ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

ހުނަރު އެބަހުރި، އިސްކަންދޭނީ ނަތީޖާ ނެރުމަށް: ގައުމީ ކޯޗު

ޭއެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރާއްޖޭގެ ކުޅުންތެރިންގެ ކިބައިގައި ހުނަރު އެބަހުރި ކަމަށާއި އެންމެ ބޮޑު އިސްކަމެއް ދޭނީ ނަތީޖާ ނެރުމަށް ކަމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

ގައުމީ ޓީމާ ހަވާލުވި ފަހުން ފުރަތަމަ ފަހަރަށް މިއަދު މީޑިއާއާ ވާހަކަ ދައްކަމުން ގައުމީ ކޯޗު ސްޓެވާޓް ބުނީ ބޭނުންވަނީ ލާއޯސްއާ ދެކޮޅަށް ކުޅޭ ދެ މެޗުން ރަނގަޅު ނަތީޖާތަކެއް ނެރެ އޭޝިއަން ކަޕް ކޮލިފައިން ދެން އޮތް ބުރުން ޖާގަ ހޯދުމަށް ކަމަށެވެ.

"އެންމެ ފުރަތަމަ ވެސް މިއޮތީ މުހިއްމު ދެ މެޗު. އަހަރެންނަކީ ފުޓްބޯޅައިގައި ދުރަށް ވިސްނުމުގެ ބަދަލުގައި ނަތީޖާ އަށް މަސައްކަތް ކުރާ ކޯޗެއް. އަހަރެންގެ ވިސްނުން ބައްޓަން ކުރާނީ ވެސް އެގޮތަށް. އެއީ ކުރިއަށް ދެވޭނީ ވެސް ނަތީޖާ ނެރެގެން ކަމަށްވާތީ،" މިއަދު އެފްއޭއެމް ހައުސްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމުގައި މިދިޔަ ދެ އަހަރުގެ ތެރޭ ދެ ކޯޗުން މަސައްކަތްކުރި އެވެ.. އަހުލާގީ މައްސަލަތަކެއްގެ ސަބަބުން ވެލިޒާ ޕޮޕޯފް މަގާމުން ވަކިކުރިއިރު، އެންމެ ފަހުން ކޯޗަކަށް ހުރި ނިއު ޒީލެންޑަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިރުޝާދުދިން ރިކީ ހާބަޓް މަގާމުން ވަކިކުރީ ތިން މުބާރާތެއްގެ ސެމީ ފައިނަލުން ބަލިވުމުންނެވެ.

"ޕްރެޝަރެއް ނެތް އަހަންނަން. އަހަރެންނަކީ މާޒީއާ މެދު ފިކުރުކުރާ މީހެއް ނޫން. އަަހަރެންގެ ކުރިން ތިބި ދެ ކޯޗުންގެ ވާހަކަ ދައްކަން ނެތިން. އޭގެން ކުރާނެ ފައިދާއެއް ނެތުމުން. އަހަރެންގެ އަމާޒަކީ މި ޓީމަށް އިތުރު ކުރިއެރުން ހޯދައިދިނުން. މިހިރީ ފުރަތަމަ މެޗަށް ޓީމާ އެކު ނުކުންނަން ކެތްމަދުވެފައި،" ސްޓެވާޓް ބުންޏެވެ.

އުމުރުން 50 އަހަރުގެ ސްޓެވާޓް ވަނީ 1986 ވަނަ އަހަރުން ފެށިގެން 2001 ވަނަ އަހަރުގެ ނިޔަލަށް ޕްރޮފެޝަނަލް ފުޓްބޯޅަ ކްލަބް ލެވެލްގައި ކުޅެފަ އެވެ. އެގޮތުން އޮސްޓްރޭލިއާގެ ނިއުކާސަލް ބްރޭކާސް އާއި ބްލެކްޓަން ސިޓީ އަދި މެލޭޝިއާގެ ޖޮހޯރު އެފްސީ އަދި ސިންގަޕޫރުގެ ބަލެސްޓިއާ އަށް ކުޅުނެވެ.

އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު ސްޓެވާޓް (ކ) އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މުހައްމަދު ކަލީމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޓެވާޓް ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. ސްޓެވާޓް އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ.

ރާއްޖޭގެ ގައުމީ ޓީމަކީ ސްޓެވާޓް ކޯޗުކޮށްދޭ ފުރަތަމަ ގައުމީ ޓީމެވެ. އޭނާ ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ބޮޑު ވަޒީފާ ކަމަށެވެ.

"މިއީ އަހަރެންގެ ކޯޗިން ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފުރުސަތު. ފުރަތަމަ ފަހަރަށް ގައުމީ ކޯޗެއްގެ ގޮތުގައި ފެނުނަސް އަހަރެންގެ އެބަހުރި އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ. ސަރަހައްދީ ފެންވަރުގައި ރާއްޖެ އަށް ރަނގަޅު ކުރިއެރުންތަކެއް ހޯދޭނެ،" އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް ކުޅުނު ސްޓެވާޓް ބުންޏެވެ.

ގައުމީ ޓީމަށް ކުޅުންތެރިން ނެގުމުގައި ތަފާތެއް ނުގެންގުޅޭނަން - ކޯޗު

ސްޓެވާޓްގެ އިރުޝާދުގެ ދަށުން ރާއްޖެ ކުޅޭ ފުރަތަމަ ދެ މެޗަށް ވެގެންދާނީ އޭޝިއަން ކަޕް ކޮލިފައިން ޕްލޭއޮފުގައި ލާއޮސްއާ ދެކޮޅަށް އަންނަ މަހު އަދި އޮކްޓޯބަރު މަހު ކުޅޭ މެޗުތަކެވެ. އޭގެ ކުރިން މި މަހު 29 ވަނަ ދުވަހު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމާއި މިހާރުގެ ގައުމީ ޓީމުގެ މެދުގައި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ސްޓެވާޓް ބުނީ މެޗާ ދެމެދު މިހާރު މާ ގިނަ ދުވަހެއް ނެތް ކަމުގައި ވިޔަސް ރަނގަޅަށް ތައްޔާރު ވެވިއްޖެނަމަ ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށެވެ.

"ލާއޯސް މެޗު މިއޮތީ ވަރަށް ގާތުގައި. އަހަރެން ޓީމާ ހަވާލުވިއިރު ވެސް އެފްއޭއެމުން ޓީމުގެ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދިން. އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ގިނަ މެޗުތަކެއް ބެލިއްޖެ. ކުޅުންތެރިންގެ ހުނަރު އެބަހުރި. ލީގުގެ ފެންވަރާ މެދު ވެސް ހިތްހަމަ ޖެހޭ. ތަފާތު ފެންވަރުގެ ވަކިވަކި ކުޅުންތެރިން އެބަތިބި. ދެން ބޭނުންވަނީ މަސައްކަތް ކޮށްގެން ޓީމެއްގެ ގޮތުގައި ކުޅުވަން. ކުޅުންތެރިން ޓީމަށް ނެގުމުގައި ތަފާތެއް ނުގެންގުޅޭނަން،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓް ބުނީ ލާއޯސް މެޗަށް ނަގާ ސްކޮޑުގައި ހިމަނާނެ ކުޅުންތެރިންނާ މެދު ވިސްނަމުން އަންނަ ކަމަށާއި އެ މެޗުގެ ކުރިން އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ގިނަ މެޗުތަކެއް ކުރިއަށް ހުރުމުން ޓީމު ނަގާނީ އެ މެޗުތަކަށް ބެލުމަށް ފަހު ކަމަށެވެ. އޭނާ ބުނީ މި މަހު 27ގެ ކުރިން ޓީމު އިއުލާން ކުރާނެ ކަމަށެވެ.

4 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 94%
icon sad icon sad 3%
icon angry icon angry 3%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޔުތު

19 August 2016

ރަނގަޅު ކާމިޔާބީ އަކައް އެދެން

The name is already taken The name is available. Register?

ކޮމެންޓޭ

16 August 2016

ކޯޗުގެ ތިޔަ ބަހުން ވަރަށް އުފާވެއްޖެ. ސީނިއަރ ގައުމީ ޓީމަކީ ނަތީޖާ ނެރެންޖެހޭ ޓީމު. އެކި ގޮތްގޮތަށް ޓިމު ތައްޔާރު ކުރާނީ ޖޫނިއަރ ލެވަލްތަކުގަ.

The name is already taken The name is available. Register?

ކަޓޭ

16 August 2016

ތަފާތު ކުރުން ނުގެންގުޅޭނެކަމަށް ކޯޗު ބުނެފި. ބަަލަން މިތިބީ ކިހާވަރަކުން ދާނެތޯ... އެފް.އޭ.އެމް މީހުންގެ ނުފޫޒު ކޯޗަށް ނުފޯރައިފިއްޔާ ރަނގަޅު....

The name is already taken The name is available. Register?

ސިންތިލީ ވޫމް

16 August 2016

ޗުއްޓީ އައި މީހެއްތީ ބަލާތި ދުވަސް ކޮޅަކުން ބޭރުކޮއްލާނެ ނުވަތަ ކޮއްމެވެސް ހާސަރެއް ކިޔާ ދިވެހިންގެ އަގުވަޓާލާނެ. ކުރިން ވެސް ބުނިހެން ދިވެހި ގައުމީ ކޯޗު ތަމުރީނު ކުރޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454