ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހަމަޖެއްސި އިސްމާއިލް ހަމީދު.
25 ޑިސެމްބަރ 2018 - 12:18
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހަމަޖެއްސީ އިސްމާއިލް ހަމީދު ކަމަށެވެ. މީގެކުރިން، ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް ހުންނެވީ އިދުރީސް އިސްމާއިލް އެވެ.
އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން، އިދުރީސް ވަނީ މަގާމުން ވަކި ކުރައްވައިފަ އެވެ.
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އަހަރު ރިޔާސީ ގަރާރަކުން އުފައްދަވާފައިވާ ދިވެހި ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ސަރުކާރުގެ ކުންފުންޏެކެވެ.
ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ ހައްޖު ކޯޕަރޭޝަން އުފެއްދީ ހައްޖަށް ދާން ބޭނުންވާ ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަކަމާ އެކު ހައްޖަށް ދެވޭނެ އިންތިޒާމު ހަމަޖައްސައި، ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްދުކުރާ ދިވެހިންގެ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓާނެ ނިޒާމެއް ގާއިމުކުރުމުގެ ގޮތުންނެވެ.
މީގެ ހަތަރު އަހަރު ކުރިން ހައްޖު ކޯޕަރޭޝަން އުފެއްދީ، ބައެއް އަމިއްލަ ކުންފުނިތަކުން މީހުންގެ އަތުން ފައިސާ ނެގުމަށް ފަހު ހައްޖަށް ގެންގޮސްނުދިނުމުގެ މައްސަލަ ބޮޑުވާން ފެށުމުން އެކަމަށް ހައްލެއް ހޯދުމުގެ ގޮތުންނެވެ.
އެ ކުންފުންޏަށް މަހުން މަހަށް ފައިސާ ދައްކާ ހަމަކޮށްގެން ހައްޖަށް ދިއުމުގެ ފުރުސަތު ލިބެ އެވެ. އަދި ހައްޖު ކޯޓާގެ ބޮޑު ބައެއް ވެސް ދެނީ އެ ކުންފުންޏަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަކުރުބޭގެ ދަރި
26 December 2018
އިދުރީސް ގެ އަންހެނުން ޙައްޖަށް ގެނަދިޔަގޮތް ބަލަނީ ކޮންއިރަކުންހޭ؟ 2000 މީހުންނަށް ވުރެ ގިނައިން ކުރިޔަށް ފައިސާ ދައްކާފައިވާ އިރު، ވަގުތުން ފައިސާ ދީގެން އޭނާޔަށް ޖާގަ ލިބުނީ ކިހިނަކުންހޭ؟
ބަކުރުގެ ދަނބިދަރި
26 December 2018
ސުބްހާނަﷲ!!! ތިޔައީ ދޯ ތިތަނުގަ ގަންނަ ގަނޑަކީ... މިދިޔަ އަހަރުވެސް ރާއްޖެއަށް 2000 ކޯޓާ ލިބުނޯލަ! އަދިވެސް 2000 މީހުން ވެއިޓިންގް ލިސްޓުގަ. ލިސްޓު ބާއްވާފައި ސިޔާސީ މީހުންނަށް ބަހާލަނީ ދޯ! ޔާﷲ، މިކަމުން އަޅަމެން ސަަލާމަތް ކުރައްވާށި! އާމީން.
ެަހަރެން
25 December 2018
ވަރަށް ކެރި ހުރެ މި ބުނަނީ ޙަވާލުވީ ވަރަށް އިޚްލާޞްތެރި ބޭފުޅެއް. ތަނުގެ ތެރޭގައި މައްސަލަތަކެއް އެބަހުރި. ޢަރަބި ބަސް އެގޭ މީހުން މަދު. ޢަރަބި ގައުމަކަށް ދީނީ ކަމެއްގަ މީހުން ފުނުވަނީ. ހަގީގަތަކީ ތިތަނަށް ވައްދާ ކޮންމެ މުވައްޒަފަކަށް ޢަރަބި ބަސް އިގެން ޖެހޭނެ. އަހްމަދު އަސްލަމް އާއި ނާޒިމް އަކީ ހިނގުން ތެރި ދެބޭފުޅުން... ތިތަނަށް އަންހެން މުވައްޒަފުންގެ މަހުރަމުން ހައްޖަށް ގެންދަން ޖެހޭ އުޞޫލް އުވާލަން ފެނޭ..
ޒެޑް
25 December 2018
އިޚުލާސްތެރި ބޭފުޅެއް، ހެޔޮ ބަދަލަކަށް ވާނެ ކަމަށް އުއްމީދުކުރަން.. ތި ކުންފުންޏަކީވެސް ކޮރަޕްޝަންގެ ހާއްޔެއް.. ތަނުން ބޭރުކުރަންޖެހޭ ބަޔަކު ސީނިޔަ މެނޭޖްމެންޓްގަ އެބަތިބި. އެމީހުން ބޭރުނުކޮށް ފައިސާއަށް ވާނުވާއެއް ނޭނގޭނެ. އައިޓީ ހެޑް ހަދާފަ ހުރި ގޯސްތައް ބަލާ ފިޔަވަޅު އަޅާނެ ކަމަށް އުއްމީދުކުރަން. ސެޓްފިކެޓް ނެތި ބޮޑުކޮށްފަ ހުރި މުވައްޒަފެއްގެ އުނދަގޫވެސް އެހެން މުވައްޒަފުންނަށް ބޮޑުވެފަ ވަނީ!
ޢައިޓީ
25 December 2018
ޢަވަހަށް ވަޑައިގެން ބައްލަވާ!
ގަމު އަލީ
25 December 2018
ވަނަވަރު ނޫނީ، ތަޢުލީމީ ފެންވަރު ނޫނީ ތަޖުރިބާ. މީ ކޮން ޕާޓީއެއް؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ޖުމާ
25 December 2018
ހައްޖު ކޯޕަރޭޝަންގެ އެމްޑީއަކަށް އާ މީހަކު ހަމަޖައްސައިފި- މިގޮތަށް ސުރުހީތަކުގަ ލިޔަން ފަށަން ޖެހޭ. އެންމެންވެސް މަރުވާނީ
މަރޭމިތުރާ
25 December 2018
[އައުމީހަކު ކޮންމެ ދައުރަކަށް އައްޔަންކުރޭ! ގައުމުގެ ދަރިން ހައްޖައްދިއުން އުނދަގޫކުރޭ!]................. ތިޔަތަނުން އެހިނގާ ވައްކަންތައް މިއަދާއި ހަމައަށްވެސް ބެލިފައިނުވޭ! ބޭނުންވަނީ އިހުލާސްތެރި މީހަކު! ތިޔަ ބޭފުޅާގެ ގޮތްވެސް އެނގޭނެ މާގިނަދުވަހެއް ނުވަނީސް.
ހަބީބު
25 December 2018
މަރުހަބާ. އާ އެމްޑީ އަށް. ހައްޖުކޯޕަރޭޝަން ދަށުން ތަ ސަދަގާތް ފަންޑު ހިންގަނީ. މިފަންޑަށް ފައިސާ ޖަމާކުރަން ހަދަން ޖެހެނީ ކިހިނެއްތަ!
ނެތީމޭ
25 December 2018
ހައްޖު ކޯރޕަރޭޝަންގެ އެމްޑީ އަކަށް އާ ބޭފުޅަކު ތަމެންގެ ވެރިކަމުގައި ހަމަޖައްސައިގެން ނަމަވެސް ތިޔާ ކަން ރަނގަޅަށް ކޮށްފިނަމަ ރަނގަޅޭ މަމެން ބުނަން ނެތީމު ދޯ.
ރަދީފުގެ ދަރި ކުމާރު
25 December 2018
ވަރަށް ބަސްއަހާވައްތަރު ޖަހަނީ.
މިހާދު
25 December 2018
މީ ކާކުތަ؟