"ބައިފާ އަޔުރްވެދާ" ބްރޭންޑަކީ ބަންކޫރާ ސްޕެޗޝަލިޓީ ކްލިނިކާއި ލެކިއުޓާ ގުޅިގެން ރާއްޖެއަށް ތައާރަފްކޮށްފައިވާ ޕްރޮޑަކްޓެއް-- ފޮޓޯ:މިހާރު
11 ޖެނުއަރީ 2019 - 16:07
އާ ކޮސްމެޓިކް ޕްރޮޑަކްޓެއް ލެކިއުޓުން ރާއްޖެ އަށް ތައާރަފް ކޮށްފި އެވެ.
ލެކިއުޓާއި ބަންކޫރާ ސްޕެޝަލިޓީ ކްލިނިކް ގުޅިގެން ރާއްޖެ އަށް ތައާރަފް ކުރީ "ބައިފާ އަޔުރްވެދާ" ނަމަކަށް ކިޔާ ޕްރޮޑަކްޓެކެވެ.
މި ޕްރޮޑަކްޓާ ގުޅޭ ގޮތުން ،ބަންކޫރާ ސްޕެޝަލިޓީ ކްލިނިގް ސީއީއޯ އަހުމަދު އަދުހަމް އަބްދުﷲ ވިދާޅުވީ، މިއީ ފަތްޕިލާވެލީގެ ބާވަތްތަކުން އުފައްދާފައިވާ އޯގަނިކް އުފެއްދުންތަކެއް ކަމަށެވެ. މި ބްރޭންޑްގެ 22 އުފެއްދުމެއް ރާއްޖެ އިން ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ ރީނދުލާއި ސިނަމޮން އާއި ސެފްރޯން ފަދަ ބާވަތްތައް ބޭނުން ކޮށްގެން ހަދާފައިވާ ކޮސްމެޓިކް ޕްރޮޑަކްޓްތަކެއް ކަމަށް އަދުހަމް ވިދާޅުވި އެވެ.
"ބައިފާ އަޔުރްވެދާ" ބްރޭންޑަކީ އިންޑިޔާގެ އުފެއްދުމެއް-- ފޮޓޯ:މިހާރު
"މި ޕްރޮޑަކްތަކަކީ ބައިފާ ލައިފް ހޮސްޕިޓަލްގެ ރިސާޗް ސެންޓަރުން ޓެސްޓް ކުރެވިގެން ނެރެފައިވާ ޕްރޮޑަކްޓްތަކެއް. ބާވީސް ޕްރޮޑަކްޓް މިހާރު ލޯންޗު ކުރެވުނު ނަމަވެސް މުސްތަގްބަލުގައި އިތުރު ޕްރޮޑަކްޓްތައް އަންނާނެ ކަމަށް މި ބެލެވެނީ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ މި ބްރޭންޑްގެ އުފެއްދުންތައް ވަރަށް ގިނަ ގައުމުތަކުުގެ އެއާޕޯޓުން ލިބެން ހުންނައިރު ގާތްގަނޑަކަށް 300 އުފެއްދުމެއް ހިމެނޭ ކަމަށް އަދުހަމް ވިދާޅުވި އެވެ.
މި ޕްރޮޑަކްޓް ތައާރަފް ކުރީ 1929 ވަނަ އަހަރު އެވެ.
"މިހާރު ހުރި ކޮސްމެޓިކް ބްރޭންޑްތަކަކީ ވަރަށް ބޮޑަށް ކެމިކަލް ބޭސްޑް ބްރޭންޑްތައް. އެހެން ކަމުން ނެޗުރަލް އަދި ހާބަލް ޕްރޮޑަކްޓްތަކަށް ބަދަލު ކުރުމުގެ ވިސްނުމުގައި ޕްރޮޑަކްޓް ލޯންޗު ކުރެވިގެން މިދަނީ،' އަދުހަމް ވިދާޅުވި އެވެ.
"ބައިފާ އަޔުރްވެދާ" ބްރޭންޑް އުފެއްދީ 1929 ގައި -- ފޮޓޯ:މިހާރު
ބައިފާ އަޔުރްވެދާ ގެ ޕްރޮޑަކްޓްތައް 200ރ. އިން ފެށިގެން 450ރ. އާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުންނާނެ އެވެ. މި ޕްރޮޑަކްޓް އެކަކު ބޭނުން ކުރާ ކަމުގައިވާ ނަމަ ތިން މަހުގެ މުއްދަތަކަށް ބޭނުން ކުރެވޭނެ ކަމަށް އަދުހަމް ވިދާޅުވި އެވެ.
ދެ ޖިންސުގެ މީހުންނަށް ވެސް ބޭނުން ކުރެވޭ މި ޕްރޮޑަކްޓްތަކުގެ ތެރޭގައި ބޮޑީ ކްރީމާއި ޝޭމްޕޫ އާއި ތެލާއި ފޭސްވޮޝް ހިމެނެ އެވެ.
ލެކިއުޓްގެ އިތުރުން ބަންކޫރާ ސްޕެޝާލިޓީ ކްލިނިކުން މި އުފެއްދުންތައް ލިބޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy