ނަސަންދުރަ އިމާރާތް
17 ޖެނުއަރީ 2019 - 15:48
ނަސަންދުރައިގެ މައްސަލަ ޓޫރިޒަމް މިނިސްޓްރީން ދިރާސާކޮށް ނިންމާފައިވާ ކަމަށާއި އެކަމާ ދޭތެރޭ ގޮތެއް ނިންމުމަށް ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާފައިވާ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، މި މައްސަލައިގައި ޓޫރިޒަމް މިނިސްޓްރީން ބަލަންޖެހޭ ބެލުންތައް ބަލާފައިވާ ކަމަށެވެ. އެ ކޮންޓްރެކްޓާ މެދު ގޮތެއް ނިންމަން ޖެހޭނީ ޕޮލިސީ ލެވެލްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
"ނަސަންދުރަ މައްސަލައިގައި ޑިޒިޝަނެއް ނަގަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މިހާރު 25 ބުރިއަށް ތަރައްގީ ކުރާ ނަސަންދުރަ ހުރި ބިން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ، އެނގިފައިވާ ގޮތުގައި ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށެވެ. އަދި ލީސް އެގްރީމެންޓް ހެދިފައިވަނީ މިނިސްޓްރީގެ ބަހެއް ހޯދުމެއް ނެތި އެވެ. އަދި އެގްރީމެންޓްކޮށް ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލަ އެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ ލަފާދެއްވައިފަ އެވެ. އެ ބިމާ މެދު ގޮތެއް ނިންމަން އެދުނު ނަމަވެސް ނަސަންދުރަ ބިމުގައި 25 ބުރީގެ އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ދަނީ މިހާރު ވެސް ކުރެވެމުންނެވެ.
ނަސަންދުރަ އަމިއްލަ ފަރާތަކަށް ދީގެން ތަރައްގީކުރަން ފެށީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެ މަގާމުގައި ހުންނެވި އިރު އެވެ.
އޮޑިޓަ ޖެނެރަލް އޭރު ދެއްވި ލަފާގައި ބުނެފައި ވަނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުދައްކާ އޭގެ ބަދަލުގައި ސީއެސްއާރު ކޮމްޕޯނަންޓެއް ހިމަނައިގެން އެ ބިން ދިގު މުއްދަތަކަށް ދިން އިރު، ސީއެސްއާރާ ގުޅޭ އެއްވެސް ތަފުސީލެއް ހިމަނާފައި ނުވާތީ، އެއްބަސްވުމާ މެދު ގޮތެއް ނިންމަން ޖެހޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަރަނގާ - އައްޑޫ ސިޓީ
18 January 2019
ތިސަރަހައްދަކީ ރައީސްއޮފީހާއި ޑިފެންސް އަދި ޕޮލިސް ހެޑްކްއާޓަރ މަރުކަޒީ ބޭންކް ވެލާނާގެ ހިމެނޭ ގްރީންޒޯނެއް. * * އެހެންކަމުން ހޮޓާ ހިމެނޭ ކޮންޑޯ ތަކެއްގެ ގޮތުގައި ތިއިމާރާތް ހެދުމަކީ ކޮށްގެންވާނެ ކަމެއްނޫން. * * ތިއީ ހިޔާނާތް އެކުލެވޭ ނުފޫޒުން ހިންގާފައިވާ މުއާމަލާތަކަށްވާތީ ސަރުކާރަށް އިމާރާތް ނަގާ މާލެގެ ސްޕްރީމްކޯޓް ފިޔަވާ ހުރިހާ ކޯޓްތަކެއް އެއްފުރާޅެއްގެ ދަށަށް ގެނައުމަށް ތިތަނުގެ ބޭނުންކުރުން ރަނގަޅު.
އަލްޖިބްރާ
18 January 2019
ހުޅުލޭގައި ހަދާފާ އޮތް އެއަރޕޯރޓް އިންޑިއާމީހުންގެ އަތުން އަތުލީވެސް އެއްވެސް ލިއެކިއުމެއް ނެތޭ ! ރާއްޖެއަށް އެއްވެސް ފައިދާއެއް ނެތޭ ގޮވަމުން ! އެހެންވެއްޖެނަމަ ނަސަންދުރަ ހުރިތަނުގައި ތިހަދާ ހޮޓާވެސް ޗައިނާމީހުން އަތުން އަތުލެވެން ޖެހޭނެ ! އެހެންނޫނީ އެތަނުން ލިބޭ ފައިސާ ދިވެހި ދައުލަތަށް ވަންނަން ޖެހޭނެ !
ގެޓަގުލް
18 January 2019
ކޮބާތަ ޔާމީނަކީ ވަރަށް މޮޅު އިކޮނޮމިސްޓެކޭ ގޮވި މީހުން؟ މިކަމަށް އަގައިންބުނެލަން ނުކެރޭ ދެއްތޯ؟
ފޫބި
17 January 2019
ތިޔަތަން އަތުލާ
ފެންކޯލާ
17 January 2019
ތިކަން ކުރިއަށް ނުގެންދޭ.
ޔާން
17 January 2019
ނަސަންދުރަ ސަރުކާރަށް ނަގަން ޖެހޭނެ. މިސަރުކާރު އަދި ފެންނަނީ ވަރަށް ލޮނު މަޑުކޮށް ފަހަތުފަހަޔަށް ބުރަވެ އެއްވެސް ކަމެއް ނުވާ ގޮތަށް. ހާއްސަކޮށް ސޭޓް ގެ ބޮޓްތައް. މިހެންވީމަ އެމްޑީޕީއަށް މަޖިލިސް ދޭނީ. އެމީހުންނަށް އިންޗިއެއް ލިބުނަސް އިންސާފު ހޯދާނެ