ލަކްސް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން. ސީއީއޯ ޑޮމިނިކް ރޫލް(ކ)، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު (މ)، ޖެނެރަލް މެނޭޖަރު ޖޯން ރޮޖާ(ވ)--ފޮޓޯ:ހުސައިން ވަހީދު/މިހާރު
01 ފެބުރުއަރީ 2019 - 19:02
ލަކްސްއަކީ އާ ސަރުކާރުން ބޭނުންވާ ކަހަލަ ތަފާތު ރިސޯޓެއް ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތް ކުރާނީ ރާއްޖެ އަށް ޓޫރިޒަމްގެ ތަފާތު ޕްރޮޑަކްޓްތައް ގެނައުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ލަކްސް ނޯތު މާލެ ރިސޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ލަގްޒަރީ ރިސޯޓުގެ ތެރެއިން ލަކްސްގެ އާ ރިސޯޓަކީ ތަފާތު ފުރިހަމަ ރިސޯޓެއް ކަމަށެވެ. އެ ރިސޯޓުގެ ޑިޒައިންތަކުން ފެށިގެން ހިދުމަތްތަކަކީ ވެސް ފާހަގަކޮށްލެވޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދިވެހިން ގިނަ އަދަދަކަށް އެ ރިސޯޓުގައި މަސައްކަތް ކުރުމަކީ ވެސް ޓޫރިޒަމް ދާއިރާ އަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ލަކްސް ރިސޯޓުގެ ވިލާތައް ފަރުމާކޮށްފައިވަނީ ބޯޓެއްގެ ޑިޒައިނަށް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ލަކްސްގެ އާ ރިސޯޓުގައި މަސައްކަތް ކުރާ 55 ޕަސެންޓަކީ ދިވެހިންނެވެ.
ލަކްސްގެ ރިސޯޓުގެ ސީއީއޯ ޑޮމިނިކް ރޫލް ވިދާޅުވީ، ލަކްސް ވެގެންދާނީ މި އަހަރު ރާއްޖޭގައި ހުޅުވާ އެންމެ ހިތްގައިމު ރިސޯޓަށް ކަމަށެވެ. ފާއިތުވެދިޔަ 19 އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކޮށްފައިވާ ޑޮމިނިކް ވިދާޅުވީ، އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމަށް މި ގެނެވުނު ތަފާތުތައް އެންމެ ފުރިހަމަ ގޮތުގައި ޓޫރިސްޓުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ލަކްސް ރިސޯޓުގެ ބައެއް ވޯޓާ ވިލާތައް--ފޮޓޯ:ހުސައިން ވަހީދު/މިހާރު
ލަކްސްގެ އާ ރިސޯޓުގެ އެންމެ ބޮޑު ތަފާތަކީ ވިލާތަކުގެ ޑިޒައިނެވެ. މިއީ ދިވެއްސެއްގެ ޑިޒައިނެވެ. އާންމުކޮށް ރާއްޖޭގެ އެހެން ރިސޯޓުތަކުން ފެންނަން ހުންނަ ފަނުން ހަދާފައިވާ ފުރާޅުތަކެއް ލަކްސް ނޯތު މާލެ ރިސޯޓަކުން ނުފެންނާނެ އެވެ. ޑިޒައިން ފަރުމާކޮށްފައިވަނީ ބޯޓެއްގެ ސިފަ ގެނުވައިދޭ ގޮތަށެވެ. ވިލާތަކުގެ އެތެރޭގެ ޑިޒައިންކޮށްފައިވަނީ ސިންގަޕޫރު އާކިޓެކްޓެކެވެ.
މި ރިސޯޓުގައި 67 ޕެންޓްހައުސް ވިލާ ހިމެނެ އެވެ. އެ ރިސޯޓުގައި އެންމެ ގިނަވެގެން ތިބެވޭނީ 200 ގެސްޓުންނަށެވެ. ހަ ހެކްޓަރުގެ އޮޅަހަލީގައި ތަރައްގީކުރި މި ރިސޯޓުގެ ކޮންމެ ވިލާއެއްގައި ޕްރައިވެޓް ޕޫލެއް ވެސް އޮވެ އެވެ. ކޮންމެ ވިލާއެއް އިންނަނީ ދެބުރިއަށް ރޫޕް ޓޮޕެއް ހިމެނޭ ގޮތަށެވެ.
ލަކްސް ނޯތް މާލެ ރިސޯޓުގައި 200 ޓޫރިސްޓުންނަށް އެއްފަހަރާ ތިބެވޭނެ--ފޮޓޯ:ހުސައިން ވަހީދު/މިހާރު
މިއީ ރާއްޖޭގައި ހުޅުވާ ލަކްސްގެ ދެވަނަ ރިސޯޓެވެ. ލަކްސް އަރި އެޓޯލަކީ 187 ޕްރައިވެޓް ވިލާއާ އެކު ދިއްދޫފިނޮޅުގައި ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ލަކްސް އިން ރާއްޖޭގެ އިތުރުން މޮރިޝަސް އާއި ޗައިނާ އާއި ތުރުކީ އާއި ރީޔޫނިއަން އައިލެންޑާއި އިޓަލީ އާއި ވިއެޓްނާމްގައި ވެސް ރިސޯޓުތައް ހިންގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރީ
01 February 2019
ސަރުކާރުގެ ގަވާއިދަކަށް ނޫން ތި ރިސޯޓްގަ ދިވެހި މުއަށްޒަފުން ތި ތިބީ. ކީއްވެ ރިސޯޓް ހުޅުވަން ހުއްދަދިނީ. 65 ފަސެންޓް ދިވެހިން ރިސޯޓްތަކުގަ ތިބޭގޮތަކަށް ނޫންތަ ގާނޫނުގަ އޮންނަނި. ވިޔަފާރިވެރިން އަތްދަށުން މި މީހުން ސަލާމަތް ނުވާނެ ދުވަހަކުވެސް
ޕޕޕޕ
02 February 2019
55 ޕަރސަންޓު
ޙަކީމު
01 February 2019
ދިގަލި، އަމިއްލަފުށި ނުހިގައިގެން އުޅުނީ ތިގޮތަށް ތަފާތުކުރަން ދިވެހިވަންތަކަން ރިޒޯޓުގެ މަލަމަތިން ގެެއްލުވާލުމުން. ތިވަރު އިންވެސްޓު ކުރާއިރު ރިސާޗު ހެދިނަމަ ފަނުން ފުރާލުލާނެ. ޓޫރިސްޓުން ރޫމުގައްނާނީ ޑިޒައީނަރެއް ނޫން. ގުޑުލަކު!
މޯޑް
01 February 2019
1 އަހަރުވީ ހ އ ގަ އޮންބަމަ ޖޭއޭ މަނަފަރަށް ޖޮބަކަށް ލައިގެން އުޅޭތާ އެކަމް ޖޮބެއް ހަމަނުޖެހޭ. ބޭރު ބިދޭސީން ހެސްކިޔާފަ ޖޮބަށް އެބަގެނޭ .
ޑރ.ފަޒުނާ /ހިތަދޫ/ސ.އެފުރިކާ
01 February 2019
އަލީވަހީދު އަކީ އެހާ އެކުޓިވު މީހެއްކަމަކަށް ބެލެވޭކަށެއްނެތް. މަކަރާއި ހީލަތް އިންތިހާއަށް ގެންގުޅޭ ފަލްސަފާއެއްގެ ވެރިއެއް. އެމް ޑީ ޕީ ވެރިކަމުގައި ހޯދައިިގަތް މުއްސަނދިކަން މިކަމުގެ ލާމަސީލު މިސާލެއް.
ޠައަޔިބު
01 February 2019
ލަގްޒަރީ ރިޒޯޓަކަށް ދިޔަހެނެއް ހީއެއްނުވޭ .....!
މާރަނގާ - އައްޑޫ ސިޓީ
01 February 2019
ދިވެހިންނަށް ވަޒީފާދިނުން މަޖުބޫރުކޮށް ހެދި ޤަވާއިދު ފޭލްވެއްޖެ. އެހެންކަމުން ސޯލިހްގެ ސަރުކާރުން ޤަވާއިދަށް ނުގުތާއެއް އިތުރުކޮށް ރިސޯޓްގެ ވޭޖާރސް ގެ %65 ދޭންވާނީ ދިވެހިރާއްޖޭގެ ރަށްވެހިންނަށް ކަމުގައި ކަނޑައަޅާ. މުސާރައަށް ވުރެ އެލަވަންސް ނުވަތަ ޓިޕްސް އާއި ސާވިސްޗާރޖް ނޫން ރިސޯޓްގެ ފަރާތުން ބޭރުމީހުންނަށް ދޭފައިސާއެއްވިޔަސް ބަލާނީ މުސާރައިގެ ގޮތުގައިދެވޭއެއްޗެއްކަމަށް ހަދާންޖެހޭ. ޤައުމުގައި ދިވެހިން މުޅިން ބާކީކޮށް ނިކަމެތިކޮށްފި.