ޚަބަރު / ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ

ކަރެކްޝަންގެ އިހުމާލުން ޖަލުގައި މަރުވި މީހުންގެ އަދަދު ހޯދަން އެދިއްޖެ

ޖަލުގެ އޮޑިޓް ހެދުމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިހުމާލުން ޖަލުގައި މަރުވި މީހުންގެ އަދަދު ހޯދަން އެދިފައިވާނެ ކަމަށް، ޖަލުގެ ހާލަތު އޮޑިޓުކުރަން އުފެއްދި ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި "މިހާރު"ން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ކޮމިޝަންގެ މެމްބަރު ޝަހިންދާ އިސްމާއިލް ވިދާޅުވީ ކަރެކްޝަންސްގެ އިހުމާލުން މަރުވި މީހުންގެ އަދަދާއި އެނޫން ވެސް މައުލޫމާތު ހޯދުމަށް އެ އިދާރާގައި އެދިފައިވާ ކަމަށެވެ.

ފާއިތުވި ފަސް އަހަރުގެ ތެރޭގައި ގައިދީންނަށް އެކަށީގެންވާ ފަރުވާ ނުދިނުމުގެ ސަބަބުން ޖަލުގައި މީހުން މަރުވުމާއި އެމީހުންނާ ދޭތެރޭ އިހާނެތިކޮށް ކަންތައްކުރުމުގެ ތުހުމަތު ގިނަ ބަޔަކު ކަރެކްޝަންގެ ބޮލުގައި އަޅުވަ އެވެ. އަދި ކަންބޮޑުވާ ދަރަޖައަކަށް، ޖަލުތަކުގައި، ފާއިތުވި އަހަރުތަކުގައި މީހުން މަރުވެފައިވާ ކަމަށް ވެސް ގިނަ ބަޔަކު ދެކެ އެވެ.

ޖަލުތައް އޮޑިޓްކުރުމަށް ހޯމް މިނިސްޓްރީން ހަތް މެމްބަރުންގެ ކޮމިޝަނެއް އުފެއްދީ މިދިޔަ މަހުގެ 18 ވަނަ ދުވަހެވެ. މިހާތަނަށް ބެލި ބެލުމުން ޖަލުގެ ހާލަތާ ގުޅޭ ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ޝަހިންދާ ވިދާޅުވި އެވެ. އޭގެ ތެރޭގައި ޖަލުގައި މީހުން މަރުވުން ހިމެނެ އެވެ.

"...އެންމެ ކަންބޮޑުވާ ކަންތައްތަކުގެ ތެރޭގައި މި ހުރީ ޖަލުގައި މީހުން މަރުވުން. ދެ ވަނަ ކަމަކީ ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް. އޭގެ އިތުރުން ޖަލުގައި މީހުންނަށް އަނިޔާކުރުމާއި ލާއިންސާނީ ގޮތްގޮތަށް މީހުންނާ ދޭތެރޭ އަމަލުކުރާ މައްސަލަތަކަކީ އަޅުގަނޑުމެން ކަންބޮޑުވާ ކަންތައްތަކެއް،" ޝަހިންދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަށީގެންވާ މިންވަރަށްވުރެ ގިނައިން ޖަލުތަކުގައި މީހުން އެބަ ގެންގުޅެ އެވެ. އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށާއި އެ ކަންކަމަށް ހައްލު ގެނެވޭނެ ރިކޮމެންޑޭޝަންތަކެއް ސަރުކާރަށް ހުށަހަޅާނެ ކަމަށް ވިދާޅުވި އެވެ.

ކޮމިޝަންގެ ރައީސް އަހުމަދު އަބްދުލްކަރީމް ވިދާޅުވީ ޖަލު އޮޑިޓުގެ މަސައްކަތްތައް ފަށައި ޖަލުގެ ހާލަތާ ގުޅޭ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގެ ބޭފުޅުންނާ މިހާރު ބައްދަލުކުރައްވާފައިވާ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖަލުތައް އޮޑިޓްކުރަން ހޯމް މިނިސްޓްރީން އުފެއްދި ކޮމިޝަނަށް ދީފައިވަނީ 75 ދުވަހުގެ މުއްދަތެވެ. އެ މުއްދަތުގެ ތެރޭގައި ހަތް މެމްބަރުން ހިމެނިވަޑައިގަންނަވާ ކޮމިޝަނުން ރިޕޯޓު ނިންމައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ހުށަހަޅުއްވަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އެހެންވެ ޖަލު އޮޑިޓް ހެދުމަށް ބާކީ އޮތީ ދެ މަހެވެ.

ޖަލުގެ އޮޑިޓް ހެދުމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު އަބްދުލްކަރީމް ވާހަކަދައްކަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

"ގައިދީންނަށް ނުވަތަ ބަންދު މީހުންނަށް ލިބޭ އަސާސީ ހިދުމަތްތަކާއި އެމީހުންގެ ކެއުންބުއިމާއި އެތަނުގެ ސާފުތާހިރުކަމާއި އަދި އެތަނުގެ ޖާގައިގެ ދަތިކަމާއި އެތަނުގެ އިމާރާތްތަކާއި އެމީހުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް، އެތަނުގައި ހަމަޖެހިފައި އޮތީ ކޮން ގޮތަކަށްތޯއާ، ސިއްހީ ފަރުވާ ދިނުމުގެ ކަންތައްތައް އިންތިޒާމުވެފައި ހުރި ގޮތާ. މި ހުރިހާ ކަމެއް އަޅުގަނޑުމެން [ޖަލަށް] ޒިޔާރަތްކުރުމަށްފަހު ޒިޔާރަތުގެ ތެރެއިން ކުރިއަށްގެންދާނެ،" އަހުމަދު ވިދާޅުވި އެވެ.

އޮޑިޓްގައި، ޖަލުގެ އަސާސީ މިންގަނޑުތަކާއި ގައިދީންނަށް އެންމެ ދަށްވެގެން ހުންނަންޖެހޭ ކަމަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ މިންގަނޑުތަކަށް ރާއްޖޭގެ ޖަލުތައް ހުރިތޯ ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެއަށްވުރެ ދަށްވެއްޖެ ނަމަ އެއީ ލާއިންސާނީ އަމަލެއްކަން އަހުމަދު ފާހަގަކުރެއްވި އެވެ.

މީހުން ބަންދުކުރާ ނިޒާމާއި ޖަލުގައި މީހުން މަރުވުމާއި ސިއްހީ ފަރުވާ ނުލިބި ލަސްވުމުގެ މައްސަލަ އާއި ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތައް ބަލާނެ ކަމަށް ވެސް ވިދާޅުވި އެވެ. އެ ކަންތައްތަކުގެ އިތުރުން ޖަލުގެ އޮފިސަރުންނަށް ދިމާވާ ގޮންޖެހުންތައް ބަލާނެ ކަމަށް ވިދާޅުވި އެވެ.

ޖަލުގެ އޮޑިޓް ހެދުމަށްޓަކައި ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަނުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު ޝަހިންދާ ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އަހުމަދު ވިދާޅުވި ގޮތުގައި ވަރަށް ކުދިކުދި ކުށުގައި ވެސް މީހުން ޖަލަށް ލަ އެވެ. އޭގެ ބަދަލުގައި ޖަލަށް ކޮންމެހެން ގެންދަން ނުޖެހޭ މީހުން ޖަލަށް ނުގެންގޮސް ދެވޭނެ އެހެން އަދަބުތަކެއް ހޯދުމަށް ރިކޮމެންޑް ކުރާނެ ކަމަށް ވިދާޅުވި އެވެ.

"...ކުދި ކުދި ކުށުގައި ޖަލަށް ލާ މީހުން އެނބުރި ނިކުންނައިރު ވެސް ހުރިހާ އެންމެން އެއްތަނެއްގައި ތިބެން ޖެހުމުގެ ސަބަބުން ވާ ގޮތަކީ އެމީހުން ނިކުންނަނީ ބޮޑެތި ކުށްވެރިންނަށް ބަދަލުވެގެން. އޮޑިޓުގައި އެކަން އަޅުގަނޑުމެން ވަރަށް ބަލާނަން، ބަލާފައި ގާނޫނުތަކުގައި ތަންދޭ މިންވަރަކުން ޖަލަށް ކޮންމެހެން ގެންދަން ނުޖެހޭ މީހުން ޖަލަށް ނުގެންގޮސް އެމީހުންނަށް ދެވޭނެ ކޮންމެ ވެސް އެހެން އަދަބެއް ހޯދުމަށް މީގައި ރިކޮމެންޑް ކުރާނަން،" އަހުމަދު ވިދާޅުވި އެވެ.

5 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 83%
icon sad icon sad 0%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖުލައި

05 January 2019

ކަރެކްޝަންހެ އިހްމާލޭ ކިޔުމުގެ ބަދަލުގައި ދިވެހި ދައުލަތުގެ އިހްމާލޭ ކިޔުން މާ ރަނގަޅު. ތިއޯޑިޓް ކޮށް ނިމޭއިރު އެނގޭނެ މިކަން. ކަރެކްޝަނަލް ސަރވިސް އަށް ދޭން ވާ ވަސީލަތްތައް ނުދީ ކިހިނެއް ބޭސްފަރުވާ ކުރަނީ.

The name is already taken The name is available. Register?

ކަރީމުއްދީން ބާޝާ

03 January 2019

ނާސިރު ދައުރުގާ ޖަލުގާ ތަޅާރޯނާގަންނަވާލި މައްސަލަތައްވެސް އެބަޖެހޭ. މައުމޫނު ވެރިކަމިގާ ޖަލުގާކުރި އަނިޔާތައްވެސް ބަލަން އެބަޖެހޭ.

The name is already taken The name is available. Register?

އަބްދޫ

03 January 2019

ކަރެކްސަނުގެ އިހުމާލުން އެއްވެސް މީހަކު މަރެއްނުވާނެ . އެމީހެއްގެ އަޖަލު ހަމަވުމުން ކޮންމެތަނެއްގާ ހުއްޓަސް މަރުވާނެ. އެއީ އެއްވެސް މީހެއްގެ އިހުމާލެއްނޫން. ގައުމު8 ހަލާކުކުރަން ނޫޅުއްވާ.

The name is already taken The name is available. Register?

ގަބްދޫ

03 January 2019

ކަރެކްޝަންގެ އިޙުމާލު ދޯ އެއީ ބަލިވީމަ ބޭސްފަރުވާ ނުކުރުމުން ލިބެ ގެއްލުމަކީ. ތިމާ މީހާ ގޭގެ ފިނި ކޮޓަރީގައި އިނަސް އަނެކާގެ ހާލަތެއް ނޭނގޭނެ. ތިހާ ރަޙުމްކުޑަ މީހުން އަދިވެސް އެބަ އުޅޭތާދޯ.

The name is already taken The name is available. Register?

ޒާހިރުބެ00

03 January 2019

އެމީހުން އަލުން ދިރުވަނީތަ؟ އުފާވެރި ޚަބްރެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454