ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
03 ޑިސެމްބަރ 2018 - 10:47
މި ސަރުކާރުން ސްޕޯޓްސް ޓޫރިޒަމް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް ފުޅާ ކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ފަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރްސީ) މެދުވެރިކޮށް ކުރަމުން އަންނަ އިރު އެކި ދާއިރާތަކުން ޓޫރިޒަމް ފުޅާ ކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.
"އާ ގޮތް ގޮތް ރާއްޖެ މިހުރި ލެވެލް އިން އެހެން ލެވެލްއަކަށް ގެންދިއުމުގެ ވިސްނުން އެބަހުރި. ގައުމުން ބޭރުގައި އުޅުނު އިރު ރާއްޖެއަކީ ދުނިޔެމަތީގެ ސުވަރުގެއޭ. ދެވަނަ އަށް ބުނަނީ އެފޯޑް ނުކުރެވޭނެއޭ. އަޅުގަނޑުމެން ބޭނުންވަނީ މި ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ރާއްޖެ އޮންނަން. މިއާ އެކީ ރާއްޖޭގައި އެބަހުރި ހުރިހާ ޕްރިމިއަމްތަކެއް. ކޮންމެ މީހަކަށް ވެސް ރާއްޖެ އައިސް އެ މީހަކު ބޭނުންވާ ޕްރޮޑަކްޓް އިހްސާސްކުރުމުގެ ފުރުސަތު ލިބިގެންދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ އެންމެ ޓޮޕް ބްރޭންޑްގެ ގޮތުގައި ރާއްޖެ ބޭއްވުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށާއި ލޯކަލް ޓޫރިޒަމާއި ހުރިހާ ދާއިރާއަކުން ޓޫރިޒަމް ފުޅާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ޓޫރިޒަމް ދާއިރާ ފުޅާކޮށް އާ ހަރުފަތަކަށް ގެންދިއުމަށްޓަކައި މުހިއްމު ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މާސްޓާޕްލޭނެއް އެކުލަވާލައްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ އެކު ސިމްޕޯސިއަމެއް ބާއްވާ، ޓޫރިޒަމް ދާއިރާގެ އިންޓަގްރޭޑެޓް މާސްޓާޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވާ މީހުން ދިރިއުޅޭ ރަށްތައް ކައިރީގައި ފަޅު ރަށްތައް ވެސް ހުންނަން. އެކްސްކާޝަނަށް ދެވޭނެ ރަށްތައް ހުންނަން. މާސްޓާޕްލޭން ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ އަތޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށް ވެސް ހިތްހަމަ ޖައްސާލުމަށް ޓޫރިސްޓުންނާ އެއްގޮތަށް ދަތުރު ދެވޭނެ ރަށެއް އޮތުން. އެ ހިތްހަމަޖެހުން އޮންނަން ޖެހޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ފުޅާ ކުރާނެ ގޮތްތައް މި ޕްލޭންގެ ތެރެއިން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މާރަނގާ - އައްޑޫ ސިޓީ
04 December 2018
ސާކް ސެކެޓްރިއޭޓާއި އިންޑިޔާ ޕާކިސްތާން ފަދަ ޤައުމުތަކުގެ އެހީތެރިކަމާއި މާލޭ ސަރުކާރުގެ ބަޖޭޓުން ވެސް ކުޑަމިންވަރެއް ހޭދަކޮށް ނަޝީދު އައްޑޫ އިކްއިޓޯރިއަލް ކޮންވެންޝަން ސެންޓަރ ބިނާކުރީ ރާއްޖޭގައިނެތް އާވިޔަފާރިތަކެއް ގެނައުމަށް. * * އެންމެ ހާއްސަކަމަކަށް ރޭވިފައިއޮތީ ހިތަދޫ ސްޓޭޑިއަމްގެ ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކޮށް ކޮންމެ އަވަށެއްގައި އިތުރު ޕިޗް ތަކެއް އަޅާ ޔޯރަޕް ޓީމްތައް ޤަތަރު ވޯލްޑްކަޕްގެ ކުރިން ކެމްޕްޖެހުމަށް އައްޑޫ ހެދުމަށް.
ސޭޓުގެ އަނބިމީހާގެ ފިރިމީހާ
03 December 2018
އަހަން މިހިރީހަމަ ކޮސްވެފައެވެ! މިރާއްޖެމިއުޅެނީ ދަރަނިން ސަލާމަތްނުވެގެނެވެ. މިކަލޭގެ މިދައްކަަނީ އެކަމެއްކުރަން ގިނަޚަރަދުތަކެއް ކުރަންޖެހޭނެ ކަމެއްގެ ވާހަކައެވެ. ބުނެބަލާށެވެ! ތަންތަންހެދުމާއި ތަކެތިހޯދުން ޙަވާލުކުރާނީ ކިހިނަކުން ކޮންބަޔަކާކަން ދެފުށުން ދައްކާލަދޭންޗެ! ކަޓުނަގާވަރު އެނގޭނީ އޭރުންތާއެވެ.
ނަސީދު
03 December 2018
ތިކަންއޮތީ އެނބޫދޫ ފަޅުގައި ހަދާ ރިސޯޓްތަކުގައި ރައީސް ޔާމީން ފައްޓަވައިދެއްވާފަ. އެތަންތަން ހުޅުވުނީމަ ކުޅިވަރުކުޅެލާ ޝޮޕިންގ ކޮށްލަން ޖައްސާލައްޗޭ އަލީ. ވަރަށް ޒަމާނީ ފެރީ ސަރވިސްވެސް އޮންނާނެ.
ސްޕޯޓްސް
03 December 2018
މި ސަރަހައްދުގައި އޮތް ސްޕޯޓްސްއަކީ ކްރިކެޓް. ހުޅުމާލެ ޑިޒައިންކޮށްފައިވަނީ ކްރިކެޓް ދަނޑެއް އޮންނަ ގޮތަކަށް ނޫން. އަދި ރާއްޖޭގެ އެއްވެސް ތަނެއްގައި ބައިނަލްއަޤްވާމީ ކްރިކެޓް ކުޅެވޭނެ ދަނޑެއް ނެތް. މި ސަރަހައްދުގައި ޖަޒީރާއެއްގައި ބައިނަލްއަޤްވާމީ ކްރިކެޓް ކުޅޭ ތަނެއް އޮތްނަމަ މިތަނަށް ޓީމުތައް އަންނާނެކަން ކަށަވަރު. މުޅި ދުވަހު މުޅި ދުނިޔޭގައި އެއްވެސް އަގަކާނުލައި ޓީވީ ޗެނަލްތަކުން އަގަކާނުލައި ރާއްޖޭގެ ރީތިކަން އިސްތިހާރު ކުރާނެ.
ލާމް
03 December 2018
އއ.މަތިވެރި ފިނޮޅު އެއީ އަތޮޅުގެ ހުރިހާ ރައްޔިތުން އަދި ލޯކަލް ގެސްޓުހައުސްތަކަށް އެކްސްކާޝަން ދެވޭ ރަށަކަށް މިހާރުން މިހާރަށްވެސް ބަދަލުކޮށްދީ، ކަރަޕްޝަންގެތެރެއިން އެރަށް ވިއްކާލި އެގްރީމަންޓު ބާތިލުކޮށްދިނުމަށް ގޮވާލަން
ނަޖްވާ
03 December 2018
މާ މޮޅެތި ބައިސާ ނުކަނޑާ ތިކަން ކުރަން ވީނު، މީހުންގެ އިތުބާރު ހޯދަން! އެއީ މީނައަކީ މީހުން ޓްރަސްޓް ކުުރާ މީހެއް ނޫން! ކީއްވެބާ މިިކަހަލަ ފަސް ބައި ކިލަނބު ވެފަ ތިބޭ މީސްމީހުންނަށް މިނިސްޓަރުކަން ދެނީކީ!