ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި އިފްހާމް (ވ) އަދި ޑެޕިއުޓީ އެޓާނީއަކަށް އައްޔަންކުރެއްވި ހަދީޖާއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރައްވަނީ.--ފޮޓޯ: ރައީސް އޮފީސް
02 ޖެނުއަރީ 2019 - 17:06
މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށާއި ޑެޕިއުޓީ އެޓާނީ ޖެނެރަލްގެ މަގާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެ ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ޖެންޑާގެ މިނިސްޓްރީގެ ތިން ވަނަ ސްޓޭޓް މިނިސްޓަރަކަށް ހަމަޖެއްސެވީ މ. ޖަވާހިރުވާދީ އިފްހާމް ހުސެއިން ކަަމަށެވެ. އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވި އިފްހާމަކީ، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ އަނބިކަނބަލުން އިލްހާމް ހުސެއިންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ޑެޕިއުޓީ އެޓާނީއަކަށް އައްޔަންކުރެއްވި ހަދީޖާއާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ސަލާމްކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި ޑެޕިއުޓީ އެޓާނީ ޖެނެރަލަކަށް އައްޔަންކުރެއްވީ މ. ނިޔަދުރުމާގެ ހަދީޖާ ޝަބީނެވެ.
އިފްހާމަކީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލަންޑުން ތައުލީމީ ދާއިރާއިން މާސްޓާސް ހާސިލުކުރައްވައި، ހަމަ އެ ޔުނިވާސިޓީން އާލީ ޗައިލްޑްހުޑުން ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް، ދުބާއީގައި ދެމުން އަންނަ ބައިނަލްއަގުވާމީ އެވޯޑެއް ކަމަށްވާ ޕްރިންސަސް ހަޔާ ފޯ ސްޕެޝަލް އެޑިއުކޭޝަންގެ އެވޯޑު 2015 ގައި ލިބިވަޑައިގަތެވެ. އަދި، 2016 ވަނަ އަހަރު ޖެންޑާ މިނިސްޓްރީން ޑިސެބިލިޓީ އެވޯޑް ވެސް ދީފައިވެ އެވެ. މީގެ އިތުރުން ރެހެންދި އެވޯޑު 2017 ގައި ލިބިވަޑައިގަތެވެ.
ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަންކުރެއްވި އިފްހާމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަގާމުގެ ލިޔުން ހަވާލުކުރައްވަނީ --ފޮޓޯ: ރައީސް އޮފީސް
ހަދީޖާ އަކީ ސިންގަޕޫރުގެ ނޭޝަނަލް ޔުނިވާސިޓީން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައި އަދި އޮސްޓްރޭލިއާގެ މެލްބާން ޔުނިވާސިޓީން ގާނޫނީ ދާއިރާއިން އޮނާސް ޑިގްރީ ނަންގަވާފައިވާ ބޭފުޅެކެވެ. އޭނާ މީގެ ކުރިން ވަނީ ރައީސް އޮފީހާއި އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގެ އިތުރުން އަމިއްލަ ލޯ ފާމްތަކުގައި ވެސް މަސައްކަތް ކުރައްވައިފަ އެެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫދު
03 January 2019
ސިޔާސީ ބޭފުޅުންނާ ގުޅުން ބަދަހި ކުރުމުގެ ސަބަބުން ލިބުނު މަޤާމެއްކަމަށް ފެނޭ ސްޓޭޓް މިނިސްޓަރުކަމަކީ. އެހެންވިޔަސް މަރުހަބާ.
މަރުހަބާ
03 January 2019
މަރުހަބާ ދެބޭފުޅުންނަށްވެސް. އިފްހާމަކީ ޤާބިލް ބޭފުޅެއް ކަމަށް ފެނޭ. މާބޮޑަށް މީހުނާއި ރައްޓެހިކަން އާލާ ނުކޮށް މަސައްކަތް ކުރިއަށް ގެންދަވާނެކަމަށް އުންމީދުކުރަން
ޖަޒީރާބެ
03 January 2019
ތިކުޅި ނިމޭކަށް ނޫޅޭތަ އަދިވެސް
ދެެެއެދސސއއެކއެކއޮެކއޮެރެޖރޖރގ
03 January 2019
ކޮބާ އޯޓިޒަމް ސެންޓަރ ހިންގުން ސިޔާސީވީ ތިޔަކަމަހެދި ދެތޯ މަހީކުރި މިނިސްޓަރ އޮފް އޯޓިޒަމް ކަންދޭނެކަމަށް
ހިންނަވަރު މޯޑް
03 January 2019
މަގާމަށް އައްޔަންކުރެއްވި ތައުލީމީ ދެ ޒުވާނުންގެވެސް ހިނިތުންވުން ވަރަށް ހިތްގައިމު. ރައީސް އިބޫ ސޯލިހަށް އިހުލާސްތެރިކަމާއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާނެކަމަށް އުއްމީދުކުރަން. ސިޔާސީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން ވެރިމީހާއަށް އިހްލާސްތެރިކަން ފާޅުވާ މިންވަރަށް ނުދެއްކޭ ކަމުގައި ވާނަމަ އެ މީހެއްގެ އެއްވެސް ބޭނުމެއް ނެތެވެ. ހިތްތިރި އޯގާތެރި ވެރިއެއްގެ އަތުން ސިޔާސީ މަގާމެއް ލިބުމަކީ ބޮޑު ފަހުރެއް. ބޮޑު ނަސީމެއް.
ފިކުރީ ހަނގުރާމަ
03 January 2019
ފެނަށް މަސްދިރުވާހެން، ދަނމަކުން ބަޑިއެއް ޖަހާހެން މި ފަންތިތަކަށް މީހުން މި އަޅަނީ ވާނުވާ ނާންގާނަމޭ ހިތާތަ؟ ތިޔަށް ވުރެ ފުރަތަމަ އޮފީސް އޮފީހުގެ މެންޑޭޓް ޔަގީންވޭތޯ ކޮމިޓީއެއް އެކުލަވާލައިގެންވެސް ބަލާބަ..
އާނަ
03 January 2019
މަރުޙަބާ ދެކަނބަލުންނަށް، ޤާބިލްކަން ފެނިގެންދާނީ ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައްތައް ހޯއްދަވައިދެއްވަވާ، ތެދުވެރިކަމާ ވަފާތެރިކަމާއެކު މަސައްކަތް ކުރެއްވުމުން. ވަކިފަރުންތަކެއްގެ ޒިންމާއަށްވުރެ ޤައުމެއްގެ ޒިންމާ ހާސްބައިތަފާތުވާނެ.
ބަނަސް
03 January 2019
ސަރުކާރު ތަމްސީލު ކުރާ ބޭފުޅުންނާއި، ޕާލިމެންޓު އެމްޕީން ހައި ކޯޓު، ސިވިލް ކޯޓުގައި އެބަ ވަކާލާތުކުރޭ އާންމު ދޭދޭ މީހުންގެ ކޭސްތަކުގައި. މިފަދަ ކޭސްތަކުގައި ނުފޫޒުވެރި ލޯޔަރުން އެބަ ބޮޑެތި އަގު ނަންގަވާއިގެން އެމީހުންގެ ނުފޫޒުން އެ ކޭސްތަށް އެބަ އަނބުރާލާ. މިއީ ތިބުނާ އިންސާފުތޯ؟
ކޮލެޖް ބޯއީ
03 January 2019
އަމިއްލަ އަށް ހިންގާކަމާއި ސަރުކާރުން ހިންގާކަމާއި ގުޅުވާލަދިނީމަ ދޯ ދެތަނުގެ ބަޖެޓަށްވެސް ލުއިވާނީ. މަރުހަބާ
އޭ.ޖީ.އޯ
02 January 2019
މަރުހަބާ ޝަބީން!