާ ތޮމްޔަމް" އިން ތައިލޭންޑްގެ މުއްސަނދި ކެއުން ތަކާއި "މިސް އޮލިވް އޮއިލް" އިން ސީފުޑްގެ ގިނަ ބާވަތްތައް ލިބޭނެ އެވެ.
ހަމަ އެގޮތުން އަންނަ އަހަރު މާޗު މަހު ދ. އަތޮޅުގައި ހުޅުވާ ބަގްލިއޯނީ ރިސޯޓަކީ އިޓާލީގެ ފަސް ތަރީގެ ފެންވަރު ހުރި ކުންފުންޏަކުން ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި ޖުމްލަ 96 ވިލާ ތަރައްގީކުރާއިރު، އޭގެ ތެރޭގައި ފެމިލީ ބީޗް ވިލާ، ޕްރެޒިޑެންޝަލް ވޯޓަ ވިލާ އަދި އޮވާ ވޯޓާ ވިލާ ހިމެނެ އެވެ.
އެނބޫދޫ ފަޅުގައި ތަރައްގީ ކުރާ ސައީ ލެގޫން މޯލްޑިވްސް ރިސޯޓްގެ 3D ކުރެހުމެއް. -- ފޮޓޯ: ހާޑް ރޮކް ހޮޓެލް
ބަަގްލިއޯނީ ރިސޯޓުގައި ކަނޑު އަޑީގެ ރީތި މަންޒަރުތައް ބަލާލުމަށް ފުރުސަތު ލިބޭ އިރު، އަޔުރްވަދިކް ގާޑަން ސްޕާގައި ތައި ތެރަޕީ ނެގުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އިޓަލީގެ މަޝްހޫރު ކެއުން ލިބޭ ރެސްޓޯރަންޓެއް ވެސް ހިމެނެ އެވެ.
ރާއްޖޭގައި ނަން މަޝްހޫރު ތިން ރިސޯޓް ހުޅުވަން ހަމަޖެހިފައިވާ އިރު، 2019 ވަނަ އަހަރު ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ. މި އަހަރު ވެސް ރާއްޖޭގައި ގިނަ ރިސޯޓްތަކެއް ހުޅުވައި މިހާތަނަށް 100 އަށް ވުރެ ގިނަ ރިސޯޓް ދަނީ އޮޕަރޭޓް ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
23 November 2018
ރައްޔިތުންގެގައިގަހިތްވަރެއްހުރިނަމަ “ގުޅިގެން ހައްޤުމިންވަރުހޯދުމަށްނިކުމެ ކުރިމަތިލާންތައްޔާރުނަމަ” ޤައުމުގެމުއްސަނދިކަމަކީ މާލެ ކިޔާރަށްގަނޑެއްގެވަށައިގެންއެބުރެންޖެހޭއެއްޗެއްނޫންކަންބުނެދިނުމަށް ތައްޔާރަށްތިއްބަވާ. * * ސޯލިޙްގެ ފުރަތަމައަހަރު ހަނިމާދޫ، ގޭން އެއަރޕޯޓް ޒަމާނިފެންވަރަށްގެނެސް އުތުރުން ހއ ހދ ށ ނ ދެކުނުން އައްޑޫ، މުލައް ހުވަދޫ ލާމާއި ތ ގައި ރިސޯޓްހަދަން ބައިނަލްއަޤުވާމީބިޑަށްހުޅުވާނުލައިފިނަމަ “އެހެންގޮތެއްހޯދުމަށް” ތައްޔާރުވޭ.
އަމިއްލަ މީހާ
22 November 2018
އަގުބޮޑު ހޮޓާތައް ހަދައިގެން ދިވެހިންނަށް މާކަ ބޮޑު ފައިދާތަކެއް ނުކުރޭ. އެތަންތަނުގެ މަތީ ވަޒީފާތަކުގަ ގިނައިން ތިބެނީ ބޭރުގެ މީހުން. ދިވެހިންނަށް ގިނައިން ލިބެނީ ދައްފަންތީގެ ވަޒީފާތައް. ދެން ސަރުކާރަށް އެލިބޭ އެއްޗެއްގެ ތަފްސީލް ހާމަކޮއްލީމަ އެއްޗެއް ބުނަން އެނގޭނި. ފާއިތުވި އަހަރުތަކުގަ ސަރުކާރުގެ ހަރަދުތަކާއި ލިބޭއެއްޗެއް މާކަ ބޮޑަކަށް ހާމައެއް ނުކުރޭ.
ހިމޭންދުނިޔޭ
22 November 2018
ވަހީދުލް އައްވަލު އަށް ތާއީދު. މި އަތޮޅުގަ އޮތް މި ރީތި ތަށް މިހާރު އޮތީ މުޅިން ހަލާކު ކޮށްލާފަ. ކުޅިވެސް ހިއްކާލައިފި ކަމުގެ ޚަބަރު ލިބޭ.
ދދދދދ
22 November 2018
ޔާމީންގެ އިގްތިސާދުގެ ހަރުދަނާކަން.
ވަހީދުލް އައްވަލު
22 November 2018
ފާދިއްޕޮޅު ގައި އޮންން ރާއްޛޭގެ ބޮޑު ބިޔަ ހުދުފުއްޓަށް ވަޒީފާ އަށް ދިއުމުގެ އިންތިޒާރުގައި ތިބި މީހުން މުސްކުޅިވެއްޖެ. ރިސޯޓު ހަދާތާ 30 އަހަރު. މިހާރުވެސް އެރަށުން ވިއްކަނީ ކާށްޓާއި ކުދި ރުއް. ގެއްލުމުގެ ހިސާބުޖަހާބަލަ. ނުވިތާކަށް މަސައްކަތެއް ކޮއްލަން އެއްބަސްވެ އަރާމީހާ ގެ ކަށިކޮޅުވެސް ނުފެނޭ.
ސޭކިސްތާނުގެޑޮކްޓަރު
22 November 2018
އޭ މަވެސް ތި ހިތި ތަޖުރިބާ ކޮށްފިން. މިހާރުން މިހާރަށް ތި ހުދުފުށި ސަލާމަތް ކުރޭ...
ޝޮކްތެރަޕީ
22 November 2018
މި ރާއްޖެގެ އެމްމެއަގުހުރި ފައިދާވާތަން އައިހެވަން. އިންޑިޔާއަ ދޭން އިބޫގެ ސަރުކާރުން މިއުޅެނީ. މި ރާއްޖޭގެ މިނިވަންކަމަ ސުވާލުއުފެދެން ފަށަފި މިހާރު.
ފޫހި
22 November 2018
އަހަރެން އުފަލެއްނުވޭ. ތިޔަފަޅުތަކާއި ރައްތަށް ދީފައިވާގޮތުގެ އަޑިނޭންގޭތީއާއި ދިވެއްސަކަށް އެއްވެސް އެއްޗެއްނުލިބޭނެތީއާއި، ރާއްޖޭގެ ގުދުރަތީ ރީތިކަމުގެ ފައިދާ ދުނިޔޭގެ މުއްސަދިކުންފުނިތަކަށް އެކަނި ލިބޭތީ. އަދި ދިވެހިން ދިރިއުޅެން ބޮޑު ސިޓީއެއް ހަދަންޖެހޭ ތަން މަދު ބަޔަކު އަޑީގައިތިބެގެން ވިއްކާލާފައިވާތީ.