ޓްރީޓޮޕްގެ ހިދުމަތްތަކަށް އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ދެއްކޭ ގޮތަށް ހަމަޖައްސައިފި | ފޮޓޯ: އުރީދޫ.
04 ޑިސެމްބަރ 2018 - 10:37
އުރީދޫ އެމް-ފައިސާގެ ހިދުމަތް މެދުވެރިކޮށް، ޓްރީޓޮޕް ހޮސްޕިޓަލުގެ ހިދުމަތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް އުރީދޫ އާއި ޓްރީޓޮޕް ގުޅިގެން ތައާރަފްކޮށްފި އެވެ.
އިއްޔެ ތައާރަފް ކުރި ހިދުމަތް ޓްރީޓޮޕް ހޮސްޕިޓަލްގެ ވެބްސައިޓް އަދި އުރީދޫ އެމް-ފައިސާގެ މޮބައިލް އެޕް މެދުވެރިކޮށް ވެސް، ޓްރީޓޮޕް ކަސްޓަމަރުންނަށް ބޭނުންކުރެވޭނެ އެވެ. މިގޮތުން، ހޮސްޕިޓަލުން ލިބޭ ޚިދުމަތްތަކުގެ ތެރެއިން އެޕޮއިންޓްމަންޓް ހެއްދެވުން، އޯޕީޑީގެ ޚިދުމަތްތައް، އަދި ބޭސްފަރުވާ އަށް އެމް-ފައިސާ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް އުރީދޫން ބުންޏެވެ.
"އަޅުގަނޑުމެން ކުރިއަށްއޮތް ތަނުގައި ވެސް މަސައްކަތް ކުރަމުންދާނީ، އާންމު ދިރިއުޅުމުގައި ބޭނުންކުރަން ޖެހޭ ތަފާތު އެކި ޚިދުމަތްތައް ހޯއްދެވުން ޑިޖިޓަލްކޮށް، އިތުރަށް ފަސޭހަކޮށްދިނުމަށް. މިއަދު ޓްރީޓޮޕް އާއި އެކު ފެށުނު މި ގުޅުން އިތުރަށް ވަރުގަދަކޮށް، އެމް-ފައިސާ އެޕް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުން ފަދަ ބޭނުންތެރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން." އުރީދޫ މޯލްޑިވްސްގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވި އެވެ.
އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތާކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ. މިއީ ކަރަންޓު، އިންޓަނެޓް ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، މީޑިއާނެޓް، އެމްޑަބްލިއުއެސްސީ، މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ އަދި މޯލްޑިވްގޭސް ބިލްތައް ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަން
04 December 2018
ތި އޫރިދޫ ތީ ހުސް އިންޑިއާ މީހުން ބޮޑުންނަށް އުޅޭ ތަނެއް. ބޭނުމެއް ނޫން.
ސަފޫރާބިރާޒް
05 December 2018
ތިވާހަކަ ކުރިން ދެންނެވި ނަމަ ދުވަހަކުވެސް ނުނަ ގާނަން އެމީހުންގެ ނަމްބާ
ހޯނު
04 December 2018
ތި އެމްފައިސާ ގެ އެޕުގަނޑު ތާހިރު ކޮށްބަލަ! ނަޖިސް ކަމުން ހޮޑުލެވޭ!
ނިފޫ
04 December 2018
ތި އެމް ފައިސާއެއް އެކަކުވެސް ބޭނުމެއް ނުކުރޭ! އަތުގަ އޮންނަ ވިސާ ކާޑުން ޑައިރެކްޓްކޮށް ފައިސާ ފޮނުވޭ އެޕް އެއްނަމަ ހިނގާނެ.
ޢެސްޕްރެސޯ
04 December 2018
އޫރިދޫ...އުރީދޫ...ހަބޭސް އުރީދޫ...އެންމެ ސަޅި އޫރިދޫ...!!!