އެނބޫދޫފަލުގައ ތަރައްގީ ކުރާ ރިސޯޓް. --ފޮޓޯ: ހާޑް ރޮކް ހޮޓެލް
23 ޑިސެމްބަރ 2018 - 13:46
އެނބޫދޫފަޅުގައި ކުރިޔަށް ގެންދާ ރިސޯޓް މަޝްރޫއުގެ ދަށުން އަންނަ އަހަރު ދެ ރިސޯޓަކާއި މެރިނާއެއް ހުޅުވާނެ ކަމަށް ރިޕޯޓްތަކުން ބުނެފި އެވެ.
ކ. އެނބޫދޫފަޅުގައި ހަދާ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ ރާއްޖޭގައި ކުރިޔަށްދާ އެންމެ ބޮޑު ރިސޯޓު ޕްރޮޖެކްޓެވެ. އެގޮތުން އަންނަ އަހަރު ޖޫން މަހު އެ އެތަނުގައި ހުޅުވަން ހަމަޖެހިފައި ވަނީ ހިލްޓަންގެ ސައި ލެގޫން މޯލްޑިވްސް ރިސޯޓާއި، ހާޑް ރޮކް ހޮޓެލް މޯލްޑިވްސް ރިސޯޓެވެ. އެ ދެ ރިސޯޓާ އެކު ގިނަ މަޝްހޫރު ބްރޭންޑްތަކުގެ ފިހާރަތަކާއި، ރެސްޓޯރަންތައް އެކުލަވާލައިގެން މެރީނާއެއް ވެސް ހުޅުވާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަންނަ ޖޫން މަހު ހުޅުވާ ހާޑް ރޮކް ހޮޓެލަކީ ރޮކް މިއުޒިކަށް ހާއްސަ ކޮށްގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެގޮތުން އެ ތަނުގައި ޓޫރިސްޓުންނަށް އެކުގައި މިއުޒިކް ކުޅެލެވޭނެ ފުރުސަތު ލިބިގެން ދާނެ އެވެ. އަދި އެ ރިސޯޓުގައި ހުޅުވާ 'ރޮކް ސްޕާ' އަކީ މިއުޒިކްގެ ދުނިޔޭގައި ބޭނުން ކުރާ ސާމާނުން ފަރުމާ ކުރެވިފައިވާ ހާއްސަ ޓްރީޓްމަންޓްތަކެއް ދޭން ހަމަޖެހިފައިވާ ތަނެކެވެ. އޭގެ އިތުރުން ދުނިޔޭގެ ތަފާތު އެކި ކާއެއްޗެހި ރަހަބަލާލުމަށް "ދަ އެލިފަންޓް"، "ދަ ބަޓަފްލައި" ނުވަތަ ހާޑް ރޮކް ކެފޭ އެ ރިސޯޓުގެ ޓޫރިސްޓުންނަށް ލިބޭނެ އެވެ.
ހަމަ އެހެންމެ ހިލްޓަންގެ ސައީ ލެގޫން މޯލްޑިވްސް އަކީ 200 ބީޗް ފްރަންޓް ވިލާ އާއި އޯވާ ވޯޓާ ވިލާތައް ހިމަނައިގެން ތަރައްގީ ކުރާ ރިސޯޓެކެވެ. އެ ރިސޯޓުގައި ހުޅުވަން ހަމަޖެހިފައިވާ ރެސްޓޯރަންޓްތަކުގެ ތެރެއިން، "ބީން ކޯ ކެފޭ' އިން މަތީ ފެންވަރުގެ ކޮފީ، "ކެފޭ ޑެލް މާ" އިން ހެނދުނުގެ ނާސްތާ، "މިސްޓާ ތޮމްޔަމް" އިން ތައިލޭންޑްގެ މުއްސަނދި ކެއުންތަކާއި "މިސް އޮލިވް އޮއިލް" އިން ސީފުޑްގެ ގިނަ ބާވަތްތައް ލިބޭނެ އެވެ.
މަތީ ފެންވަރުގެ ރިސޯޓާއި މެރިނާއަކާ އެކު ތަރައްގީ ކުރާ އެނބޫދޫފަޅުގެ ކްރޮސް ރޯޑްސް ޕްރޮޖެކްޓަކީ ތައިލެންޑްގެ ސިންގްހާ އެސްޓޭޓުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ މަޝްރުއޫގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދު ކޮށްފައިވާއިރު، މުޅި މަޝްރުއޫއަކީ 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ ބޮޑު ޕްރޮޖެކްޓެކެވެ.
ކްރޮސް ރޯޑްސްގައި ހުޅުވާ ދެ ރިސޯޓަށް މުވައްޒަފުން ހޯދުމަށް އޯޕަން ޑޭ އެއް ވަނީ ހަމަޖައްސައިފަ އެވެ. އެގޮތުން އެ ރިސޯޓްތަކުގައި މަސައްކަތް ކުރަން ބޭނުންވާ މީހުން ހިލްޓަންގެ ސައި މޯލްޑިވްސް ލެގޫންގައި ނުވަތަ ހާޑް ރޮކް ހޮޓެލްގައި މަސައްކަތް ކުރަން ބޭނުންވާ ނަމަ 2019 ވަނަ އަހަރު ފެބްރުއަރީ މަހު އޯޕަންޑޭ އަށް ގޮސް އެޕްލައި ކުރެވޭނެ އެވެ. އޯޕަން ޑޭ ފެބްރުއަރީ މަހު ބާއްވަން ހަމަޖެހިފައިވީ ނަމަވެސް ދުވަހާއި ގަޑި ކުރިޔަށް އޮތް ތަނުގައި އިއުލާން ކުރަނެ ކަމަށް ކްރޮސް ރޯޑްސް އިން ބުނެފައި ވެއެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
24 December 2018
ތި ތަންތަނަށް ވެސް ގެނެސް އަޅާލާނީ ހަމަ ބަންގާޅީންނާއި އެހެނިހެން ބޭރުމީހުން. އެ މީހުންނަށް 200 ދޮޑަރު ދިނީމަ ނިމުނީ. އަހަރެމެން ދިވެހީންނަށް ބަޙުބަރު.
ޞަރަބޯ
24 December 2018
ހާދަ ދިގުކޮށް ހެދިފަ ހުރި ރުއްތަކެއް ފެނެޔޭ މިރަށުގައި. އަހަރުމެނގެ ރަށުގައި ރުކެއް އެހާދިގުވާން 20 އަހަރު ނަގާ.
ދިވެހިންގެރާއްޖެ
24 December 2018
ލޯކަލް ޖޮބްސައިޓެއްގައި ތިތާގެ ޖޮބެއް ފެންނާކަށްނެތް
ދިވެހި ރައްޔިތުމީހާ
24 December 2018
ދިވެހިންނައް ގިނަ ބޮޑެތި ވަޒީފާތައް ދިނުމަށް އެއްބާރުލުމަށް ސަރުކާރައް ގުވާލަން
ރަށްޔިތުންނަކާ ކީކީއް
23 December 2018
ރަށްޔިތުންނަކާ ކީކީއް
ދާދޭ
23 December 2018
ތިތަންތަނުގައި ދިވެހިންނަށް ވަޒީފާ އަދާކުރެވޭނެބާ؟ ނޫނީ އެތަންތަނުގައި ވަޒީފާ އަދާކުރެވޭ ފެންވަރަށް ދިވެހިން ތަމްރީނު ކުރެވިފައިވޭބާ. ޔަގީނުން އެނގޭކަމަކީ ގައުމީ ޔުނިވާސިޓީގެ ބަރަވެލި ދުވުމުގެ ސަބަބުން އެދާއިރާއަށް ޒުވާނުން ނެރެވޭލެއް ވަރަށް ބޮޑަށް ލަސްވާކަން.
ދެރަ
23 December 2018
ތިޔަކަމުން ދިވެހިންނަށް ވާނެ ފައިދާއެއްބުބެދީބަލަ. ފަހަރުގައި ޓީޖީއެސްޓީ ލިބިދާނެތޯއްޗެ. ތިޔަފަޅަކީ ފުރިފައިވާ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލުހޯދަން ސިޓީއެއް ތަރައްޤީ ކުރަންޖެހޭ ތަނެއް. ތިޔަކާ ދެކޮޅު. މުޅި ގައުމުގެ ގުދުރަތީ މުއްސަދިކަން ބިދޭސީ މަހްޖަނުންނަށް. ދެރަ