އެޓާނީ ޖެނެރަލް ރިއްފަތު ރައީސްއާ އެކު: ފުރަތަމަ 100 ދުވަހުގެ ފަސް ވައުދެއް އޭޖީ އޮފީހުން ފުއްދާފައިވާ ކަމަށް އެ އޮފީހުން ބުނޭ -- މިހާރު ފޮޓޯ/ހުސައިން ވަހީދު
20 ޑިސެމްބަރ 2018 - 14:57
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން ފުއްދަން ނިންމި ވައުދުތަކުގެ ތެރެއިން ފަސް ވައުދެއް މިހާރު ފުއްދާފައިވާ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 12 ވައުދެއް ފުއްދަން އޭޖީ އޮފީހާ ހަވާލު ކޮށްފައި ވެ އެވެ.
ވައުދުތައް ފުއްދިފައިވާ މިންވަރާ ބެހޭގޮތުން އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ މިހާތަނަށް ފުއްދިފައިވާ ފަސް ވައުދަކީ ވަކި ބަޔަކަށް އަމާޒު ކޮށްގެން ހަދާފައިވާ ގާނޫނުތައް މުރާޖައާ ކުރަން ފެށުމާއި ދައުލަތަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކާއި އެއްބަސްވުންތައް ރީ ނެގޯޝިއޭޓް ކުރަން ފެށުމާއި ރިޝްވަތު ހިފާ މީހާއާ އެއްވަރަށް ރިޝްވަތު ދޭ މީހާ ވެސް ކުށްވެރިވާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަން ހުށަހެޅުން ކަމަށެވެ.
މީގެ އިތުރުން، ކޮރަޕްޝަން ފަޅާ އަރުވައިލާ މީހުންނަށް ހިމާޔަތް ދިނުމާ ބެހޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅުމުގެ ވައުދު ވެސް ފުރިހަމަ ކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
ބަންޑާރަ ނައިނުގެ އޮފީހުން ބުނީ، އެ ވައުދުތަކާ ގުޅިގެން އަލަށް ހަދަންޖެހޭ ގާނޫނުތަކާއި އިސްލާހު ކުރަންޖެހޭ ގާނޫނުތައް ފާހަގަކޮށް، އެކަންކަމާ ބެހޭ ބިލް މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތުގެ ބޮޑު ބައެއް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. އެގޮތުން، އިސްލާހު ކުރަންޖެހޭ 11 ގާނޫނެއްގެ ތެރެއިން 10 ގާނޫނެއް އިސްލާހު ކުރުމުގެ ބިލް ޑްރާފްޓްކޮށް ނިމި، ބައެއް ބިލްތައް މަޖިލީހަށް ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ. އަލަށް އެކުލަވައިލާ ފަސް ގާނޫނެއްގެ ބިލުގެ ތެރެއިން އެއް ބިލެއް މަޖިލީހަށް ފޮނުވާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އަދި އިތުރު އަލަށް ހަދާ ދެ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު އަންނަނީ ކުރަމުންނެވެ.
ނުހައްގު މުއްސަނދިކަން ހުއްޓުވުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނިއިރު، އެ ބިލް ހުށަހެޅި ކަމަށް ސަރުކާރުން ކުރިން ބުނެފައެއް ނުވެ އެވެ. އަދި ބިލުގެ ފުރަތަމަ ކިޔުން މަޖިލީހުގައި ވެސް އިއްވައިފައެއް ނުވެ އެވެ. ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ ޗުއްޓީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަހާޖި
23 December 2018
ގައުމު ދަރަނަވެރިކޮށްފަ ވައުދު ހުސް އަނގަ ތެޅުން ނޫން ކަމެއް ނުވޭ. ރައީސް ޔާމީން ވެރިކަމުގަ ނިމެންވެފަ ނޫނީ ނިމިފަހުރި ތަންތަން ހުޅުވާލަ ދީފަ ތިބޭ
ބާރޫތު
22 December 2018
އާކިލޭޝް މިޝްރާ އެކަނި ތިފުދޭ ވައުދުތަކާ އުފަލުން ހުރީ.
ހަނީފް
20 December 2018
ނަމުން ވައުދު ފުއްދިދާނެ، ކަމުން ވައުދު ފުއްދުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެއް. މިސާލަކަށް ޓެކްސްގެ ނިޒާމެއް ރާއްޖެއަށް ގެނައިފަހުން އެ ނިޒާމުގައި ހުރި މައްސަލަތައް އިސްލާހު ކުރުމަށް މީރާއިން ކުރި ހުރިހާ މަސައްކަތރެއް ފެއިލްކޮށްލި ކަމަށްވަނީ ތިއަ އޮފީހުގައި ތިބި ދެ އަންހެނަކު އެމީހުންގެ މަސްލަހަތައް. މުޅި ގައުމު ހަލާކުވެ ދިއަސް އޯކޭ.
މޯޑް
20 December 2018
ރަށްރަށުގެ ކައުންސިލަށް އަންނަން މީހުން ކުރާކަހަލަ ވަޢުދު ވެފަ ފުއްދައިފީމޯ! ތަނެއްގައި އެހެން ރައީސްއަކު ހަދާފަ ހުރި ޕާކިންގޒޯނެއް ހުޅުވާދިނުން. ކުރިން ބޭނުން ކުރަމުން އައި މަގެއް އަލުން ހުޅުވާލުން، ސަލްޓަންޕާކުގެ ނަން ބަދަލުކޮށްލުން....އެކަމަކު، 1.4 ބިލިޔަން ޑޮލަރުގެ ދަރަނި...
ފަޓުން
20 December 2018
ހާދަ ގަދައޭ ދެން ތިއޮތީ ގާތްގަޑަކައްނިމިފަ އެއްނު.
ހެނބަދޫ މީހާ
20 December 2018
ވައުދު ފުއްދުނީމަ އެ ނިމުނީތަ؟ މިއުޅެނީ އަނގަޔާ އަތާ ދިމާނުވެގެން. މަހުޖަނެއްގެ ވަކިތަކުން ގައުމު ސަލާމަތް ނުވެވިގެން. މިކަންތައް ކޮއްބަލަ
ގުލްމީތް
20 December 2018
މަ ހަަމަ ކޮސްވެފަ މިހުރީ..100ދުވަސްތެރޭ ފުއްދާ ވައުދު ފުއްދިއަސް ނުފުއްދިއަސް ރައްޔިތަކަށް އެނގުމެއްނުވޭ..އެމިނިސްޓްރީއަކުން ނޫނީ ވުޒާރާއަކުން ފުއްދައިފީމޭ ބުނުން އޮތީ..ވަރުގަދަ ވައުދުތަކެއް..100ދުވަސް ހަމަވާ އިރަށް ބުނާނެ ހުރިހާ ވައުދެއް ފުއްދިއްޖޭ..
މާސްޓަރ
20 December 2018
ނަން ބަދަލު ކުރުމާއި، މިހާރުވެސް ހުރިތަންތަން ވަކި ތަންތަނުގެ ގޮތުގައި ހަމަޖެއްސުމާއި، ރުއްގަސް އިންދުމާއި، ކަންކަން ކުރުމަށް އެއްވެސް އެހީއެއް ނުދީ ކައުންސިލް ތަކުގައި ތާކުންތާކު ނުޖެހޭ ކަންކަން ކުރުމަށް އެންގުންތައް ފޮނުވުމުން ތިޔަ ފުދޭ ވަޢުދެއްފުދި ތިވަޢުދު ތަކުގެ ފޮނިމީރުކަން އެބަލިބެއެވެ.
މެލޭޝިޔާ ބޯއިސް
20 December 2018
މަރުހަބާ ރިއްފަތު! ވަޒީރުން ބޭކަަރު ވަަހަކަ ނުދައްކާ ބޭކާރު ދަތުރު ނުކޮށް މަސައްކަތް ކުރާ ނަމަ ކާމިޔާބު ވާނެ!
ކިއްލިބާޝާ
20 December 2018
ތިތަނުގެ ނަން ބަދަލުކުރާކަށް ވައުދެއްނުވޭތޯ؟