ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އިއްޔެ އައްޔަން ކުރެއްވި ޝުކޫރު: އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބެލި މައްސަލަ އަށް ވީ ގޮތެއް ނޭނގޭ.
06 މާޗް 2020 - 07:50
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު، ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާގެ މަގާމުގައި މަގާމުން މިދިޔަ ޖެނުއަރީ މަހު އެކަހެރި ކުރި އަބްދުއްޝުކޫރު އަބްދުލް ހަކީމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވައިފި އެވެ.
އޭރު ސްޓޭޓް މިނިސްޓަރުކަމުގެ ފެންވަރުގައި ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނަވަނިކޮށް، ޖެނުއަރީ 23 ގައި، ގއ. ކޮލަމާފުށި، އޯކިޑްވިލާ، އަބްދުއްޝުކޫރު ސަސްޕެންޑް ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ. އަދި އެ ފިޔަވަޅު އެޅީ އެ ކޮމިޝަންގެ އެންގުމަކަށް ކަމަށް ވެ އެވެ.
އެކަމަކު، މަގާމު ދަށްކުރުމަށް ފަހު ވިޔަސް ޝުކޫރަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން ދިޔަ މައްސަލަ ނިމުނު ގޮތެއް، އެ މައްސަލައިގެ އެެއްވެސް ތަފްސީލެއް އެ ކޮމިޝަނުންނާއި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.
ރައީސް އޮފީހުން ބުނީ، ޝުކޫރަކީ، ސްރީ ލަންކާގެ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓާ އޮފް ސައިންސް އިން އެޑިއުކޭޝަން ލީޑާޝިޕް އެންޑް މެނޭޖްމަންޓް ސެޓިފިކެޓް ހޯއްދަވާފައިވާ ބޭފުޅެއް ކަަމަށެވެ. އަދި، 26 އަހަރުގެ ދިގު މުއްދަތަކަށް ތައުލީމީ ދާއިރާގައި އޭނާ ޚިދުމަތް ކުރައްވާފައިވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
އެކަމަކު، މަގާމު ދަށްކުރުމަށް ފަހު ވިޔަސް ޝުކޫރަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މި ދެއްވީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން ދިޔަ މައްސަލަ ނިމުނު ގޮތެއް، އެ މައްސަލައިގެ އެެއްވެސް ތަފްސީލެއް އެ ކޮމިޝަނުންނާއި ސަރުކާރުން ވެސް ހާމައެއް ނުކުރެ އެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އަކާއި 12،500ރ. ގެ އެލަވަންސެކެވެ. ސްޓޭޓް މިނިސްޓަރެއްގެ މުސާރަ އަކީ މަހަކު 32،000ރ. އެވެ. އޭގެ އިތުރުން މަހަކު 15،000ރ. ގެ އެލަވަންސެއް ސްޓޭޓް މިނިސްޓަރުންނަށް ލިބިވަޑައިގަންނަވާނެ އެވެ.
ޝުކޫރާ އެކު، ޖެންޑާ މިނިސްޓްރީގައި މިހާރު ހަތަރު ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ އަދަދަކީ ވެސް މިހާރު ހަތަރެކެވެ.
މި ސަރުކާރުގައި މިހާރު 52 ސްޓޭޓް މިނިސްޓަރުންނާއި 78 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވަ އެވެ. އެއީ އެ ދެ މަގާމުގެ ފެންވަރުގައި އެކި އޮފީސްތަކަށް އައްޔަން ކުރައްވާފައިވާ ބޭފުޅުނާ އެކުގަ އެވެ.
ރައީސް އޮފީހުގައި ސްޓޭޓް މިނިސްޓަރުކަމުގައި އަދި އެ ފެންވަރުގެ މަގާމުތަކުގައި 10 ބޭފުޅަކު ތިއްބަވަ އެވެ. ޑެޕިއުޓީ މިނިސްޓަރުކަމުގެ ފެންވަރުގެ މަގާމުތަކުގައި ރައީސް އޮފީހުގައި ތިއްބެވި ބޭފުޅުންގެ އަދަދަކީ 13 އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުހާނާ
17 March 2020
މިވަރުގެ ބާރުގަދަ މީހަކު ނުދެކެން.މީ އެއްގޮތަކަށްވެސް ކަމުދާ މީހެއްނުން.ސަރުކާރުން މިމީސްމީހުންނަށް ކޮންމެހެންވެސްް ރުފިޔާ ދޭން ޖެހެންޏާ ގޭގަ ބަހައްޓާފަ ދޭންވީނުން.އެއިރުން ރައްޔިތުންނަށް ނޭގޭނެނުން.އާދޭސްކޮށްފަ ބުނަން މީނަ ވަޒީފާ އަދާކުރި ތަންތަންހޯދާފަ އެތަނުގެ އުޅޭމީހުން ކައިރިން މީނަގެ ވާހަކަ އަހާލަބަލަ.ދެން މަވާ ސަލާމް މި އެމްޑީޕީއަށް.މިވަރުން ފުދިއްޖެ.
ނޯމޯޖަޒީރާ
09 March 2020
މަށަކީ ހުރިހާ އިންތިހާބެއްގަވެސް އަމިއްލަ ފައިދާއެއްނެތި އާއިލާ މެމްބަރުން ވާދަކުރިޔަސް މޑޕ ކެންޑިޑޭޓުންނަށް ވޯޓު ދިން މީހެއް..އެކަމު ދެންފުދިއްޖެ. އިޔަ ޝުކޫރު ކުރީ ވަޒީފާތަކުގަވެސް، ހިޔާގަ ހުރެވެސް ކަންތައް ކުރިގޮތް ރަނގަޅަށް އެނގޭ މީހެއްގެ ހައިސިއްޔަތުން (ރައީސްއޮފީހުގެ މިނިސްޓަރާ މީނަގާތްވީމަ) ޝިދާތާ އެއްލާލާފަ ސަރުކާރުން މިކަންތައްކުރީ ވަރަށް މަކަރުވެރިކަމާއެކު..މީނަ ހިޔާގައި ކަން ކޮށްފައިހުރި ގޮތް ރަނގަޅަށް އެނގޭމީހަކު ލޭނުކެކި ނުހުންނާނެ.
މުޙުއްމާ
06 March 2020
ހަމ ޔާމީނެކޭ މިމީހުނެކޭ އެކައްޗެއް މިހަދަނީ. ވަކި ތަފާތެއްނެއް. ވައްކަންކުރުންވެސް ހަމަ އެއްވަރު، ތަފާތަކީ ސްޓައިލް. ޔާމީނު ދައުލަތުގެ ޚަޒާނާއަށް ވަންނަން ދިޔަ ލާރި ޖީބަށް އޮއްސާލީ. މިމީހުން ޚަޒާނާގަހުރި ލާރި ބަދަލުގެގޮތުގައި ގާތް މީހުނަށްދީ ހުސް ކުރަނީ. ރަގަޅު ބަޔަކު މިރާއްޖޭގަ ތިބިއްޔާ ނުކުންނަން ވެއްޖެނުން ރައްޔިތުންނަށް ހިޔޮ ވެރިކަމެއް ކޮއްދޭން.
ދިވެއްސެއް...
07 March 2020
ރަގަޅު ބައަކު ނިކުމެއްޖެނަމަ އެމީހުންނަށް ވޯޓުދޭނެތަ ދިވެހިން؟
ފުޙުއްމާ
07 March 2020
ކުރިމަތިލާއިރު ފިސާރި ދަޅަދައްކާނެ. ވެރިކަން ލިބުނީމަ ޖެހޭނީ އެއްތަނެއްގަ. ހިނގަންއޮންނާނީ އެއްމަގެއް. ފިޔަވަޅުއެޅުން ތަފާތުވެދާނެ. ތިބުނީހެޔޮކޮށް! ސްޓައިލް ތަފާތުވެދާނެ. އެކަމަކު ނިމޭނީ ދާދެއެއްގޮތަކަށް. ރަނގަޅަށްވިއްޔާ މީނަގެފަހަތުގައި ވޯޓުބޮނޑިއެއްއޮތީ. ނޫނީ ވިޔަފާރިވެރިއެއްގެ ޙިމާޔަތްއޮތީ. ޒީރޯ ޓޮލަރަންސް މިފެންނަނީ ހީކުރިގޮތާއި މުޅިންޙިލާފަށް. ހީވަނީ އިބުރާބުނިކަހަލަ އަނދިރިތަނަކަށްވަދެ އެސޮރު ފިލައިފިހެން!
ނަން
06 March 2020
ސިޔާސީ މަޤާމު ގިނަވި ވަރަކަށް ޚަރަދު ކުޑަވާނެ.. އެމީހުންނަށް ބޮޑު މުސާރަ ދިން ވަރަކަށް ޚަރަދު ކުޑަވާނެ.. ޚަރަދު ބޮޑު މިވަނީ މިނިމަމް ވޭޖް ދޭން ޖެހޭތީ.. ކޮރޯނާ ވައިރަސް ފެތުރޭތީ ވެސް ޚަރަދު ކުޑަ ވާނީ ސިވިލް ސަާރވިސް އަދި އެހެން ދެރަ ނިކަމެތި މީހުންގެ މުސާރަ ކެނޑީމަ
ފަރީ
06 March 2020
ޔާމީން ސަރުކާރުގަ އެމް.ޑީ.ޕީ އިން މަައްސަލަ ޖެއްސި ހުރިހާ ކަމެއް ގެ ދެތިން ގުނަ އިތުރަށް މިހާރު މި ސަރުކާރުގަ. މަތިބަރު ވެގެން ގޮސް ވެއްޓުމާ ގާތްވެއްޖެ. ޚާއްސަ ކޮށް ސިޔޠާސީ މަގާމު ތަކާ ޒީރޯ ޓޮލެރެންސް....
ޜުގިޔާ
06 March 2020
÷ޕިސްޕސް
ޒީރޯ
06 March 2020
ހައްގު މިންވަރު
މުރާސިލް
06 March 2020
ތިއީ ޒީރޯ ޓޮލެރެންސްގެ ދަށުން ދިން މަޤާމެކެވެ. މިވެރިކަމުގައި ދުވަހަކުވެސް ބުނާ ބަހާއި ޢަމަލާއި ދިމަލެއް ނުވާނެއެވެ. މުޅިން ދޮގާއި މަކަރާއި ޙީލަތެވެ. އަބަދު މިހެން ޮޅުވާލައިގެން ވެރިކަމުގައި ތިބެވޭނެކަމަށް ބަޔަކަށް ހީވާނަމަ އެއީ ކުށް ހީއެކެވެ. މިވެރިކަން ލަސްތަކެއް ނުވެ ނިމިދާނެއެވެ.
ޢައިމިނަ
06 March 2020
ޢެމީހާ ނޫނީ ކިޔައިގެން ހުރި މީހަކު ނެތީބާ ބޮޑުމުސާރަ ދީފަ ތިބޭ ބޭކާރުބައެއް ތިބުނާ ހިޔާގަ ކުދިން ރަގަޅުވޭތޯ ކުރާހުރިހާ ކަމެއް ކުރަނީ މުހްޔިއްދީނުގެ ޕުރިންސިޕަލޭ ބުންޏަސް ދޮގަކަށް ނުވާނެ ދެން ކޮން މިނިސްޓަރު ތަކެއް ލާކަށްތަ؟
ހަސަންތަކުރު
09 March 2020
ކޯންޗެއް ކިޔަވައިގެން...އެއޮތީ ސެޓްފިކެޓް ލެވެލްގެ ކޯހެއްގެ ވާހަކަ..ކޯހުގެ ނަން ތަންކޮޅެއް ދިގުވެފައި ސައިންސޭ އެޑިޔުކޭޝަނޭ އޮތީމަ ދިވެހިން ހީކުރާނެތާ މީ ސައިންޓިސްޓެކޭ ނޫނީ ޕްރޮފެސަރެކޭ.. ތިފާޑުގެ މޮޅެތި ނަންނަމުގައި ހިންގާ ދެ ތިން ދުވަހުގެ ވޯކްޝޮޕްތަކުގައި ބައިވެރިވެގެން މަށަށްވެސް އެބަހުރި ލިބިފަ ތީގެ ސެޓްފިކެޓްތައް..ދެން އެއޮތީ ލަންކާގެ ވާހަކަ..މަގޭ ކަޒިންއެއ އަތުގައި އޮންނާނެ ލަންކާއިން އޭނަގަތް އެކްރެޑިޓް ކޮށްފައި އިން ތިކަހަލަ 3ސެޓްފިކެޓް
ވައުދު 2018
06 March 2020
ސިވިލް ސާވަންޓުން މުސާރަ ކުޑަކުރޭ ހެޔޮނުވާނެ.