ކިޕްޖޯޖް ރޭސް ފުރިހަމަކުރަނީ. --ފޮޓޯ: އޭއެފްޕީ
22 އޯގަސްޓް 2016 - 08:47
ރިއޯ ޑި ޖެނީރޯ (އޮގަސްޓް 22) - އޮލިމްޕިކް ގޭމްސްގެ ފިރިހެނުންގެ މެރެތަން ކެންޔާގެ އެލިއުޑް ކިޕްޗޯޖް ކާމިޔާބުކޮށްފި އެވެ.
މި އަހަރުގެ ލަންޑަން މެރެތަން ކާމިޔާބުކުރި އުމުރުން 31 އަހަރުގެ ކިޕްޗޯޖް ވަނީ ރޭހުގެ ފަހު ބައި އެއްކޮށް ޑޮމިނޭޓްކޮށްފަ އެވެ. އޭނާ 42 ކިލޯމީޓަރުގެ ރޭސް ފުރިހަމަކުރީ 2 ގަޑި 8 މިނެޓު 44 ސިކުންތުންނެވެ.
އޮލިމްޕިކްސްގެ އެންމެ ޝަރަފްވެރި އެއް އިވެންޓުން ރިހި މެޑަލް ހޯދީ އިތިއޯޕިއާގެ ފެއިސާ ލިލޭސާ އެވެ. އޭނާ ރޭސް ނިންމީ 2 ގަޑި 9 މިނެޓު 54 ސިކުންތުންނެވެ. އަދި ލޯ މެޑަލް ހޯދި އެމެރިކާގެ ގަލެން ރުޕް ރޭސް ނިންމީ 2 ގަޑި 10 މިނެޓު 5 ސިކުންތުންނެވެ.
މިއީ ކިޕްޗޯޖް ދުނިޔޭގެ ބޮޑު ގޭމްސްއެއްގެ މެރެތަންގައި ވާދަކުރި ފުރަތަމަ ފަހަރެވެ. އޭނާ ވަނީ 2008 ވަނަ އަހަރުގެ ބެއިޖިން އޮލިމްޕިކްސްގެ 5000 މީޓަރު ދުވުމުން ރިހި މެޑަލް އަދި 2004 ވަނަ އަހަރުގެ އެތެންސް އޮލިމްޕިކްސްގެ އެ އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން 2003 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުގެ 5000 މީޓަރު ދުވުމުން ރަން މެޑަލް އަދި 2010 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގެ އެ އިވެންޓުން ރިހި މެޑަލް ހޯދި އެވެ.
"މިއީ އަހަރެންގެ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ. މިއީ އަހަރެންގެ ފުރަތަމަ ރަން މެޑަލް. ވަރަށް ހަމަޖެހިލައިގެން ރޭސް ނިންމުނީ،" ވާރޭގެ ތެރޭގައި ރޭސް ފުރިހަމަކުރި ކިޕްޗޯޖް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
22 August 2016
އިނގިރޭސިވިލާތުގެ މޯފަރާ ( މުހަންމަދު ފަރާހް ) ފުރަތަމަ އޮލިމްޕިކްސް ގައި 5000 އަދި 10000 ދުވެގެން ފައިލްވީމައި ، ދެންދިޔައީ ކެންޔާއަށް ޓްރެއިނިންގް ހަދަން ، އޭގެފަހުން މިހާރު ދިނިޔޭގެ އޮލިމްޕިކް 2 މުބާރާތްގައި އެދެ ދުވުމުން 1 ވަނަހޯދަނީ އޭނާ ،،، ވީމާ ރާއްޖެއިންވެސް މާލެވަށާ ދުވާ ކުދިން ދާންވީ ކެންޔާއަށް ޓްރެއިނިންގް ހަދާލަން އޭރުން ފަހަރުގައި ރަންމެޑަލްއެއް ދުނިޔޭގެ ލެވެލް ގައި ރާއްޖެއަށް ލިބިދާނެ ، ސިންގަޕޯރގެ ގޯލްޑްމެޑަލް ހޯދި ފެތުންތެރިޔާވެސް އެމެރިކާގައި ދިގުމުއްދަތަކަށް ހުރެގެން ޓްރެއިނިންގް ހަދައިގެން މައިކަލް ޕެލްފް ގެ މައްޗަށް ކުރިހޯދީ ،،،،