03 ޑިސެމްބަރ 2018 - 18:01
ރިޝްވަތުގެ ގޮތުގައި އެއް ލައްކަ ޑޮލަރު ހުށަހެޅި މައްސަލަ އޭސީސީ އަށް އަންގާފައިވާ ކަމަށް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އަށް އަސްލަމް ވިދާޅުވީ، އެ މައްސަލަ މިހާރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އެނގޭނެ ކަމަށެވެ.
މިދިޔަ ހޮނިހިރު ދުވަހު ދިއްފުށީގެ ފެނާއި ނަރުދަމާގެ ނިޒާމް އިފްތިތާހުކުރަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެން މިދިޔަ މަދު ދުވަސްކޮޅުގެ ތެރޭގައި ވެސް "އެއް ލައްކަ ޑޮލަރު"ގެ ހުށައެޅުމެއް އޭނާއަށް އައި ކަމަށާއި އެކަމަކު ކޮރަޕްޝަންގެ ތެރެއިން މަޝްރޫއުތައް ހަވާލުނުކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެއް ލައްކަ ޑޮލަރު (1.5 މިލިއަން ރުފިޔާ) ހުށައެޅީ ސަރުކާރުން ކުރިއަށް ގެންދަން ނިންމައި އެކަމަކު އަދި ހަވާލުނުކުރެވި އޮތް މަޝްރޫއުއަކާ ގުޅިގެންނެވެ.
"މެސެޖު ފޮނުވި މީހާ ބުނަނީ މަސައްކަތް އަވަސްކޮށްލަ ދެވިދާނެހޭ. އެއް ލައްކަ ޑޮލަރު އަސްލަމަށޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ބައެއް އެހެން މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި އަސްލަމް ވިދާޅުވި އެވެ.
ރިޝްވަތު ހުށަހެޅުމަކީ ޖިނާއީ ކުށެއް ކަމަށް ގާނޫނުލް އުގޫބާތުގައި ބަޔާންކޮށްފައިވެ އެވެ. އެގޮތުން އެނގިހުރެ ދައުލަތުގެ މުވައްޒަފަކަށް މަންފާއެއް ދިނުން ނުވަތަ ދިނުމަށް ހުށަހެޅުމަކީ ރިޝްވަތު ކަމަށް ބަޔާންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށިޔާޒް.
05 December 2018
ކޮރަޕްށަން އާ ދެކޮޅު ވީމަ ފަކުވާ މީހުން ހާދަ ގިނަަަަޢޭ މި ގަޢުމުގަ މިހާރު ދޯ.. ނޯރމް ޢަކަށް މިކަން މިޢޮތީ ވެފަ މިހާރު މުޖްތަމަޢުގަ.. ސަހަރޯ.
ސާފު ތާހިިރު މީހެކޯ
04 December 2018
ހެހެހެ މީނަ ކޮން ކަމަކުން ސަލާމަތް ވާންތަ މި ތްޅެނީ. ހުދު ގަމީހަކާއި ހުދު ފޮށައެއް ލައިިގެން ހުންނަންވީނު. އާނ އެހެންޏަ މީނަ މީ ކާކުކަން މީހުން ނުދަނޭ ވިިއްޔަ. ތީ ކުރީގެ ހައުސިންގ މިނިސްޓަރެއްނު. އެވަރުން އެކަނިވެސް ފުދޭ.
ނީނނޭ
04 December 2018
ކޮރަޕްޓް މީހެއް
އަލީ އާއްމު
04 December 2018
ހާދަތެދުވެރިއެކެ އެކަމް ކުރީގަމިނިސްޓަރުކަމުގަ ފޯނުބިލައް ކިހާވަރެއތޯ ކޯޓައްދައްކަންޖެހުނީ ބޭފުޅާއައް ކިހާވަރެއްތޯ ރައްޓެހިންނައް ރީލޯޑުކޮއްދިނީ މިވަރުވީމަ ރުފިޔާނުނަގަހުންނެތަ މިދެން އަރަތެއްދޯ
މޫޗީ/މީދޫ
04 December 2018
ނޫސްތައް ކޮންޓްރޯލް ކުރަނީ މަހުޖަނުން ، މަޖްލިސް ކޮންޓްރޯލް ކުރަން އެއުޅެނީ މަހުޖަނުން. މިގައުމު ރަގަޅުކުރެޥޭނީ ރައްޔިތުން ފިސާރިއަށް އުޅެގެން.
ސޔާނު
04 December 2018
މަޖުލީހު މެންބަރުންނަށް ފައިސާ ގޯނި ހިފައގެން ގޮސް ރިސްވަތު ފައިސާ ބެހި މީހާގެ މައްސަލަ ބަލާނެ މީހެއް ، މުއައްސަސާއެއްވެސް ނެތް
ކެޕްރިކާ
04 December 2018
މިހާރު ނޫހުން މިކަމުގެ ކުރިޔަށް ހުރި އަޕްޑޭޓް ގެނެސްދެއްވާތި ޕްލީޒް. އެކަން އޮއްބާލަން ފުރުސަތު ނުދެމާ.
އަސްލަންޓޭ
04 December 2018
ކޮރަޕްޝަންގެ މައްސަލައެއްކަމަށް ބުނެ އަސްލަމް ތި މައްސަލަ އޭ ސީސީ އަށް ހުށަހެޅުމަކީ ތިމާއީ ހުދުކާފޫރުކޮޅެއްކަން ބަޔަކަށް ދައްކަން ކަމުގައިވިޔަސް އެމްޑީޕީގެ މީސްމީހުންނަކީ ކިހާ ސާފު ބައެއްކަން އޮޑިޓް ރިޕޯޓްތަކުން ފެންނަން އެބަހުރި.
އެއްމިލިއަންދެރުފިޔާ
04 December 2018
ހާދަ ބިރުން ތިއުޅެނީ؟
ނޮކްސް
03 December 2018
މީތި ހަގީގަތަކަށް ވެއްޖެނަމަ މިގައުމުގަ މަތީމަގާމުތަކަށް އާދެވުމަކީ ފައިސާޖަހާ ތަތްގަނޑެއް މިލްކުވުންފަދަ ކަމެއް. މިހެންވީމަތާ މަގާމްދޭމީހާއާހެދި މަރުދަންމިޖެހި އާފިލްވަނީ. އަސްލަމް ތިގޮތުގަ ހުންނަވާތި އޭރުން އެނބުރިދާދުވަހަކުންވެސް މީހަކު ކޔާނެ ލަވައެއް ނޯންނާނެ
ހެއްވާ
03 December 2018
ތީ ހަަމައެކަނި މަތިއޮމާން ކޮށްލަން ކުރި ކަމެއް. އޭގެފަހުން ރަށްޔިތުންނަށް ނޭނގި ހުށައެޅި ހުށައެޅުންތަކޯ?