10 ޑިސެމްބަރ 2018 - 10:27
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އއ. އުކުޅަހަށް މިއަދު ވަޑައިގެންފި އެވެ.
މަސްވެރި ރަށެއް ކަމަށްވާ އުކުޅަހަށް ރައީސް މިއަދު ވަޑައިގަތީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހާއި ދުނިޔޭގެ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތާ ގުޅުވައިގެންނެވެ. މިއަދުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުން ބައިވެރިވަޑައިގެންނެވި އެވެ.
ރައީސް އުކުޅަހަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ބަނދަރަށް ނުކުތެވެ. އެގޮތުން ގިނަ ބަޔަކު އެ މީހުންގެ ދަރިންނާ އެކު ނުކުތް އިރު އެ ހުރިހާ އެންމެންނާ ވެސް އެމަނިކުފާނު ސަލާމްކުރައްވައި ބައެއް މީހުންނާ ވާހަކަފުޅު ވެސް ދެއްކެވި އެވެ.
އުކުޅަހުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައީސް ކަމަށް ވަޑައިގެންނެވި ފަހުން އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ފުރަތަމަ ވަޑައިގެންނެވީ ކ. ދިއްފުށްޓަށެވެ. އުކުޅަހަކީ އެގޮތުން އެމަނިކުފާނު ދެވަނައަށް ވަޑައިގެންނެވި ރަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި އަހަރުގެ ރިޔާސީ ޓިކެޓު ދިނުމަށް ފާސްކުރީ ވެސް އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ކޮންގްރެސްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަބޫދޫކާޖަޒީރާހޭ
10 December 2018
ރަށް ރަށަށް ދިޔުންވެސް މިއޮންނަނީ ކުލަޔާ ގުޅިފައި، ވެރިކަމަށް އައުމާއެކު 2000 ހަމަނުވާ ކުކުޅަހަށް ދާންޖެހޭ ސަބަބެއް ނެތް
ބައިރޯ
10 December 2018
ހާދަ ރީތި ބޭބީއެއް
މޯޑް
10 December 2018
ކުދި ކުދި ރަށްރަށަށް ގޮސް ވެބްސައިޓް ހުޅުވާދިނުމުގެ ބަދަލުގައި ބޮޑެތި މައްސަލަތައްހުރި ވަޢުދުތައްވެސް ވެފައި ހުރި ރައްރަށަށް ވަޑައިގެންނެވުން މުހިންމުކަން ދެކެން.
އަހުމަދު / ހިންނަވަރު އިހުގެ ކަތީބު
10 December 2018
ފަޒޫ!!! އިބޫ ހާދަހާ ބޮޑަކަށް ޑައުންކޮށް ދައްކަންފަށައިފި ކަމަށް ލައިވު މަންޒަރުތަކުން ފެނޭ.. ހަމަ ނިދުން އާދެ.! މަދުވެގެން 24 ގަޑީގެ ތެރޭގައި 8 ފަޑި ނިދަން ޖެހޭ. ވެރިކަން ކުރުމަކީ މީހާ ހަލާކުވާންޖެހޭ ސަވަބެއްނޫން.
އަޝްރަފު
10 December 2018
އެހެން ނޫނަސް ނިދިފަ ހުންނަ ބޭފުޅެއްނު އެއީ. ދެން މިހާރު ނެތޭ މާބޮޑުކަމެއްވެސް ކުރާކަށް. އަންނި ސަރުކާރު ހިންގަނީ. މީނަ ދެންމީ ރައީސް އޮފީހުގަ ބަހައްޓާފަހުުންނަ މޮނިއުމެންޓެއް!
ލޮލް ދެން
10 December 2018
ކޮބާ މައްސަލައަކީ އަންނި ހިންގިއްޔާ! ބަލަ ޔާމީންވެސް ބޭނުންބަޔަކު ކައިރިލައިގެން ދޯ ގައުމު ހިންގީ ފަސްއަހަރު.