ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ޖަލްސާގައި ބައިވެރިވަަޑައިގަތުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ އިތުރުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރ. ދުވާފަރުގައި. --ފޮޓޯ: ރައީސް އޮފީސް
26 ޑިސެމްބަރ 2018 - 19:45
ފާއިތުވި 30 އަހަރު ދުވަހުގެ ތެރޭގައި ވެސް ރާއްޖެ ސިޔާސީ ގޮތުން އެކުވެރި ނުވާ މިންވަރަށް މިހާރު އެކުވެރި ވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރަން ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރާއްޖޭގެ ސިޔާސީ ސަފުތައް މިހާރު ބަދަހި ގުޅުމަކާ ގާތްކަމުގެ ތެރެއަށް އައިސްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންސާނީ މުޖުތަމައެއްގައި އެއްބައިވަންތަކަމާއި އެކުވެރިކަން އޮތުމަށް ޓަކައި ހުންނަން ޖެހޭ ހުރިހާ ސަބަބުތައް ރާއްޖޭގައި ދެމި އެބަ އޮތް ކަމަށާއި އެއްބައިވަންތަކަމުގައި ކޫރެއް ވެސް އެޅުނީ ސިޔާސީ ފިކުރުގެ ސަބަބުން ކަމަށެވެ.
"ހަމަ އެހެންމެ އެބައެއްގެ ތެރޭގައި އޮންނަ ސިޔާސީ ހަމަޖެހުމާއި މަސްލަހަތަކީ އެބައެއްގެ އެއްބައިވަންތަކަމާ އެކުވެރިކަން ހިފަހައްޓައިދޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
އިމްރާން އެހެން ވިދާޅުވީ އެއްބައިވަންތަ ވުމަށް ބާރަކަށްވާ ގިނަ ސަބަބުތަކެއް ވިދާޅުވެދެއްވުމަށް ފަހު އެވެ. އެގޮތުން އެއް ބަހަކުން ވާހަކަ ދެއްކުމާއި އެއްދީނަކަށް އުޅޭ އެއް ސަގާފަތެއްގެ ވެރި ބަޔަކަށް ވުން ފަދަ ސަބަބުތައް ބަޔާން ކުރެއްވި އެވެ. ދެން ވިދާޅުވީ ސިޔާސީ ހަމަޖެހުން ފިޔަވައި ދެން ހުރި ސަބަބުތައް ދުނިޔޭގެ އެހެން އެއްވެސް ތަނެއްގައި ނެތް މިންވަރަކަށް ރާއްޖޭގައި އެބަ އޮތް ކަމަށެވެ.
"މި ބަދަހިކަމަށް ކުޑަ ކުޑަ ކޫރުމެއް އެޅިގެން ދަނީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ސިޔާސީ ކޮންމެވެސް ނުތަނަވަސްކަމަކާ ދަތިތަކެއްގެ ސަބަބުން. ﷲ ސުބްޙާނަހޫ ވަތާއަލާގެ ރަޙުމަތުން އަޅުގަނޑުމެންނަށް މިއަދު މިހިސާބަށް އާދެވުނު އިރު، ﷲގެ ރަހުމަތުގެ ބޮޑުކަމުން އަޅުގަނޑުމެންނަށް މިތިބީ އެކަމުގައި ވެސް މި ވޭތުވެ ދިޔަ 30 އަކަށް އަހަރު އަރައި ނުގަނެވޭ ހިސާބަށް ޖެހިފައި. އަޅުގަނޑުމެންގެ ސިޔާސީ ސަފުތައް މިއަދު މިވަނީ ބަދަހި ގުޅުމަކާ ގާތްކަމެއްގެ ތެރެއަށް އައިސްފައި،" އިމްރާން ވިދާޅުވި އެވެ.
އޭނާ ދެން ވިދާޅުވީ ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިޔާސީ ހަމަޖެހުން ގާއިމްކޮށްފައި ބާއްވަން މަސައްކަތްކުރުމަކީ އެންމެންގެ މައްޗަށް ލާޒިމްކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ބައެެއް ވަޒީރުން ބައިވެރިވަޑައިގެންނެވި އެވެ.
ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި 26 ޑިސެމްބަރު ފާހަގަ ކުރަނީ ޑިސެމްބަރު 26، 2004 ގައި ރާއްޖެއަށާއި އޭޝިއާގެ އެހެން ގައުމުތަކަށް ކުރިމަތިވި ސުނާމީގައި ލިބުނު ގެއްލުންތަކުގައި ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ހަނދާން އާކުރުމަށެވެ.
ރާއްޖެ އާއި އޭޝިއާގެ ބައެއް ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ރާއްޖޭގެ ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ފަސް ރަށެއްގައި މީހުން ދިރިނޫޅެވޭ ވަރުވި އެވެ. ސުނާމީގައި ރާއްޖެއިން 82 މީހަކު މަރުވެ، 26 މީހަކު ގެއްލުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިމްރާން
01 January 2019
އެންގުމާނޭންގުމުގެ ގެ ތެރޭގައި އިމްރާން އާއަހަރު ފާހަގަ ކުރުވަނީ..އަންނި ކާރިޔަ ހުުރީ ނުލަފާހިނިއައިސްފަ . ކޮބާ އެއްކަލަ 3 ސޭހު.
ގުއިރޯނު
27 December 2018
މިހިސާބުން ފެށިގެން އަހަރެން ހަނުހުރީ.
ދީމާހު
27 December 2018
ދިވެހިންގެ މެދުގައި އޮތް އެކުވެރިކަން ގެއްލުނީ ސިޔާސީ ލީޑަރުން އަމިއްލަ އެދުމުގެ ސަބަބުން. އެއީ މައުމޫނު ވިޔަސް، ނަޝީދު ވިޔަސް ، ޔާމީނު ވިޔަސް ގާސިމު ވިޔަސް އިމްރާނު ވިޔަސް މީހަކަށް ދޫކުރާނެ މީހަކު ނެތް.
ޒުންދުޤު
27 December 2018
ޤައުމައިގެން ކުރިޔަށް. އެއްބައިވިޔަސް 1.4 ބިލިއަން ވަގަށްނެގި މީހުން ޖަލަށް ލާންޖެހޭނެ
ސަޅިބައިސާ
27 December 2018
މަޖިލިސް އިންތިހާބު ނިމުނީމަ އެކުވެރިކަން ފެންނަން ފަށާނީ. މިހާރު މިއޮތީ އަންނަން އޮތް ކޮޅިގަނޑަށް ދަމާލާފަ. ސިޔާސީ ޢިލްމުވެރިން ކިޔާއެއްޗެއް މާނަކުރަންވާނީވެސް އެކޮޅުކޮޅުން.
ތާއީދު
27 December 2018
ހަގީގަތުގައި އަތަ ތި ވިދާޅުވީ ވަރަށް ރަނގަޅު ވާހަކައެއް ރައީސުލްޖުމްހޫރިއްޔާ އިހުތިރާމް ކުރަން ޖެހޭ ނެ ވަޒީރުން ވެސް. އެކަމަކު އިހުތިރާމް ކުރަން އެގޭނީ އެކަހަލަ ސިފައެއް ހުރެގެން، ޚިޔާތާއި ފަސާދައިން ފޯވެފައިވާ ހިތެއްގައި މަޑުމައިތިރިކަމެއް އަނެކާއަށް އިހުތިރާމް ކުރުމެއް ނުބޭއްވޭނެ. ނާޖާއިޒު ބަހުރުވަޔާއި ނާޖާއިޒު އަމަލުގެ ތެރެއިން ކިތަންމެ ބޮޑު މަގާމެއް ލިބުނަސް ހުންނާނީ ހަމަ [އެހިސާބު]ގައި
އަތަ
26 December 2018
އަލީ ވަހީދު ވެއްޖެ ދެއްތޯ ޤައުމުގެ ރައީސުލް ޖުމްހުރިއްޔާ އަރިހު ހުންނައިރު އެމަނިކުފާނަށް އިހުތިރާމް ކުރުމުގެ ގޮތުން ފިޔަވަޅެއް ނަމަވެސް ފަހަތުގަ ހުރެވޭތޯބަލަން. ފޮޓޯއިން ހީވާކަހަލަ ރައީސްއަށްވުރެ އެބޭފުޅާ ހުރިހާ ގޮތަކަށްވެސް ސައިޒްބޮޑުހެން.
ޕާޕަރު
27 December 2018
ކަލޯ ތިބުނީ ހާދަ ބޮޑު ތެދެކޭ. ފޮޓޯ ބަލާލީމާ މަންޒަރު ސާފުވަނީ.
ރާއްޖެ
27 December 2018
އެއީ ޕަޕެޓް ރައީސް ވީމައޭ.
ޢަސީލު
26 December 2018
މިނިސްޓަރުންގެ މެދުގަ ދެއްތޯ
އަލީ ރާޖާ
26 December 2018
ކަނޑައެޅިގެން ދޮގެއް. 90ގެ އަހަރުތަކުގައި ސިޔާސީ ވާދަވެރިކަން އޮތީ ވަރަށް ކުޑަކޮށް.
އަލިފް ހ
26 December 2018
ސިޔާސީ ހަޔާތް ފެށިފަހުން މިދުވަސްކޮޅު ސިޔާސީވެރިން އެކުވެރިންނަށޭ ކިޔައިގެން އުޅުނީ ހަމައެކަނި ޔާމީން ވެރިކަމުން ބާލަން! އެކަމަކު މި ރާއްޖޭގައި ސިޔާސީ ޕާޓީ ކުޅި ނެތް އިރު މާ އެކުވެރި! މިހާރުވެސް ތިޔަ ވެރިންތައް އެކަކު އަނެކަކަށް ކަރަށް ފައިން އަރަން ފައިވިއްދާފަ ތިބިވަރުން މަމެންނަށް ވުރެ ބޮޑަށް އެނގޭނީ ތަމެންނަށް. ވައްސަލާމް. އހ