ކުޅިވަރު / ގައުމީ ފުޓްބޯޅަ ޓީމް

އާ ކޯޗުގެ ވިސްނުން: ބަލިކުރަން އުނދަގޫ ޓީމެއް ތައްޔާރުކުރުން

މެއި 30 ވަނަ ދުވަހު އެފްއޭއެމް ހިންގުމާ ހަވާލުވުމަށް ފަހު އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު ދެއްކެވީ ކުރިއަށް އޮތް 10 ނޫނީ 20 އަހަރަށް ރާއްޖޭގެ ފުޓްބޯޅަ އެހެން ލެވެލަކަށް ގެންދަން ހަދާ މާސްޓަ ޕްލޭނެއްގެ ވާހަކަ އެވެ. އެ ޕްލޭންގެ އެންމެ މުހިއްމު ދައުރެއް އަދާކުރާނީ ސީނިއާ ގައުމީ ޓީމެވެ. އެ ޓީމަށް އާ ކޯޗެއް މިހާރު ހަމަޖައްސާފައިވަނީ ޓެކްނިކަލް ކޮމިޓީގެ ލަފާ ވެސް ހޯދައިގެންނެވެ. ގައުމީ ޓީމާ ހަވާލުވުމަށް ފަހު ފުރަތަމަ ފަހަރަށް މީޑިއާއާ ބައްދަލުކޮށް ވާހަކަ ދައްކަމުން ގައުމީ ކޯޗު ޑަރެން ސްޓެވާޓް ބުނީ ދިވެހި ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްގެން ރަނގަޅު ނަތީޖާ ނެރެވިދާނެ ކަމަށެވެ.

ޕޮޕޯފް އާއި ހާބަޓް: ނަތީޖާ އަށް މާ ބޮޑު ސަމާލުކަމެއް ނުދޭ

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީން ގައުމީ ޓީމަށް މިދިޔަ އަހަރު ޖެނުއަރީ މަހު ހަމަޖެއްސީ 2013 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބު ކޮށްދިން ކޯޗު ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފް އެވެ. ގައުމީ ޓީމާ ހަވާލުވުމަށް ފަހު ޕޮޕޯފް މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ބުނީ ކުރިއަށް ދެވޭނީ މޮޅެތި ޓީމުތަކާ ކުޅެގެން ކަމަށާއި ބަލިވިޔަސް ފަރުވާލެއް ނެތް ކަމަށެވެ. އަދި އާދައިގެ ޓީމުތަކާ ކުޅެގެން މޮޅުވިޔަސް ކުރިމަގެއް ނެތް ކަމަށް އޭނާ ބުންޏެވެ.

ޕޮޕޯފްގެ ކޯޗުކަމުގައި ގައުމީ ޓީމުގައި މައްސަލަތަކެއް ދިމާވިއިރު އޭނާ އަށް ގިނަ މެޗުތަކުގައި ރަނގަޅު ނަތީޖާއެއް ނުނެރެވުނެވެ. ޕޮޕޯފްގެ ކޯޗުކަމުގައި ގައުމީ ޓީމުން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ ގަތަރާ ދެކޮޅަށް ގަލޮޅު ދަނޑުގައި ކުޅުނު މެޗުގަ އެވެ. އެ މެޗުން ބަލިވީ ފަހު ވަގުތު ވަން ލަނޑަކުންނެވެ. އެ އަށް ފަހު ދެން ކުޅުނު މެޗުތަކުން ރާއްޖެ ކުރިމަތިލީ ނާކާމިޔާބާ އެވެ.

ޕޮޕޯފް ވަކިކުރުމަށް ފަހު މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހު ގައުމީ ޓީމު ހަވާލުކުރީ ނިއު ޒީލެންޑަށް 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކޯޗުކޮށްދިން ރިކީ ހާބަޓްއާ އެވެ. އޭނާ އަކީ ގައުމީ ޓީމާ ހަވާލުވި އެންމެ މަތީ ލެވެލެއްގައި ކޯޗުކޮށްދިން ކޯޗެވެ. އެހެންކަމުން ގިނަ ބަޔަކު އުއްމީދު ކޮށްގެން ތިބީ ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެހެނެއްނުވި އެވެ. ކޯޗުކަމުގައި ހޭދަވި ނުވަ ވަރަކަށް މަހު ވެސް ހާބަޓްގެ ފަރާތުން އިވުނީ އެއް ވާހަކަތަކެކެވެ. އެއީ އޭނާ މަސައްކަތްކުރަމުން އަންނަނީ މުސްތަގުބަލަށް ޓީމެއް ބިނާކުރަން ކަމަށާއި ފުރަތަމަ އާ ޓީމެއް ގޮވައިގެން ކުޅޭއިރު ދަށް ނަތީޖާތަކެއް ފެންނާނެ ކަމަށެވެ.

އެފްއޭއެމްގެ ރައީސް ތޯރިގް ގައުމީ ޓީމުގެ ކުރީގެ ކޯޗު ހާބަޓްއާ ސަލާމްކުރަނީ.-- ފޮޓޯ: އެފްއޭއެމް

ސާފް ސުޒުކީ ކަޕާއި ބަންގުބަންދު ގޯލްޑް ކަޕް އަދި ސައުތު އޭޝިއަން ގޭމްސްގެ ސެމީ ފައިނަލުން ރާއްޖެ ބަލިވުމުން ހާބަޓްގެ ފަރާތުން އިވުނީ އެއް ޝަކުވާތަކެކެވެ. ފަރިތަކުރަން ވަގުތު ނުލިބޭ ކަމަށާއި ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ގޮވައިގެން ކުޅޭއިރު މި ފަދަ ނަތީޖާތައް ނުކުންނާނެ ކަމަށެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ކުޅުނު އެންމެ ފަހު މެޗަކީ މިދިޔަ ޖޫން 2 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ޔަމަން އަތުން ބަލިވި މެޗެވެ. އެއީ ފާއިތުވި 15 ވަރަކަށް އަހަރު ގަލޮޅު ދަނޑުގައި ގައުމީ ޓީމުގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނުނު ދުވަހެވެ. ރޭވުންތެރިކަމެއް، ޓީމުތެރޭގައި ރޫހެއް ނެތެވެ.

އެފްއޭއެމުން ހާބަޓް މަގާމުން ވަކިކުރި ސަބަބު ބެލުމަށް ވަނީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. އެއީ ހާބަޓް ހުރިއިރު ހެދުނު ގޯސްތައް މުސްތަގުބަލުގައި ތަކުރާރުވިޔަ ނުދިނުމަށެވެ. ގައުމީ ޓީމު މިހާރު އޮތް ހާލަތުން އަރައިގަނެ ކާމިޔާބުގެ މަގަށް ޓީމު ގެންދިއުމަށެވެ.

އެފްއޭއެމުން ގައުމީ ޓީމަށް ގެނައި އާ ކޯޗު އޮސްޓްރޭލިއާގެ ސްޓެވާޓަކީ ކޯޗިންގައި މާ މަޝްހޫރު ނަމެއް ނޫނެވެ. މީގެ ކުރިން ގައުމީ ޓީމަކަށް ކޯޗުކޮށްދީފައިނުވި ނަަމަވެސް އެފްއޭއެމުން އޭނާއާ މި ޒިންމާ ހަވާލުކޮށްފައިވަނީ 10 ކޯޗެއް ރާއްޖެއާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ.

ބޭނުންވަނީ ރާއްޖެ އަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ހަދަން: ސްޓެވާޓް

އޮސްޓްރޭލިއާ ގައުމީ ޓީމަށް ވެސް ކުޅެފައިވާ ސްޓެވާޓަކީ އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ ހުރި ކޯޗެކެވެ.

ސްޓެވާޓް ކޯޗިން ކެރިއަރު ފެށީ 2004 ވަނަ އަހަރު ސިންގަޕޫރުގެ ގަދަބާރު ގޭލެންގް ޔުނައިޓެޑުގެ އެސިސްޓަންޓް ކޯޗެއްގެ ގޮތުގަ އެވެ. އޭގެ ފަހުން 2009-2011 އަށް ސިންގަޕޫރުގެ ގޮމްބެކް ޔުނައިޓެޑަށް ވެސް ކޯޗުކޮށްދިނުމަށް ފަހު އޭނާ ވަނީ 2013 ވަނަ އަހަރު ސިންގަޕޫރު ލީގު ކަޕް ބަލެސްޓިއާ ޚަލްސާ އަށް ކާމިޔާބުކޮށްދީފަ އެވެ. ސްޓެވާޓް އެންމެ ފަހުން ކޯޗުކޮށްދިނީ ސިންގަޕޫރުގެ ވުޑްލެންޑްސް ވެލިންޓަން އެފްސީ އަށެވެ.

ކުޅުންތެރިއެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ސްޓެވާޓް ވަނީ ފާއިތުވި 26 ވަރަކަށް އަހަރު އޭޝިއާގައި މަސައްކަތް ކޮށްފަ އެވެ. އޭނާ ބުނީ މިއީ އޭނާގެ ޕްލަސް ޕޮއިންޓެއް ކަމަށެވެ.

"އޭޝިއާ ފުޓްބޯޅައިގެ ތަޖުރިބާ އަހަރެންގެ އެބަހުރި. އެކަމަކު ދެކުނު އޭޝިއާގެ ފުޓްބޯޅަ އަށް އާވެދާނެ،" ސްޓެވާޓް ބުންޏެވެ.

"ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު އެބަހުރި. އަހަރެން މަސައްކަތްކުރި ޓީމުތަކުގެ ކުޅުންތެރިންނާއި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު މާ ބޮޑު ތަފާތެއް ނެތް. އަހަރެން ބޭނުމީ ރާއްޖެ ޓީމަކީ ބަލިކުރަން އުނދަގޫ ޓީމަކަށް ހަދަން."

ގައުމީ ޓީމަށް އެންމެ ފަހުން އިރުޝާދު ދިން ހާބަޓް ވަނީ ގިނަ ޒުވާން ކުޅުންތެރިންނަށް ޓީމުން ފުރުސަތު ދީފަ އެވެ. އަދި އޭނާ ބުނަމުން އައީ ގައުމީ ޓީމުގައި އުމުރުން ދޮށީގެ ގިނަ ކުޅުންތެރިންތަކެއް އެބަތިބި ކަމަށާއި މިއީ ޓީމު އާކޮށްލަން ޖެހޭ ވަގުތު ކަމަށެވެ.

އެފްއޭއެމްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ގައުމީ ކޯޗު ސްޓެވާޓް (ކ) އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް މުހައްމަދު ކަލީމް ވާހަކަ ދައްކަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ސްޓެވާޓްގެ ވިސްނުން މިކަމުގައި ތަފާތެވެ. އޭނާ ބުނީ އުމުރަށް ވުރެ ބޮޑަށް އޭނާ ބަލާނީ ކުޅުންތެރިޔާ މިހާރު ހުރި ފޯމާއި ދައްކާ ކުޅުމަށް ކަމަށެވެ.

"އަހަރެން މީ އުމުރަށް ބަލައިގެން ޓީމަށް ކުޅުންތެރިން ހޮވާ ކޯޗެއް ނޫން. އަހަންނަކީ ކުޅުންތެރިންގެ ކޯޗެއް. އުމުރުން 18 އަހަރު ވިޔަސް 38 އަހަރު ވިޔަސް އަހަރެން ބަލާނީ އެ ކުޅުންތެރިއަކު ދައްކާ ކުޅުމަށް. އަހަރެން ބޭނުންވާ ލެވެލަށް ކުޅުންތެރިޔާ އަށް ކުޅެވެންޏާ އެ ނިމުނީ،" ސްޓެވާޓް ބުންޏެވެ.

ތައްޔާރީތަކާ މެދު ޝަކުވާއެއް ނެތް، އަމާޒު ފުރަތަމަ މެޗަށް

ގައުމީ ޓީމާ ސްޓެވާޓް ހަވާލުވީ މިިދިޔަ މަހު 25 ވަނަ ދުވަހު އެވެ. ގައުމީ ޓީމާ އެކު އޭނާ ފުރަތަމަ ނުކުންނާނީ މި މަހު 29 ވަނަ ދުވަހު، 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމާއި މިހާރުގެ ގައުމީ ޓީމުގެ މެދުގައި ކުޅޭ މެޗަށެވެ. އެ އަށް ފަހު ދެން އޮންނާނީ އަންނަ މަހު އެއް ވަަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެވެ.

އޭޝިއަން ކަޕް ކޮލިފައިން ރައުންޑުގައި ލާއޯސްއާ ދެކޮޅަށް މާލޭގައި ކުޅޭ މެޗު އޮންނާނީ އަންނަ މަހު ހަ ވަނަ ދުވަހު އެވެ.

ސްޓެވާޓް ބުނީ މި މަހުގެ 27 ވަނަ ދުވަހުގައި ގައުމީ ޓީމުގެ ޕްރެކްޓިސް ފަށައިގެން އެ މެޗަށް ތައްޔާރުވާން ލިބޭނީ މަދު ދުވަސްކޮޅެއް ކަމަށާއި އެފްއޭއެމް ޓެކްނިކަލް ޓީމުގެ އެހީގައި މި މެޗަށް ފުރިހަމަ އަށް ތައްޔާރު ވެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ އާ ކޯޗު ޑަރެން ސްޓެވާޓް.

"އަހަރެން ޓީމާ ހަވާލުވިއިރު މި ޓީމު އޮތް ހާލަތު އެނގޭ. ލާއޯސް މެޗަށް ތައްޔާރުވާން ލިބޭ ދުވަސް މަދު ނަމަވެސް ޝަކުވާއެއް ނެތް. އެއީ ޓެކްނިކަލް ޓީމުގެ އެހީ ހޯދައިގެން މި މެޗުގައި ކާމިޔާބު ހޯދޭނެ ކަމުގެ ޔަގީންކަން އޮތުމުން،" ސްޓެވާޓް ބުންޏެވެ.

ފާއިތުވި މެޗުތަކުގައި ގަލޮޅު ދަނޑުގައި ނެރެފައިވާ ނަތީޖާތައް ދަށް

މިދިޔަ އަހަރު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ގަލޮޅު ދަނޑުގައި ކުޅުނީ ދެ މެޗެވެ. އެއީ ތަޖިކިސްތާން އާއި ގަތަރާ ދެކޮޅަށް ކުޅުނު ދެ މެޗެވެ. ޕޮޕޯވްގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ މެޗުން ތަޖިކިސްތާން އަތުން 2-0 އިން ބަލިވިއިރު، ގަތަރު އަތުން ބަލިވީ 1-0 އިންނެވެ.

ހާބަޓްގެ އިރުޝާދުގެ ދަށުން ގައުމީ ޓީމު ވަނީ ގަލޮޅު ދަނޑުގައި ތިން މެޗެއް ކުޅެފަ އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ހޮން ކޮން އާއި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޭޝިއަން ކަޕް ކޮލިފައިންގައި ޔަަމަނާ ދެކޮޅަށް ކުޅުނު މެޗެވެ.

ހޮން ކޮން އަތުން 1-0 އިން ބަލިވިއިރު، ބުޓާން އަތުން މޮޅުވީ 4-2 އިންނެވެ. އަދި މިދިޔަ ޖޫން މަހު ޔަމަން އަތުން ބަލިވީ 2-0 އިންނެވެ.

މި ނަތީޖާތަކަށް ބަލާއިރު ގައުމީ ޓީމު ގޮވައިގެން ފުރަތަމަ މެޗަށް ނުކުންނައިރު ސްޓެވާޓަށް ޕްރެޝަރު އެބައޮތެވެ. ނަމަވެސް އޭނާ ބުނީ ޕްރެޝަރު އޮތް ކަަމަށް ނުދެކޭ ކަމަށާއި ޓީމާ މެދު އިތުބާރު ބޮޑު ކަމަށެވެ. އަދި ކުޅުންތެރިންގެ ހިތްވަރާ އެކު ހުރިހާ ވެސް އަމާޒަކީ ފުރަތަމަ ލާއޯސް މެޗުން މޮޅުވެ އޭޝިއަން ކަޕްގެ ކޮލިފައިން އަނެއް ބުރުން ޖާގަ ހޯދުން ކަމަށް ވެސް ބުންޏެވެ.

14 ކޮމެންޓް, 62 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 2%
icon angry icon angry 18%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭ/ރ.އަތޮޅު

21 August 2016

ރާއްޖެއަށް ގެންނަންވީ، ޖަރމަނީ.، ސްޕައިން ނޫނީ އާޖެންޓީނާ ހިސާބުގެ ކޯޗެއްް...އޭރުން ފުޓްބޯޅަ އެހެން ލެވަލައަަކަށް ގެންދެވޭނީ.

The name is already taken The name is available. Register?

ހަވާލުވިއްޔާ !

21 August 2016

بسم الله الرحمن الرحيم ، السلام علييكم ، އަޅުގަނޑު ބުނަން ރަންގަޅު ވާހަކައެއް އެވެސް އިންސާނަކައް އަދި އެވެސް ދެރަގޮތެއް ވުމަކައް ނޭދެން ދުވަހަކުވެސް ، އަޑުއަހާ ކިޔާ ދިވެހިބަހުން މިބުނަނީ ގައުމީޓީމައް ކިތަންމެ މޮޅު ކުޅުންތެރިއެއް ،ކުޅުންތެރިން ނުވަތަ ކޯޗެއް ގެނާކަމުގަ ވިޔަސް ކާމިޔާބަކާ ހަމަޔައް ދިއުން ނުވަތަ ލިބުން ވަރަށް ނާދިރުކަމެއް މިހާރުވެސް ކުޅުން ތެރިން ނުވަތަ ކޯޗު ގޯސްވެ ދެރަވެގެނެއް ނޫން ބަލިވަނީ ވިސްނާލީމަ ކޮންމެ އިންސާނަކައް ވެސް އިގޭނެ ހަމަހޭގަ ހުރިއްޔާ ޔަގީން، ، މިހެންބުނިކަމުގަ ވިޔަސް ގާބިހެއް ވެސް އެޅިދާނެ ، އަދި އަޅުގަނޑު ތި ތޯރިގް (ޓޮމް) އައް ތިމަގާމް ލިބުނު ދުވަހުވެސް ބުނިން ތޯރިގަ ކައް އެފް،އޭ،އެމް ހިންގޭނޭކޭ ބުނާކައް ނެތީމޭ މިބުނީ ދޮގެއްނޫންކަން އަޅުގަނޑު ލަފާކުރާގޮތުގަ އިގޭނެ ހަމަހޭ ހުރި ކޮންމެ އިންސާނަކައް މިދިވެހިރާއްޖެގެ ރަސްމި ބޯޅަ ދަނޑައް ގޮސް ވަނީމަވެސް އަދި ތިގެން ދާގޮތައް ކުރިޔައް ގެންދާގޮތައް ގެންދާ ކަމުގަ ވަނީނަމަ ގައުމީ ފްޓްބޯޅަޓީމް އޮތް ވަރަށް ވުރެ ކުރިއައް ދާނޭކޭ ބުނާކައް ނެތިން ، ސަބަބެއް ކަމެއް ނެތި އެއްނޫން ، الله އިރާދަފުޅުކުރެއްވިއްޔާ އަޅުގަނޑު މިބުނިބަހުގަ ހުރި ވަރު ބަލާތި ފެނިގެން ދާނެ ، ان شاء الله ، آمين ،،،،،!.

The name is already taken The name is available. Register?

އަހަރެންގެޤައުމު

20 August 2016

ދިވެހިންގެ ތެރޭގައި ގިނައީ ވާނުވާނޭގިތިބެ ގޮތްކިޔާ މީހުން. އަބުރާބެހުމާއި ނެތިނުބައިކިޔުން. އެފްއޭއެމުން ފަށާފައިވާ ޕްރޮގްރާމްތައް އަދި ރަގަޅު. ފުޓްބޯޅަ މާކެޓް ކުރުމަށް ފުރަތަމަ ޖެހެނީ ވީގޮތް ބަލަން. އެކަން ކުރަން ދިވެހިން އުޅެގެން މިދިޔަ 8 އަހަރު ދިޔައީ ޗޮކުހުން. އެފްއޭއެމަށް އަންނަ ވެރިއަކަށް ފެންނަ މޮޅެތި ގޮތްހަދައިގެން މިދަނީ ހަލާކުވަމުން. ލީގުވެސް ޕްރިމިއަރ ކިޔުން ނޫން އެއްވެސް ކަމެއް ޝަވީދަކަށް ނުވި. މުޅިން ފެއިލްވީ. ދެން އޮތީ ޓޮމްގެ ދައުރު ބެލުން. އަދި ފެންނަ ފެނުމުގައި ގޯހެއް ނޫން. ބޭރުގެ ތަޖުރިބާކާރުން ނުލާ ވާވަރަށްވުރެ މިއޮތީ ގޯސްވެފައި. ދިވެހިން އެހެންނޫނީ ތިބޭނީ ދިވެހިންގެ ގޮތުގައި ތާ އަބަދަށް.

The name is already taken The name is available. Register?

ކުޑޭ

20 August 2016

ކުޅުންތެރިން އުޅެނީ އަހްލާގެއްނެތި އުޅޭނެގޮތަކަށް. މޭލޭ ތެރޭ ތެޅެން އުޅެފަ ކެޅެން އރިޔަކަސް ތިކަމެއް ނުވާނެ ދުނެޔޭގެ ފުޓްބޯޅަ ކެޅޭ މީހުން އުޅޭގޮތަށް އުޅޭން ދަސްކޮށްބަލަ ފުރަތަމަ.. ރޭގަނޑަކު ނުނިދާ. ތެޅިބައިލަން ކުޅުންތެރިން އުޅެނީ

The name is already taken The name is available. Register?

އިއްބެ

20 August 2016

ގައުމީ ޓީމުތައް އުވާލާފަ ތިއެންމެން މަހަށް ދިޔަޔަސް ގައުމަށް މާ ފައިދާ ކުރާނެހެން ހީވަނީ. ބޭކާރު ބޭކާރު ބޭކާރު. އިސްރާފު އިސްރާފު އިސްރާފު.

The name is already taken The name is available. Register?

އައިލޭންޑާސް

20 August 2016

ގައުމީޓީމުގެ ފެންވަރު ރަގަޅުވާނީ ލީގުގެވެސް ފެންވަރު ރަގަޅުވެގެން. ގައުމީ ކޯޗާހިސާބަށް ކުޅުންތެރިން ދާއިރު ކުޅުންތެރިންގެ ފިޓްނަސް ލީގުގެ ފެންވަރުން ދަށްކަމުން އެދެވޭ ފެންވަރެއްގައި ނެތްނަމަ ކޯޗަށް ކުރެވޭނެ މާބޮކަމެއް ނޯންނާނެ. މިއުޅޭ އެންމެ ބޮޑެތި ކުލަބުތަކުގައިވެސް ޕްރެކްޓިސް ސެޝަންތައް އެންމެ ސީރިއަސްކޮށް ނަގާތަނެއް ނުފެނޭ!

The name is already taken The name is available. Register?

ޖެކީ އުމަރު

20 August 2016

އޮސްޓްރޭލިޔާއޭ؟؟؟؟؟ ހިޔެއްނުވޭ މާކަ ރަނގަޅުވާނެހެނެއް......އަބަދު މިކިޔަނީ އޮސްޓްރޭލިޔާ، ނިއުޒިލަންޑް، އިންގްލެންޑުން ކޯޗުން ނުގެންނާށޭ......ކުޅެންއުޅޭނީ ވަރަށް ފިޒިކަލް އަދި ދިގު ބޯޅަ އަޅުވައިގެން ކުޅޭ ކުޅުމެކޭ.....ދިވެހިންނަކާ ނުގުޅޭނެޔޭ ތިޔާ ކުޅުމަކާ، ސަބަބަކީ ދިވެހިން ސައިޒުން ކުޑަވެފާ....މިހެން މިހެން ގޮސް ބައިވަރު ސަބަބަު......................

The name is already taken The name is available. Register?

ސަމާސާ

20 August 2016

ކޮންމެ މީހަކުވެސް ކަނޑަނީ ބައިސާ. އެއެއްޗަކުން ފެލޭނީ އެއެއްޗެއްގައިހުރި ދިޔައެއް. އެފްއޭއެމަކަސް ، ކޯޗަކަސް ، ކުޅުންތެރިން ކަމަށްވިޔަސް ކަންއޮތީ މިގޮތަށް. ޓޮމްގެ ކިބައަކުންވެސް އެއްވެސް ކަމެއްގައި ފެނިފައެއްނެތް ޖެރީގެ ކިބައިގައި ނެތް ހުނަރެއް.

The name is already taken The name is available. Register?

ލައްޓި ހަސަން.

20 August 2016

އަބަދު އަބުރާއި ނުބެހި ސިޔާސީ ވާހަކަ ނުލިޔަ މިކަހަލަ މީހުން ކިޔާ ހިތްވާކަހަލަ ކުޅިވަރު ހަބަރެެއް ލިޔުނު ކަމަށްޓަކައި އައްޒާމް އަށް ޝުކުރީޔާ.

The name is already taken The name is available. Register?

މެންޓަލިސްޓް

20 August 2016

ތިޔައީ ވަރަށް ފަސޭހަކަމެށް މެޗްފެށުނީއްސުރެން ނިމެންދެން 11 ކުޅުންތެރީންވެސް ޑީއޭރިޔާތެރޭގައި ތިބެގެން ކުޅޭނީ ،،، އޭރުން އުންދަގޫވާނެ ބަލިކުރަން ،،،

The name is already taken The name is available. Register?

އެނަލިސްޓް

21 August 2016

ނޫން.. ގޯލުގައި ޕްލައިވުޑް ޖަހަންވީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454