ސްޓެލްކޯ ކައިރީގައި ހުންނަ އެފްއެސްއެމްގެ ފިއުލް ޝެޑް. -- ފޮޓޯ: މިހާރު
04 ޑިސެމްބަރ 2018 - 22:00
ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ޕެޓްރޯލް ޝެޑް މިރެއިން ފެށިގެން 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމައިފި އެވެ.
އެފްއެސްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ ސްޓެލްކޯގެ ކައިރީގައި ހުރި ފިއުލް ޝެޑް 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމީ ރައްޔިތުންނަށް ފަސޭހަކަމާއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަން ކަމަށެވެ. އަދި އެގޮތަށް ނިންމީ އެސްޓީއޯގެ އިރުޝާދުގެ ދަށުން ކަމަށް އެފްއެސްއެމް އިން ބުންޏެވެ.
މާލޭގެ ތިން ސަރަހައްދެއްގައި އެފްއެސްއެމުން ތިން ޝެޑެއް ހިންގަ އެވެ. އަދި ރާއްޖޭގެ ބައެއް ރަށްރަށުގައި ވެސް ޕެޓްރޯލާއި ޑީސަލް ވިއްކުމަށް ފިއުލް ޝެޑްތައް ވަނީ ހުޅުވައިފަ އެވެ. އެއީ ހުޅުމާލެ އާއި އައްޑު އާއި ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫގަ އެވެ.
ސްޓެލްކޯ ކައިރީގައި ހުންނަ ފިއުލް ޝެޑް 24 ގަޑިއިރަށް ހުޅުވާފައި ބަހައްޓަން ނިންމީ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖެއްސުމުންނެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރި ކުރުމުގެ ގަވައިދު ކުރިން އޮންނަ ގޮތުން ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 5 އިން ފެށިގެން އެންމެ ލަސްވެގެން މެންދަމު 12 ޖަހަންދެނެވެ.
އެ ގަވާއިދަށް މިއަދު ގެނައި އިސްލާހުގައިވާ ގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓިދާނެ އެވެ. އެކަމަކު އެއީ ކަމާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ސަރުކާރުގެ ހުއްދަ ލިބިފައިވާ ތަންތަނަށް ވާންޖެހޭނެ ކަމަށް އެ އިސްލާހުގައިވެ އެވެ.
ޕެޓްރޯލާއި ޑީސަލް 24 ގަޑިއިރު ވިއްކޭ ގޮތަށް ގަވާއިދު އިސްލާހު ކުރިއިރު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތައް ވެސް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަކީ ސަރުކާރު ވައުދުވެފައިވާ ކަމެކެވެ. އެކަމަކު އެފަދަ ތަންތަނަށް އެ ހުއްދަ އަދި ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކެންޑްރިކް
05 December 2018
ލޮލް. އެންމެންވެސް ވާނުވާ ނޭނގި މިތާ ހޭބަލިވަނީޔޯ؟ މިތަނުން މަ ރޭގަވެސް އެޅިން ޕެޓްރޯލް 11 ޖެހި އިރު. ސައިކަލަށް. ދަންވަރުވެސް އެޅޭ. ދުވާލު މިތަނުން ސައިކަލު ތަކަށް ޕެޓްރޯލް އެޅުމަކީ މާ މުހިންމު ކަމެއް ނޫން. އެހެން ހުރިހާ ޝެޑަކުން އެޅޭނެ ދުވާލު ގަޑީގަ.
އަލިބެއްޔާ
05 December 2018
ރޭގަނޑު 10ގެ ފަހުން ސައިކަލަށް އަޅާދޭކަމަށްވަނީ
އަޝްރަފް
05 December 2018
ތިތަނުން ސައިކަލަކަށް ޕެޓްރޯލެއް ނޭޅޭ. ކޮންމެ މީހަކީ ކާރެއް ގެންގުޅޭ މީހެއް ނޫން. ދެން ކީއްކުރަން 24 ގަޑިއިރު ހުޅުވާފަ ބަހައްޓާ ތަނެއް.
ސީދި
05 December 2018
ސައިކަލު ދުއްވާމީހުންނަށް ކުރި މަލާމާތެއްދޯމީ.... ކުރާކަމެއް އެންމެންނަށްވެސް ފަސޭހަވާގޮތަކަށް ވޭތޯބަޅާބަލަ، އަމާބުނީމަ ފަރަށް...
އައްލާ
05 December 2018
މައްސަލައެއްނެތް ސައުވިސް ގަޑިއިރު ހުޅުވާފަބެހެއްޓުން ނަމަވެސް ސަލާމަތީގޮތުންއަޅާފިޔަވަޅެއްގެގޮތުން ދަންވަރު ޕެޓްރޯލް އަދި ޑީސަލްއަޅަންދާމީހަކީ ލައިސަންސް އޮތްމީހެއްތޯ ބެއްލެވުން ރަނގަޅުވާނެ
ރަދީފް
05 December 2018
ސައިކަލަށް ނޫނެކޭ ބުނާތަނެއް 24 ގަޑިއިރަށް ބެހެއްޓުމުގެ ބޭނުމެއް ނެތް.ތަމެން ދޭބަލަ ބޮލިހިލަން.ވ.ވެދުން
އަހްމަދު މާހިރު
04 December 2018
ނޫސް ވެރިން ވެސް ވަރަށް ގަމާރު ވާން ފަށައިފި... މިތަނުން މިހާރު ސައިކަލަށް ޕެޓްރޯލު އަޅާ ދޭތޯ؟؟؟ ނޫނީ ރޭގަނޑު ސައިކަލަށް އަޅާ ދޭތޯ؟؟؟ މީ ސައިކަލަށް ތެޔޮ ނާޅާދޭ ތަނެއްކަން ހަމަ އެންމެނަށް ވެސް އިނގޭނެ...
އަލީ ރާޖާ
04 December 2018
ނަތީޖާއަށް ބަލަންވާނެ. ނުނިދައި ތިބުމަކީ ގޯހެއް
ތެޔޮ ތަކުރު
04 December 2018
ބަަލަ ސިފްޓު ޑިއުޓީ އޮންނަނީ ކަމަކު ދޯ
ޝާއި
04 December 2018
ގުދުރަތީ ގާނޫނުގައި އޮންނަނީ އިންސާނުން ރޭގަނޑު ނިދަން. ހޭލާ އުޅެންޏާ އެކަމުން ނުކުންނާނެ ސިއްހީ އިޖްތިމާއީ މައްސަލަތައް ވަރަށް ގިނަވާނެ.
A380
04 December 2018
ނާ ހަމަ ތެދެއް؟ ސޮއްވީސް ގަޑިއިރު ހުޅުވާފާ ހުރެމެ، ކޮލެޓީ ޚިދުމަތް ދެވެންޏާ ކިތެންމެހާވެސް ރަނގަޅު.
ތެޔޮ
04 December 2018
ސައިކަލަށް ތެޔޮނާލާތަނެއް ކީއްކުރަން ހުޅުވާކަށް.