އއ. ރަސްދޫ: ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހަފުތާ ބަންދު ހޭދަކުރައްވަނީ މި ރަށަށް ވަޑައިގެން، ގެސްޓް ހައުސްތައް ހިންގާ ބޭފުޅުންނާ ބައްދަލުކުރެއްވުމުގައި.
15 ޑިސެމްބަރ 2018 - 08:53
ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމުގެ ބާރު ކައުންސިލްތަކަށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވިދާޅުވެއްޖެ އެވެ.
އއ. ރަސްދު އަށް އޭނާ ކުރައްވަމުން ގެންދަވާ ދަތުރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ގެސްޓް ހައުސްތައް ހިންގުމުގައި ސަރުކާރަށް ވުރެ ބޮޑަށް ކައުންސިލްތައް ކުރީގައި އުޅޭކަން ފާހަގަ ކުރެއްވޭ ކަމަށެވެ.
ރަށްރަށަށް ވަޑައިގަތުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ހުރިހާ ރަށެއްގައި އެއް ފެންވަރަކަށް ގެސްޓް ހައުސް ވިޔަފާރި ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ބައެއް އުސޫލުތައް އެބަހުރި ގެސްޓް ހައުސްތަކުން ރަނގަޅު ކުރަން އެދިފައި. ސަރުކާރުގެ އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ އަޑު އަހައިގެން ދައުލަތަށް ގެއްލުން ނުވާނެ ގޮތަކަށް އެ ކަންކަން ކޮށްދިނުން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވިގޮތުގައި، މި ސަރުކާރުން ކައުންސިލްތަކަށް ބާރުތައް ދެމުން އަންނައިރު ކުރިމަގުގައި ވެސް އިތުރު ބާރުތައް ރަށު ކައުންސިލްތައް ލިބޭނެ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީގެ ތެރެއިން ކުރާ ބައެއް މަސައްކަތްތައް ކައުންސިލްތަކަށް ދޫކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރުމާއި ޓޫރިޒަމް މިނިސްޓްރީން ހޯދަންޖެހޭ ބައެއް ޚިދުމަތްތައް ވެސް ކައުންސިލްތަކުން ލިބޭ ގޮތް ހައްދަވައި ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ހުރިހާ އެންމެންނަށް ފައިދާވާނެ ގޮތްތައް ހޯދައި ދިނުމަށް އެ މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެގޮތުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ފައިދާވާނެ ގޮތަށް ސްކޫލް ކުދިންގެ ޗުއްޓީ، އަހަރު ނިމޭ ދުވަސްވަރުގެ ބަދަލުގައި އެހެން ދުވަސްވަރަކަށް ބަދަލު ކުރުމަކީ އެންމެ ރަނގަޅު ގޮތް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން ކުރުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީއާ ވާހަކަ ދައްކަވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮނުވާނެ
17 December 2018
ފުރަތަމަ ކިއްލި ވިއްކައިގެން ގެދޮރު ގަނެލެއްވި ގޮތް އިންސްޕެކްޓު ކުރަން ރައްޔިތުންނާ ހަވާލު ކުރައްްވާ
ހަމަހަމަ
16 December 2018
ކައުންސިލްއަށް އެކަނި އިނިސްޕެކްޓް ކުރަން ހުއްދަ ދިނުމުގެ ބަދަލުގައި، ކައުންސިލްގެ ބެލުމުގެދަށުން އެރަށުގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ހިމެނޭ ގޮތަށް އިންސްޕެކްޓް ޓީމެއް އެކުލަވާލުމަށްފަހު އެކަން ކުރުން ރަގަޅުވާނެކަމަށް ފެނޭ!
ސަމާލުވޭ
16 December 2018
ތިއީ އެނެމް ރަގަޅު ގޮތް ކަމަކަށް ނުފެނޭ. ކުޑަ ރަށެއްގަ އެކަކު އަނެކަކު ދަންނާނެ ވަރު ބޮޑުވާނެ. ކޮންމެވެސް ގޮތަކުން އާއިލީ ގޮތުން ގުޅިފަ ހުންނާނީ. މަސްލަހަތު ފުށުއަރާ ހާލަތު އަތުވެ ބަޔަކަށް ގެއްލުން ލިބުމުގް ފުރުޞަތު ބޮޑު. ވަރަށް އަންޕްރޮފެޝަނަލް ބައެއް ދިވެހިންނަކީ
ސަލީމު އިދުރީސް
16 December 2018
އަޅުގަނޑަކީ އެމްޑީފީސަފޯޓަރަކައް ވިއަސް ތިކަމާދެކޮޅު ކައްންސިލުތަކުގަ ތިބޭމީހުންނަކީ އެހާސާތީ ބަޔަކައްވެފަ ޓުއަރިސަމުގެ އަލިފުބާވެސް ނޭގޭބަޔެއްނޫން
ނަގޫރޯޅި
15 December 2018
މިހާރު ގެސްޓް ހައުސްތައް އިންސްޕެކްޓް ކުރަނީ ސަރުކާރުންތަ؟. މިދިޔަ ޖުލައިމަހު ތުލުސްދޫގަ ގެސްޓްހައުސް ހުޅަވަން މިނިސްޓްރީގަ އެދުނީމަ ޗެކް ކުރަން އައީ ކައުންސިލްމީހުން. އަލީ ވަހީދު މެންގެ އިސްތީހާރު ވަރައްމޯޅު.
ލާމަރުކަޒީ
15 December 2018
ރާއްޖެއަކީ ވަރަށް ކޮރަޕްޓް ތަނެއް. ސަރުކާރުގެ އެންމެ މަތިން އެންމެންގެ ލޯ ކުރިމަތީ ހިންގާ ކޮރަޕްޝަންވެސް ރަނގަޅަށް ނުބެލޭ އަދި ފިޔަވަޅެއް ނޭޅޭ. ކުދި ރަށްރަށުގެ ކައުންސިލްތަކަށް މާބޮޑު ބާރުތައް ދީފަ އެމީހުން ހިންގާހާ ކޮރަޕްޝަނާ ކުރާހާ ނުރަނގަޅު ކަންތައް ބެލޭނެ އެއްވެސް މެކޭނިޒަމްއެއް މިތާ އެބައޮތްތަ؟ އަބަދު ލާމަރުކަޒީ ކިޔާ މީހުން ވިސްނަންޖެހޭ ތަންކޮޅެއް މިއީ.
.ބިސް
15 December 2018
.ދެން މިމީހުން މީ ކީއްކުރާ ބައެއް އަބަދުވެސް ކަންތައްތައް މި ކަނޑާލަނީ ކައުންސިލް ތަކުގެ ބޮލަށް މީދެން ކޮން މިނިސް ޓަރުން ތަކެއް މަސައްކަތެއް ނުކޮށް މުސާރަކާން!!!!!!
ފާރަވެރިޔާ
15 December 2018
ތީކަމުދާކަމެއް ނޫން . ކަރަޕްޝަން އަށް ހުުޅުވޭ އިތުރު ދޮރެއް . ފަތުރުވެރިކަމައް ބޭނުން ކުރެވޭ ތަންތަނުގެ ކުއަލިޓީ އާއި ސާފުތާހިރުކަން ރަނގަޅައް މޮނިޓަރ ކުރެވެން ޖެހޭނެ . އަޑުގަދަ މީހާގެ ގެސްޓްހައުސް ވެސް ހުންނަންވާނީ ގާނޫނާ ގަވާއިދާއެއް ގޮތައް
ޑެން
15 December 2018
އޭރުން ކައުންސިލާ އިދިކޮޅު މީހުންގެ ގެސްޓް ހައުސްތައް ބަންދުކުރަން އަންގާނެ. މިހާރުވެސް ކައިބޮއެ ހަދާ ތަންތަން ހުޅުވުމުގެ ހުއްދަ ކައުންސިލަށް ދީފައި އޮންނާތީ ހަދާގޮތް
ބަލަގައޭ
15 December 2018
ރާއްޖޭގައި ހިނގަމުން ދަނީ އެއީ ޔުނިޓަރީ ދައުލަތެއް އެހެން ކަމުން އެއްގޮތަކަށް ވެސް ގެސްޓް ހައުސް ތައް އިންސްޕެކްޓް ކުރަން ދީގެން ނުވާނެ ރަށްރަށުގެ ކައުންސިލް ތަކަށް އެކަން އެގޮތަށް ކޮށްފިނަމަ އެމެންގެ އެކބަނޑެ ބެއްޔާ އަށް އެކަނި އެމެން ހުއްދަ ދޭނީ ދެން ތިބި ހުރިހާ މީހުންނަށް ހުއްދަ ދޭނީ ބޮޑު ކަޓެއް ޖައްސައިގެންނޭ ތިޔާއީ ދަ ރާއްޖެތެރެއޭ އެއްގޮތަަކަށް ވެސް ތިޔާ ކަން އެމެންނާއި ހަވާލު ކޮށްގެން ނުވާނެއޭ ތިޔާނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބަލަގަ..