ހައި ކޯޓް: މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ނުރަސްމީ ވަގުތުތަކުގައި ވެސް ދޭ ގޮތަށް ވަނީ ހަމަޖައްސާފައި -- ފޮޓޯ/މިހާރު
04 ފެބުރުއަރީ 2019 - 11:08
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް ބަންދު ދުވަސްތަކާއި ނުރަސްމީ ވަގުތުތަކުގައި ވެސް ދޭ ގޮތަށް ހައި ކޯޓުން ހަމަޖައްސައިފި އެވެ.
އަންނަ އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބަށް ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ހުޅުވާލާފައި ވާއިރު، އެ ފުރުސަތު އޮންނާނީ މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށެވެ.
ހައި ކޯޓުން ބުނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ މަސައްކަތް ނުރަސްމީ ވަގުތުތަކުގައި ދިނުމަށް ނިންމާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 21 ވަނަ ދުވަހާ ހަމައަށެވެ. އެގޮތުން ރަސްމީ ދުވަސްތަކުގައި ހެނދުނުން ފެށިގެން ކޮންމެ ރެއަކު 8:00 އާ ހަމައަށް ކުށުގެ ރެކޯޑް ފޯމް ބަލައިގަންނާނެ ކަމަށް ހައި ކޯޓުން ބުންޏެވެ.
މީގެ އިތުރުން ހޮނިހިރު ދުވަސްތަކުގައި ވެސް ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ކެންޑިޑޭޓުންނަށް ކުށުގެ ރެކޯޑް ފޯމް ހުށަހެޅޭނެ ކަމަށް ވެސް ހައި ކޯޓުން ބުންޏެވެ. އަދި ފޯމްތައް ހުށަހަޅާ ދުވަހު ރެކޯޑް ސާފުކޮށް ދެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.
ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ދަރަނި އަދާ ނުކުރާ މީހުންނާއި އެއް އަހަރަށް ވުރެ ދިގު ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
މީގެ އިތުރުން އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޮތް ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މައާފް ލިބުނުތާ ތިން އަހަރު ނުވާ މީހުންނަށް ވެސް މަޖިލިސް އިންތިޚާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖަލުން ޖަމަލޭ
04 February 2019
ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކުގެ ލީޑަރުން ނުވަތަ ރައީސުންގެ ކުށުގެ ރެކޯޑް ސާފުކޮށް ދިނުމުގެ ޚިދުމަތް އޮތީ ކިހިނެތްތޯ
ޖުޑިޝަރީ
04 February 2019
ހައިކޯޓު އަބަދުވެސް ފާހަގަ ކުރެވެނީ މިކަހަލަ ކަންމުގައި މާ ބޮޑުތަނުންވެސް ކުރީގައި އުޅޭތަން. އެހެން ކޯޓުތަކުން އެބަ ޖެހޭ ނަމޫނާއަކަށް ހައިކޯޓު ބަލަން. ހައިކޯޓުން އަބަދުވެސް ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމުގައި މި ފަދަ ކޮންމެ ކަމެއްގައިވެސް އިސް ނަގާކަން ފާހަގަ ކުރަން.
މަރޭމިތުރު
04 February 2019
ސައިކަލްދުއްވައިގެން ޕާރކިންގ އިސްޓިކާގެ ފައިސާނުދައްކާ އޮތަސް ކުށުގެ ރެކޯޑައް އަރާނެތަ؟